ބާރަށް ސަލާމްކުރާ މީހުން އަވަހަށް ކައިވެނި ކުރުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާކޮށްފައިވަނީ ތުރޮމްސޯގެ 5،000 މީހުން ބޭނުންކޮށްގެންކޮށްފައިވާ ދިރާސާއެއްގައެވެ. މިދިރާސާ ކުރުމަށްފަހު ބުނެފައިވަނީ ބާރަށް ސަލާމް ކުރާ މީހުންދެކެ އަންހެނުން ކުދިން އަވަހަށް ގަޔާވާކަމަށެވެ. މިހެންވުމުގެ ސަބަބުން ފިރިހެނުންގެ ތެރެއިން ބާރަށް ސަލާމަތް ކުރާ މީހުނަށް އިންނާނެ މީހުން އަވަހަށް ލިބޭ ކަމަށާއި އަވަހަށް ކައިވެނި ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މީގެ އިތުރުން މިދިރާސާގައި ބުނެފައިވަނީ ކައިވެނި ކުރާ މީހުންގެ ސަލާމުގެ ބާރުމިން ކައިވެނިކޮށްފައިވާ މީހުންނާ އަޅާބަލާއިރު ދަށްކަމަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

މިދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި އެދިރާސާހެދި ޔުނިވަރސިޓީ ކަމުގައިވާ ކޮލެންބިޔާ ޔުނިވރސިޓީގެ އޭޖިން ސެންޓަރްގެ ޕުރޮފެސަރު ވިދާޅުވެފައިވަނީ އަންހެނުން އަބަދުވެސް ބޭނުންވަނީ ވަރުގަދަ ފިރިހެނުން ކަމަށާއި ސަލާމުގެ ބާރު މިނުން ބާރުގަދަ މީހުން އަންހެންވެރިން ދެނެގަންނަ ކަމަށެވެ. ނަމަވެސް ބާރަށް ސަލާމްކުރާ އަންހެނުންނެއް ފިރިހެނުންނަށް ކަމުނުދާ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

މީގެ ކުރިން ހާވާޑް ޔުނިވަރސިޓީއިން ހަދާފައިވާ ދިރާސާއެއްގައި ބާރަށް ސަލާމް ކުރާ މީހުން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދައްކާފައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

    • މަ

      ކޮއްކޮ ހަމަތަ؟

    • ޢަގަބެ

      ކޮައްކޮ ގެ ހާލުދެރަކަމުން މިހާރުވަނީ އައިސީޔޫ ގައި އެޑުމިޓް ކޮއްފައެވެ.. ކިޔާ އެއްޗިހި ރިޕީޓް ކުރާވަރުން ޑރ.ގެރީ ގެ ފަރާތުން ފަރުވާވެސް ދަނީ ހޯދަމުންނޭ