މަދު އަހަރުތަކެއްގެ ތެރޭގައި ކުރިން ނުކުރެވޭ އެތައް ކަމެއް، ކުރެވޭގޮތް އިންސާނުން މިވަނީ ހޯދާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިންސާނުންގެ ދިރިއުޅުމަށް އަންނާނެ ކަމަށް ލަފާކުރެވޭ އާދަޔާއި ހިލާފު ބަދަލުތައް އިންސާނުން މިދަނީ ލަފާ ކުރަމުންނެވެ. ސައިންސްވެރިން ކުރި ދިރާސާއެއްގައި މިވަނީ މީގެ 1000 އަހަރު ފަހުން އިންސާނުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ގޮތް ހާމަކޮށްފައެވެ.

ދިރާސާ ކުރިން ސައިންސްވެރިން ބުނާގޮތުގައި މީގެ 1000 ފަހުން ކޮންޕިއުޓަރ ސްޕީޑް ހަމަޖައްސާނީ އިންސާނުންގެ ސިކުޑިންނެވެ. އޭރުން އާޓިފިޝިއަލް ވިސްނުންތަކާއި ހަނދާންތަކާއި އަޑުއެހުންތައް އުފެދޭނެއެވެ. އެ ހުރިހާ މައުލޫމާތު އަމިއްލަ ނަފްސާއި ދެކޮޅަށް ބޭނުންނުކުރުމަށް އިންސާނުން ހައްލުތަކެއް ހޯދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

އަދި ކޮންޕިއުޓަރުތަކާއި ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރާއިރު އިންސާނުންނާއި ރޮބޮޓުންގެ ގުޅުން އާދަޔާއި ހިލާފަތް ގާތްވެ އިންސާނުން ރޮބޮޓުންނަށް ބަރޯސާ ވުން އިންތިހާއަށް އިތުރުވެފައި އޮންނާނެ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

އޭގެ އިތުރުން އެ ޒަމާނުގައި މައިނުސިއުލް ނަމަކަށްކިޔާ ނަނޯ ރޮބޮޓްތަކެއް އިންސާނުންގެ ގައިގަ އަބަދުވެސް އޮންނާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. އަދި އަމިއްލަ އަށް ގޮތް ނިންމުމުގެ ބާރު އެދުވަހުން ރޮބޮޓްތަކަށް ލިބިފައި އޮންނާނެއެވެ.

ހަމަ އެފަދައިން 1000 އަހަރު ފަހުން ގުނާއަދަދު ނުކުރެވޭވަރުގެ ބަހުރުވައިން އިންސާނުންނަށް ވާހަކަ ދެކެވޭނެއެވެ. ނަމަވެސް ތިމާވެށީގެ މައްސަލަތައް ހާއްސަކޮށް ދުނިޔެ ހޫނުވުން ހީނުކުރާ މިންވަރަށް މަތިވެގެންދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެކަންކަން އެގޭވަރު މީހުންވެސް ދުނިޔޭގަ އބައުޅޭތަ ؟

  2. މި ސައިންވެރިން މީ މޮޔަބައެއް، 1000 އަހަރުފަހުން ދުނިޔޭގައި އުޅޭނީ މުޅިންވެސް މިކަހަލަ މޮޔައިން ކަމަށް މިހާރުތިބި ވިސްނޭ މީހުން ބުނަމުން ދަނީ!!!!

  3. އޭގެ ކުރިން ދުނިޔެ ގިޔާމަތްވުން ވެސް އެކަށީގެންވޭ. ވަﷲ އަޢުލަމް.