އިނގިރޭސިވިލާތުގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ އާއި ވައްތަރުވާން އުޅެނިކޮށް "ޒޮމްބީ" ގެ ސިފައަށް ބަދަލުވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އީރާންގެ ރީތި ޒުވާނާ، ނުރައްކާތެރި ކޮވިޑް-19 ގެ ޝިކާރައަކަށްވެ މަރާއި ހަނގުރާމަކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަރަހް ތަބަރްގެ ނަމުން މީސްމީޑިއާގައި ގިނަ ބަޔަކު ދަންނަ ފާތިމާ ކިޝާވަންދު ކޮވިޑް-19 އަށް ފައްސިވެފައިވަނީ މީސްމީޑިއާ މެދުވެރިކޮށް ހިންގި އަމަލެއްގެ ސަބަބުން ޖަލު ޙުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ކަމަށް ވެއެވެ. އެއާއެކު އޭނާގެ ވަކީލުން އެދިގެން މިހާރު އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ދެރަކަމަށް ނޫސްތަކުން ބުނެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނުނު އީރާނުގައި ވައިރަސް ފެތުރެމުންދިޔަ މިންވަރު ހަލުވިވުމުން، ފާތިމާ ޖަލު ބަންދުން ގެޔަށް ބަދަލު ކުރުމަށް ކުރިންވެސް އޭނާގެ ވަކީލުން އެދިފައި ވެއެވެ. އެއީ އީރާނުގެ އެކި ކަންކޮޅުތަކުން ގައިދީން ދޫކުރަމުންދިޔަ ދަނޑިވަޅެއް ކަމުގައި ވީނަމަވެސް، ފާތިމާ މިނިވަން ނުކޮށް ހުއްޓައި ވައިރަސް އަށް ފައްސިވުމުން އޭނާގެ ވަކީލުން މިހާރު ދަނީ އެކަން ކުއްވެރި ކުރަމުންނެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ފާތިމާ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، އޭނާއަށް މިހާރު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 22 އަހަރުގެ ފާތިމާ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ، އެންޖެލީނާ ޖޯލީ އާއި ވައްތަރުވާން ހަދާފައި ހުރި ފޮޓޯތަކެއް މީސްމީޑިއާ މެދުވެރިކޮށް އާންމު ކުރުމުންނެވެ. އެ ފޮޓޯތަކުން އޭނާގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައި ހުރުމުން، އޭނާ ވައްތަރީ "ޒޮމްބީ" އަކާއި ކަމަށް އޭރު ގިނަ ބަޔަކު ބުނަމުން ދިޔައެވެ. ނަމަވެސް ފާތިމާ ފަހުން ވަނީ އޭނާގެ އަސްލު ސިފަ ފެންނަ ފޮޓޯ އާންމުންނަށް ދައްކާލާފައެވެ.

ފާތިމާ ބުނެފައިވާގޮތުގައި، ރީތިވާން ވެގެން އޮޕަރޭޝަންތަކެއް ކުރި ނަމަވެސް ކުރިން ދައުރުކުރަމުން ދިޔަ ފޮޓޯތަކަކީ މޭކަޕް އާއި އެ ނޫންވެސް ގޮތްގޮތަށް އެޑިޓްކޮށް، ވަރަށް ބޮޑަށް ބަދަލުކޮށްގެން ހަދާފައި ހުރި ފޮޓޯތަކެއް ކަމަށެވެ. އަދި އެ ފޮޓޯތައް އާންމު ކުރީ އެއްގޮތަކަށްވެސް އެންޖެލީނާ އާއި ވައްތަރުވާން ބޭނުންވެގެން ނޫން ކަމަށާއި، އެއީ މަޖަލަކަށް ކުރި ކަމެއްކަމަށް ފާތިމާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޖުލައި

  މާތް ﷲ ދެއްވި ސޫރަޔަކީ އެންމެ ރީތި ސޫރަ...އެއަށް ބަދަލެއް ގެނުމަކީ ޙަރާމް ކަމެއް..އެއަށް ބަދަލު ގެންނަން ތިހެން ކުރާ ކިތައް މަސައްކަތެއް އިބްރަތަކަށް ވެގެން ދަނީ

  85
  1
  • ?

   މާޝާﷲ

   13
   4
 2. ކާފަބޭ2020

  މިދިވެހިރާއްޖޭގަވެސް ތިޔަކަހަލަކަންތައްކުރާމީހުން އުޅޭ ހަށިގަނޑުގެއެކިތަންތަންތޮރުފާ ފާޑުފާޑުގެ ބޮޅުފަދަތަކެތިއަޅުވައިގެންއުޅެނީ މިނޫންދުވަހެއް އަތުވެދާނެކަމެއްނުދަންނަކަހަލަ

  28
  2
 3. ޠޔގ

  ޥ. ބި ރުވެ ރި ބަލާލަންވެސް ނުކެެ ރޭ

  12
  1
 4. ....

  ކު ރިން ހު ރިގޮތް މާ ރަނގަޅު. މިހާ ރު ހުތު ރު.

  17
  1
 5. ޏަމްޏަމް

  "ލަގަދް ޙަލަޣްނަލް އިންސާނަ ފީ އަޙްސަނި ތަޤްޥީމް." ﷲ އިންސާނާ ހެއްދެވީ އެންމެ ރިވެތި ސޫ ރައިގައެވެ.

  23
  1
 6. ކ

  ދެން އެކަމް މިނިކަމެތި އިންސާނާއަށްވެސް ހެޔޮ ދުޢާ ކޮށްދޭންވާނެ އިންޝާﷲ

  20
  1
  • ޏަމްޏަމް

   ތިވެސް ރަނގަޅު ވާ ހަކައެއް ??

   8
   1
 7. ? ބޯހަލާކު ?

  ހާދަ ދެރައޭ ﷲ ޢިރާދަ ކުރއްވީޔާ މިކަ މުން ފާތި މަތު ސަލާ މަތް ވާނެ............. ?? ަ