ގިނަ މީހުންނަކީ ކެއުން ވީހާވެސް ކުޅިވި ވަރަކަށް ކަމުދާ ބައެކެވެ. އެގޮތުން ބައެއް މީހުންނަށް ކުޅިކޮށް ކެއުމަށް އާދަވެފައިވާއިރު އެއީ ހަށިގަނޑަށް ފައިދާހުރި ކަމެއް ކަން އިނގެނީ ކިތައް މީހުންނަށްތޯ؟

ކުޅިކޮށް ކެއުމަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. އެގޮތުން ކުޅިކޮށް ކެއުމަކީ ހާޓް އެޓޭކް އަދި ސްޓްރޯކްފަދަ މައްސަލަތަކާއި މީހާ ދުރުކޮށްދޭ ކަމެކެވެ. ކޮލެސްޓްރޯލްގެ ހަށިގަނޑަށް ގެއްލުންދޭ ވައްތަރުން ލިބިދޭ ގެއްލުންތަކުންވެސް ކުޅިކޮށް ކެއުމުން ރައްކާތެރިކޮށްދެއެވެ. ޗިލީ ޕެޕާރސްގައި ހިމެނޭ ކެޕްސައިސިން ނަމަކަށްކިޔާ މާއްދާގެ ސަބަބުން ހިތުގެ ބަލިތަކުންވެސް މީހާ ރައްކާތެރިކޮށްދެއެވެ.

ކެންސަރުގެ އެކި ބާވަތްތަކުންވެސް ކުޅިކޮށް ކެއުމުން ރައްކާތެރިކޮށްދެއެވެ. ލިއުކީމިކް އަދި ކެންސަރުގެ ބައެއް ސެލްތައް ކެޕްސައިސިން އިން ނާއްތާލައިދޭއިރު ޓާރމެރިކްއިން ކެންސަރުގެ ސެލްތައް ފެތުރުން މަޑުޖައްސައިދޭކަމަށްވެސް ވަނީ ލަފާކުރެވިފައެވެ. ލޭގެ ޕްރެޝަރު ދަށްކޮށްދިނުމުގެ އިތުރުން ލޭ ދައުރުވާ މިންވަރުވެސް އިތުރުކޮށްދޭ އެއް ކަމަކީ ކުޅިކޮށް ކެއުމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކީ މީހާގެ ކާޑިއޯވަސްކިއުލާރ ނިޒާމުގެ ސިއްހަތު އިތުރަށް ރަނގަޅުވެގެންދިޔުމެވެ.

ކުޅިކޮށް ކެއުމަކީ މީހާ ހިތްހަމަޖައްސައިދޭކަމަށް ބެލެވިފައިވާ ހޯމޯންސްތަކެއްވެސް އުފައްދައިދޭ ކަމެކެވެ. ސެރޮޓޯނިން ފަދަ މާއްދާތައް ކުޅި ކާ އެއްޗިހިން އުފައްދައިދޭއިރު އެއީ ޑިޕްރެޝަން ފަދަ މައްސަލަތަކަށްވެސް އޮތް ފަރުވާއެކެވެ. އޭގެ އިތުރުންވެސް ކުޅިކޮށް ކެއުމަކީ ސްޓްރެސް ފިލުވައިދޭ ކަމެއްވެސްމެއެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތައްވެސް ކުރަންވީކަމަކީ ކުޅިކޮށް ކެއުމެވެ. އެގޮތުން ކުޅިކޮށް ކެއުމަކީ ތާމޮޖެނިކް އިފެކްޓް ނަމަކަށްކިޔާ އަސަރެއް ހަށިގަނޑަށް ކުރުވާ ކަމެކެވެ. އަދި ހަށިގަނޑުގެ ކެލޮރީގެ އަދަދުވެސް ކުޅިކޮށް ކާތާ 20 ވަރަކަށް މިނެޓް ތެރޭގައި މަދުވާން ފަށާކަމަށްވެސް ބައެއް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓޮމް ހޯލެންޑް ގެ އަންހެނުން

    ސުބުހާނަﷲ. މަ ރުޅި އައިމަ ގިތެޔޮ ކާވަރުން ގޭމީހުން ދިމާކުރާވަރުން ސަލާމަތެއް ނެތް