އެއާޕޯޓްގެ ތެރެއިން މަންމައެއްގެ އަތުން ވެއްޓެން އުޅުނު ތުއްތު ފިިރިހެން ކުއްޖަކު ކެބިން ކްރޫއެއްގެ އެހީގައި ނުވެއްޓި ސަލާމަތްވެއްޖެއެވެ.

އިންޑިއާގެ މުމްބާއި އެއާޕޯޓެއްގައި ހިނގި މި ހާދިސާގައި ސަލާމަތްވެފައި ވަނީ 10 މަހުގެ ކުއްޖެކެވެ. އެއާޕޯޓް ސެކިޔުރިޓީ ޗެކިންގއަށް ދިޔަ އެ މަންމަގެ އަތުން ވެއްޓެން ދިޔަ އެ ކުއްޖާ ސަލާމަތްކޮށްފައި ވަނީ ޖެޓް އެއާވޭސްގެ ބޮޑު މަތިންދާ ބޯޓުގައި 2016 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ ކެބިން ކްރޫއެކެވެ.

އެ ކެބިން ކްރޫ އޭނާގެ ފުރާނައަށް ނުރައްކާވެދާނެތޯއެއް ނުބަލައެވެ. އެއަަށްވުރެ އެ ވަގުތު އޭނާއަށް މުހިންމުވީ އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމެވެ.

މަންޒަރު ދުށް މީހުން އިންޑިއާގެ މީޑިޔާތަކަށް ކިޔާދިން ގޮތުގައި، އެ ކުއްޖާ ވެއްޓެން ދިޔަތަނުން ބިމުގައި ޖެހުމުގެ ކުރިން އެ ކުއްޖާ ހިފިއެވެ. އަދި އެ ކެބިން ކްރޫ ވެއްޓުނީ އަގަވަތަށް ކަމަށް ވެއެވެ. އަދި އޭނާއަށް ކުދިކުދި އަނިޔާތައް ލިބުނުކަމަށްވެސް ވެއެވެ.

އެ ތުއްތު ކުއްޖާ ސަލާމަތް ކުރި މަންޒަރު އެއާޕޯޓްގައި ތިބި ވަރަށް ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

"ވެއްޓެން ދިޔަ އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދިނީ އެ ކެބިން ކްރޫ. އޭނާ އެއްެވެސް ވަރަކަށް އޭނާއަށް ލިބިދާނެ ގެއްލުމެއް ނެތި އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދިނީތީ އޭނާއަށް ޝުކުރުވެރިވަން. އޭނާއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވި. ނޭފަތް ކޮންމެވެސް ވަރަކަށް ހުރީ މަށައިގެން ގޮސް". އެ ކެބިން ކްރޫއަށް ޝުކުރުވެރިވަމުން އެ މީހާ ޖެޓް އެއާވޭސްއަށް ލިޔުނު ސިޓީގައި ވެއެވެ.

ޖެޓް އެއާވޭސް އިން ވަނީ އެ ކެބިން ކްރޫ ކަންތައް ކުރިގޮތުން ފަހުރުވެރިވާކަމަށް ލިޔެފައެވެ.

އެ ކުއްޖާގެ މަންމަ ބުނީ، އެއީ އޭނާގެ 14 އަހަރުވީ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު ކަމަށެވެ. އެ ކެބިން ކްރޫގެ މަސައްކަތް ހަމަލޮލުން ފެނުނު މީހުންވެސް ދަނީ އޭނާގެ މަސައްކަތަށް ތައުރީފް އޮއްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    އަލްހަމްދުލިއްލާހި މާޝާﷲ