ދަރިފުޅު "ސްޓޯމީ" ގެ ނަން ބަދަލުކުރަން ކައިލީ ބޭނުން ވެއްޖެއެވެ.

ރިޕޯޓުތަށް ބުނާގޮތުގައި ކައިލީ ދަރިފުޅުގެ ނަން ބަދަލުކުރަން ބޭނުންވަނީ އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަވާ ސްޓޯމީ ޑެނިއަލް އާއި އެމެރިކާގެ ރައީސް ޓްރަންޕްގެ ކުރީގެ ގުޅުންތަކެއްގެ ވާހަކަ މީޑިއާތަކަށް ތިލަވުމުން ދަރިފުޅު " ސްޓޯމީގެ ނަމާއި ސްޓޯމީ ޑެނިއަލްގެ ނަން ދިމާވާތީ ކަމަށެވެ.

ދަރިފުޅުގެ ނަން އެވެސްކަހަލަ ސިޔާސީ އަދި ނުރަގަޅު ކަމެއްގައި ހިމެނެން ބޭނުން ނުވާތީ ކައިލީ ވަނީ ދަރިފުޅު ސްޓޯމީގެ ނަން ބަދަލު ކުރަން ނިންމާފައި ކަމަށް ރިޕޯޓް ތަށް ބުނެއެވެ.

ސްޓޯމީ ޑެނިއަލްސް ވަނީ އޭނާއާއި އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ލޯބީގެ ގޮތުން 2006 ވަނަ އަހަރުން ފެށިގެން ގިނަ މަސްތަކެއް ވަންދެން އުޅުނުކަމަށް ބުނެފައެވެ. މިވާހަކަތައް ސްޓޯމީ މީޑިޔާތަކާ ފުރަތަމަ ހިއްސާކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ.

މި ވަގުތު ދަރިފުޅަށް ގިނަ ވަގުތު ހުސްކުރަމުންދާ އުމުރުން 20 އަހަރުގެ މަންމަ ކައިލީ ވަނީ ދަރުފުޅު ސްޓޯމީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދީފައެވެ. ސްޓޯމީގެ އުމުރަކީ މިހާރު ތިން މަހެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ.ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

ދާދި ފަހުން މަޝްހޫރު ހޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ އޮންލައިން މަޖައްލާ " ހޮލޯވުޑް ލައިފް" އާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ކައިލީ އާއި ކައިވެނިކުރަން އޭނަގެ މީހަރުގެ ލޯބިވެރިއާ އުމުރުން 25 އަހަރުގެ ރެޕަރ ޓްރެވިސް ސްކޮޓް ހުށައެޅުމުން ކައިލީވަނީ އެހުށައެޅުމަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓުތަށް ބުނާގޮތުން ކައިލީ ކައިވެނި ކުރަން ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނީ ކައިލީ މިވަގުތު ބޭނުންވަނީ ކައިވެނިކުރުމަށް ވުރެން ބޮޑަށް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަލޭކާ

    ވަގުތު ނޫހުން ކީއްވެގެންތަ މިކަހަލަ ޒިނޭ ކުރާ މީހުންގެ ޚަބަރުތައް ގެނެސްދެނީ

    • ސުވަދީބް

      ކީއްވެ މީޑިއާ ނެޓުން އެކަހަލަ މީހުން އުޅޭ ޝޯވ ތައް ދައްކާ ޗެނަލް ފޯރުކޮށްދެނީ؟