ވުޖޫދަށް އައިތާ 80 އަހަރު ވެފައިވައިވާ ޓޮމް އެންޑް ޖެރީގެ ޑައިރެކްޓަރ އެއުޖީން މެރިލް ޑެއިޗް މަރުވެއްޖެއެވެ.

އެއުޖީން މަރުވެފައިވަނީ އުމުރުން 95 އަހަރުގައި ކުއްލި މަރަކުން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އޭނާ މަރުވެފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.

ޑެއިޗް މަރުވެފައި އޮއްވާ ފެނިފައިވަނީ ޕެރެގުއާއީގައި އޭނާ ދިރިއުޅެމުން އަންނަ ގެއިންނެވެ.އޭނާގެ މަރާއި ގުޅޭގޮތުން އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

އެއުޖީން އަކީ ޓޮމް އެންޑް ޖެރީގެ 13 އެޕިސޯޑުގެ އިތުރުން ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ "ޕޮޕެއި" ގެ ބައެއް ސީރީސްތައް ޑައިރެކްޓް ކޮށްފައިވާ މީހެކެވެ.

ބުޅަލަކާއި މީދަލެއްގެ މެދުގައި އޮންނަ ހަތުރުވެރިކަމާއި އެ ދޭތީގެ މެދުގައި އޮންނަ ވާދަވެރިކަމާއި ކޯޅުންތައް މަޖާ ގޮތްގޮތަށް ގެނެސްދީގެން ފާއިތުވި 80 އަހަރު "ޓޮމް އެންޑް ޖެރީ" ވަނީ އެތައް ބަޔަކު މުނިފޫހި ފިލުވައިދީފައެވެ.

ޓޮމް އެންޑް ޖެރީގެ އެތަކެއް ޑައިރެކްޓަރުން ތިބޭއިރު، އެއުޖީން އަކީ އެ ކާޓޫން ޑައިރެކްޓް ކުރުމަށް ބުރަ މަސައްކަތެއް ކޮށް، ހުރިހާ އެޕިސޯޑެއް ގޮތަށް ޑައިރެކްޓް ކޮށްދީފައިވާ މީހެކެވެ.

ޑެއިޗް އަށް ވަނީ މީގެ ކުރިން އޭނާގެ ފިލްމް މުންރޯއުން އެކަޑަމީން އެވޯޑް ލިބިފައެވެ.