"ސީކްރެޓް ސްޕަސްޓަރ" އަށް ޗައިނާއިން ލިބުނު ކާމިޔާބީ ފާހަގަކޮށް އާމިރު ޚާން ބޮޑު ޕާޓީއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޗައިނާގައި އާމިރު ޚާންގެ "ސީކްރެޓް ސްޕަރސްޓަރ" އަށް ލިބިފައިވަނީ އާދަޔާ ހިލާފު ތަރުހީބެއެވެ. އެ ފިލްމް ވަނީ އެންމެ ހަތަރު ހަފްތާތެރޭގައި ޗައިނާއިން 600 ކުރޯޑް ރުޕީސް އަށްވުރެ ގިނަ ފައިސާ ހޯދާފައެވެ. މިކަމާއި ގުޅިގެން އާމިރު ޚާން ހުރިހާ ޝުކުރެއް އަދާކޮށްފައިވަނީ މުޅި ފިލްމްގެ ޓީމަށެވެ.

މި އުފަލުގައި ފިލްމްގެ ފަންނާނުންނާއި، ޓިމާއި އަދިވެސް އިތުރު ފަރާތްތަކަކަށް ދައުވަތި ދީގެން ބާއްވާ މި ޕާޓީ އޮންނާނީ ފެބްރުއަރީ 21 ވަނަ ދުވަހު އާމިރު ޚާންގެ ގޭގައެވެ. މިއީ ޗައިނާގައި އެޅުވި އެގައުމުގެ ފިލްމެއް ނޫން ފިލްމަކަށް މިހާ ބޮޑު އާންމު ދަނީއެއް ލިބުނު ފުރަތަމަ ފިލްމެއެވެ. ހޮލީވުޑްގެ މަސްހޫރު ސްޓާ ވާސް އަދި މާވެލްގެ ފިލްމްތަށްވެސް ފަހާލާފައެވެ.

އާމިރުހާނާއި ގާތް ފަރާތެއް ބުނީ އާމިރު ޚާން ކުރިންވެސް މި ފިލްމް ޗައިނާގައި އެޅުމަށްފަހު 100 ކުރޯޓް ލިބިއްޖެ ނަމަ ފިލްމްގެ ޓީމަށް ޕާޓީއެއް ދޭނެކަމަށް ބުނެފައިވެއެވެ. އެހިސާބުން ޓީމުން އާމިރު ޙާން އަށް ޕާޓީ އަށް އެދެމުން 500 ކުރޯޑް ލިބިއްޖެ ނަމަ ޕާތީ ދޭން ބުނިކަމަށްވެއެވެ. ނަމަވެސް މިހާރު މިވަނީ 600 ކުރޯޑް މި ފިލްމަށް ލިބިފައެވެ. އޭނާ ބުނީ 100 ކުރޯޑް ލިބުނު ހިސާބުންވެސް އާމިރު ޚާން ހުރީ ޕާޓީ ދޭން ކަމަށާއި 500 ކުރޯޑޭ ފަހުން ބުނީ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިންގައި އުޅޭތީ އެދުވަސްވަރު ދެވެން ނެތުމުން ކަމަށެވެ.

ކުޑަކުޑަ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމަށް އިންޑިއާގައި އެޅުވި ދުވަހުންވެސް އެކަނި ވަނީ 64 ކުރޯޑް ރުޕީސް ލިބިފައެވެ. އަދި ގައުމުން ބޭރުގައި އަޅުވައިގެން އެންމެ ގިނަ އާންމުދަނީ އެއް ހޯދި ފިލްމް ތަކުގެ ތެރޭގައި މި ފިލްމް މިވަނީ ހިމެނިފައެވެ.