1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ކުޅަދާނަ އެކްޓްރެސް ދިވްޔާ އޯމް ޕްރަކާޝްގެ މަރަށް 25 އަހަރު ފަހުން އޭނާގެ މަންމަ މީތާ މަރުވެއްޖެއެވެ.

ދިވްޔާގެ ކަޒިންއެއް ކަމަށްވާ ކައިނާތު އަރޯރާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މީތާ މަރުވެފައިވަނީ ކިޑްނީގެ މައްސަލައަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި، މީތާ އެންމެ ފަހުން ދުނިޔެއަށް ނޭވާ ލައިފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ. ނަމަވެސް މަރުވެފައިވަނީ އެދުވަހުގެ ކޮން ވަގުތެއްގައި ކަމެއް ކަނޑައެޅިގެން ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ދިވްޔާގެ ވަކިވެދިޔުމަށްފަހު އަބަދުވެސް ވިސްނާނެ އެ ކަންތައްތަކާއި މެދު. ދެން މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ވެސް" އަރޯރާ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

"ވިޝްމާޓާ" ނަމަކަށް ކިޔާ ފިލްމަކުން ބޮލީވުޑަށް އާންމު ވެގެން ދިޔަ ދިވްޔާ ވަނީ އުމުރުން 14 އަހަރުން ފެށިގެން މޮޑެލިންގެ ދާއިރާގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް ބޮލީވުޑަށް ނިކުތީ އުމުރުން 16 އަހަރުގައެވެ.

އޭރުގެ މަޝްހޫރް ޑައިރެކްޓަރެއް ކަމުގައިވާ ސާޖިދު އާއި ކައިވެނި ކުރުމަށްފަހު މާ ގިނަ ދުވަހެއް ނުވަނީސް ވިދްޔާ ބެލްކަނީން ވެއްޓި މަރުވީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ގޭގެ ބެލްކަނީން ފުއްމާލައިގެން އޭނާ މަރުވީ އަމިއްލައަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދވޔ

    "ވިޝްވާތްމާ" ކިޔަނީ އެ ފިލްމަށް.