ބަންގްލަދޭޝްގެ އަންހެނަކަށް ފުރަތަމަ ދަރިފުޅު ލިބުނުތާ 26 ދުވަސް ފަހުން އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 20 އަހަރުގެ އާރިފާ ސުލްތާނާ އަށް ފުރަތަމަ ދަރިއަކު ލިބުނި ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން މަހެއް ވެސް ނުވަނީސް އޭނާ ހޮސްޕިޓަލަށް ދިޔައީ މާބޮޑަށް ބަނޑުގައި ރިއްސާތީއެވެ. ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން އާރިފާ ބަލާފައި ބުނީ އޭނާގެ ބަނޑުގައި އަދި ދެދަރިން އެބައޮތް ކަމަށެވެ.

އެހައި ހިސާބުން ޑޮކްޓަރުން ވަނީ އާރިފާގެ ސިޒޭރިންއެއް ހަދައިގެން ދެދަރިން ނަގާފައެވެ. އާރިފާ ބަލިވެ އިނީ އެއްމާބަނޑު ތިންކުދިންނަށް ކަމެއް ކުރިން ޑޮކްޓަރުންނަކަށް ނޭނގެއެވެ. އޭނާ އަށް ފަހުން ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ކުރިން ލިބުނީ ފިރިހެން ކުއްޖެކެވެ.

"އަހަރެންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެއް. ދުވަހަކުވެސް މިފަދަ ކަމެއް އަހަރެންނަށް ދިމައެއް ނުވޭ. އަދި މީހަކަށް މިފަދަ ކަމެއް ދިމާވި ޚަބަރެއް ވެސް އަހަރެން އަޑެއް ނާހަން." އާރިފާގެ ސިޒޭރިއަން ހެދި ޑޮކްޓަރު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ޑޮކްޓަރު ލަފާކުރާ ގޮތުގައި އާރިފާގެ ބަނޑުގައި ތިން ދަރިން އޮތްކަން ކުރިން ނޭނގުނީ އެންމެ އެކަށީގެންވާ ގޮތެއްގައި ސްކޭން ކޮށްފައި ނުވާތީއެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އެއް ދަރިއަކު ވިހާއިރު އިތުރު ދަރިއަކު ބަނޑުގައި އޮތްކަން ނޭނގުން އެއީ ބައެއް ފަހަރު ދިމާވާ ހާލަތެއް ކަމަށެވެ. މިފަދަ ހާލަތެއް ކޮންމެ 2000 އަންހެނަކުން އެކަކަށް ދިމާވާ ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާރިފާ އާއި އޭނާގެ ތިން ދަރިންގެ ހާލު ވެސް ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދަރަނި ދަންތުރަ

  އެކަމަކުވާ ފުރަތަމަ ދަރިފުޅު ވިއްސި ޑޮކު ހުރީ ލޯމަރައިގެންތަ؟ އެމަންޖެ ބަނޑުން ވެސް ހަމަ ނޭންގޭތަ ؟ ދެކުދިން އޮންނައިރު ހާދަ ބަނޑު ބޮޑުވާނޭދޯ؟

  28
  1
 2. Anonymous

  ﷲގެ ކުޅަދުންވަންތަ ކަމާއެވެ.ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތްތައް ގިނަގުނައެވެ.!!!

  58
  3