ކޮވިޑް-19 އާ ހެދި ގައުމުތައް ފުރަބަންދު ކުރުމުން ގޭގައި ފޫހުވެފައި ތިބުމުގެ ބަދަލުގައި ގިނަ ބަޔަކު ފިލްމު ބެލުމުގައި ހޭދަކޮށްފިއެވެ.

އެންމެ ގިނަ ބަޔަކު ބެލި ހިންދީ ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ، ކަބީ ކުޝީ ކަބީ ގަމް، ކަލް ހޯ ނާ ހޯ، ކަބީ އަލްވިދާ ނާ ކެހެނާ، މެއި ހޫން ނާ، ޑިއާ ޒިންދަގީ، ރައީސް، ޗެންނާއި އެކްސްޕްރެސް އަދި ޗަލް ތޭ ޗަލް ތޭ" ހިމެނެއެވެ.

މި ހުރިހާ ފިލްމަކީ ވެސް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމުތަކެކެވެ.

ކުޗް ކުޗް ހޯތާ ހޭ

މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޓްކޮށް އޮކްޓޯބަރު 16، 1998 ގައި ނެރެފައިވާ ފިލްމެކެވެ. މި ފިލްމުން ފެންނަނީ އަންޖަލީ މަންމަ އޭނާ މަރުވުމުގެ ކުރިން އަންޖަލީއަށް ލިޔެފައިވާ ސިޓީ ފެނިފައި އަންޖަލީ އޭނާގެ ބައްޕަ އާއި ބައްޕަގެ ލޯބިވެރިޔާ އާއި ބައްދަލުކުރުވުމަށް މަސައްކަތް ކުރާ މަންޒަރެވެ. ބައްޕަގެ ލޯބިވެރިޔާއަށް ވެސް ކިޔަނީ އަންޖަލީއެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނުނީ ޝާހްރުކް އާއި ރަނީ މުކަރުޖީ އާއި ކާޖޯލްއެވެ. މި ފިލްމު ނެޓްފުލިކްސް އިން ބެލެއެވެ.

ކަބީ ކުޝީ ކަބީ ގަމް

ކަރަން ޖޯހަރު ޑައިރެކްޓްކޮށް ޑިސެމްބަރު 14، 2001 ގައި ނެރުނު މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ކާޖޯލް، ރިތިކް ރޯޝަން، ޝާހްރުކް ޚާން އަދި ކަރީނާ ކަޕޫރް ޚާންއެވެ. މި ފިލްމުން ފެންނަނީ މުއްސަނދި އާއިލާއަކުން އެޑޮޕްޓް ކޮށްފައިވާ ދަރިފުޅު ރާހުލް ބައްޕަގެެ ނުގަބޫލުގައި މެދު ފަންތީގެ ފަގީރު ކުއްޖަކާއި ކައިވެނިކުރުމުން އާއިލާ ތެރޭގައި ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ރާހުލްގެ ކޮއްކޮ ރޯހަން މަސައްކަތް ކުރާ މަންޒަރެވެ. މި ފިލްމު މިހާރު ނެޓްފުލިކްސް އިން ބެލޭނެއެވެ.

ކަލް ހޯނާ ހޯ

ނިކިލް އަދުވާނީ ޑައިރެކްޓްކޮށް ނޮވެމްބަރު 27 2003 ގައި ނެރުނު މި ފިލްމުން ފެނިގެން ދަނީ އަނދިރި ދިރިއުޅުމެއް އުޅެމުންދިޔަ ނޭނާ އަށް އަމަން އާއި ދިމާވުމުން ދިރިއުޅުމަށް އައި އުޖާލާކަމުގެ ސަބަބުން އަމަން އަށް ލޯބި ހުށަހެޅުމުން އޭނާ އަކީ މީހެއްގެ ފިރިއެއް ކަމަށް ބުނެ ނައިނާގެ އެކުވެރި ރޯހިތު އަށް ނޭނާ ލޯބި ހުށަހެޅުމަށް އެދެއެވެ. މި ފިލްމުގެ ލީޑު ރޯލުން ޝާޚްރުކް ޚާން، ސައިފު އަލީ ޚާން އަދި ޕްރިތީ ޒިންތާ ފެނިގެންދެއެވެ.

މި ހުރިހާ ފިލްމެއް ވެސް މިހާރު ނެޓްފުލިކްސް އިން ބެލެން ހުންނާނެއެވެ. ފުރަބަންދުގައި ގޭގައި ތިބުމުގެ ބަދަލުގައި ރަނގަޅު ފިލްމެއް ބަލާލައިގެން ހިތްހަމަ ޖައްސާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޯދީ

    ހިންދީ ފިލްމް ކޮންމެހެންވެސް ބަލަންޖެހޭނެ، ސިލަބަސް ތެރޭ ހިންދީބަސް ހިމަނަން މިކޮޅުގެ ބޮޑުވަޒީރަށް މިހާރު އަންގާފަ އޮންނާނީ!

    23
    8
    • ބޮޑު ވަޒީރު

      ގެރިބޭ..ޢަޅުގަނޑު ކޮންމެ އެއްޗެއް ބުންޏަސް ރައްޔިތުން މިހާރު ގަބޫލެއް ނުކުރޭ. އަޅުގަނޑު ބުނާ ކޮންމެ އެއްޗަކަށް ރައްދުދީ ހަޖޫ ޖެހުން ކަމަކީ.

      17
      3
  2. Anonymous

    ﷲ އަށް ޒިކުރު ކުރުނުގެ ބަދަލުގައި އަދިވެސް ފާހިޝް ފިލްމުތައް ބެލުނުގައި ތިތިބެނީ ދެން ކިހިނެއް ﷲ ގެ ކޯފާއިން ސަލާމަތްވާނީ

    42
    2
    • ޏަމްޏަމް

      ދޯ.?

  3. Anonymous

    ހިންދީންގެ އާދަތަށް ދިވެހިންގެ ތެރޭގައި އަށަގެބްފައިވަނީ ހިންދީ ފިލްމު ބަލާތީއެވެ. އިމްތިހާންގެ މި ވަގުތުގައިވެސް ތިމާމެންގެ ނިކަމެތިކަން ހަނދާންކޮށް ﷲޞވޢ އަށް ދުޢާކުރުމުގެ ބަދަލުގައި ހިންދީ ފިލްމުބެލުން ހެޔޮވާނެތޯ؟

    27
    1
  4. ދަރަނި ދަންތުރަ

    ހެޔޮއަމަލެއްކޮންބަލަ ގުރުއާން ކިޔަވާ ދުއާކޮށްބަލަ ﷲ އަށް ކުންތަންވެ ބަލަ ، އެކަލާންގެ އޭ އަހަރެމެންނަށް ހެޔޮރަހުމަތާ ރަނގަޅުގޮތް މެދުވެރި ކުރައްވަނީ

    16
    1
    • Anonymous

      ލޮލް ކަލޭ ކޮށްބަލަ ތިކަންކަން

  5. ނީމް

    ސިލަބަސް ތެރޭ ހިންދީ ބަސް ނުހިމެނިޔަސް ހިންދީ ނޭގޭ މީހަކު ނެތް މިރަޢްޖޭގަ ހާއްސަކޮށް 1970 އިން މިކޮޅުގަ ވެހޭ މީހުން ތެރޭ

    1
    1
  6. ޏަމްޏަމް

    ފިލް މު ބެލު މަކީ އީ މާންކަން އުނިވާ އާން މު ސަބަބެއް. މިދުނިޔެއަކީ އަބަދާ އަބަދު ފިލް މު ބަލަން އޮންނަ ތަނެއްނޫން. ގިނައިން ދުޢާ ކޮށް ﷲ އަށް ކުއްތަންވޭ. ދީނީ ކަންކަ މަށް އިސްކަންދީ ހެއްދެވި ފަރާތް މަތިން ހަނދު މަކުރު މަށް އިލްތި މާސްކުރަން.☺

    2
    1