މާޑާ 2 ގެ "ޕިރް މުހޮއްބަތު"، ސަންގާއީގެ "ދުއާ" އަދި އެޖެންޓް ވިނޯދް ގެ "ރާބަތާ" ފަދަ އެތަށް ރީތި ލަވަތަކެއް ކިޔާދީފައިވާ އަރްޖީތް ސިންގް އެހިސާބަށް އައުމުގައި އެތަށް މަސައްކަތެއް ކުރަން ޖެހުނުކަމަށް އޭނާ ބުނެފިއެވެ.

އަރްޖީތް ސިންގް ގެ އެންމެ ކާމިޔާބު ލައިަކުގެ ތެރޭގައި އާސިގީ 2 އަށް ކިޔާދިފައިވާ "ތުމް ހި ހީ" ހިމެނެއެވެ. އެ ލަވައަކީ އެދުވަސްވަރު ލޯބީގެ ކޮންމެ ހަފްލާއެއްގައިވެސް އިންޑިއާގެ އިތުރުން އަވައްޓެރި ގައުމުތަކުގައިވެސް ފަޅުފިލުވާލި ދިން ލަވައެވެ. މަސައްކަތުގައި އާއި އެހެނިހެން ކަންކަމުގައި އުޅެ ވަގުތު ތަކުގައިވެސް އެންމެންގެ އަގައިން ކިޔާލާ ކިޔާލަ ހުރެވުނު ލަވައެކެވެ.

މީގެ އިތުރުން 2007 ވަނަ އަހަރު އެނާ ކިޔާފައިވާ "އޭ ދިލް ހެއި މުސްކިލް" ވެގެން ގޮސްފައިވަނީ އޭނާގެ ލޯބީގެ ލަވަތަކަށް ގަތާލެވުނު މީހުން ރޮއްވާލި ލަވައަކަށެވެ. މި ލަވަ އަކީވެސް މުޅި ދުނިޔޭގައި ގިނަ ލޯބީގެ ހަފްލާތަކުގައާއި ކައިވެނިޣެ އެކި ހަފްލާތަކުގައި ގިނައިން ޖަހާފައިވާ ލަވައެކެވެ. އަދި މި ލަވައަށް އޭނާއަށްވަނީ ގިނަ އެވޯޑް ތަކެއްވެސް ލިބިފައެވެ. މިހާރުވެސް ފަޑުވުމެއްނެތި މި ލަވަ ޖަހާ މީހުން މަދެއް ނޫނެވެ.

އަރްޖީތް ސިންގް ގެ ލޯބީގެ ލަވަތަކުން އޭނާ މަސްހޫރު ވެފައިވާއިރު މީހުން އޭނާ ލޭބަލް ކޮށްފައިވަނީ އޭނާ އަކީ ހަމައެކަނި ލޯބީގެ މަޑުމައިތިރި ލަވަ ކިޔޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އޭނާ ބުނީ "އަހަރެން ލޯބީގެ ލަވަތަކާއި، އަވަސް ލަވަތަކާއި ޑާންސް ކުރާ ކަހަލަ ލަވަތަށް ކިޔާފައި ހުންނާނެ. ތަފާތު އެކި ޖެންރާއަށް ލަވަތަށް ކިޔާފައި ހުންނާނެ. އަހަރެން މަސައްކަތް ކުރަނީ ހުރިހާ ވައްތަރެއްގެ ލަވައިން އަހަރެންގެ ފޭންސް ހިތްހަމަ ޖައްސައިދިނުން" އެވެ.

ޕެޑް މޭން އަށް "އާޖް ސޭ ތެރީ" ލަވަވެސް ކިޔާ ދީފައިވާ އަރްޖީތް ސިންގް ބުނީ "އަހަރެން ލަވައެއް ކިޔަން ނަގާއިރު ބަލާ ވަރަށް ގިނަ ކަންތަށް ހުރޭ. ބައެއް ފަހަރު މިއުޒިކް ކޮމްޕޯސާ އާއި ހުންނަ ގާތް ކަމެއްގެ ސަބަބުން. އަނެއްބައި ފަހަރު ޑައިރެކްޓަރާ ހުންނަ ގާތް ކަމަކުން. ބައެއްފަހަރު އެ ލަވައިގެ ލިރިކްސް ރީތިވެގެންވެސް ކިޔަން. ބައެއް ފަހަރު ތަފާތު ލަވައެއްވީމަ ޗެލެންޖެއްގެ ގޮތުންވެސް ކިޔަން. އެވެ. އަރްޖީތް ބުނީ ތަފާތު ކޮމްޕޯސަރުންނާއި އެކުގައި ލަވަ ކިޔުމަކީ ވަރަށް ގިނަ ކަންތަށްތަށް ދަސްވާ ކަމެއްކަމުގައެވެ.

މިއަދު މިހިސާބަށް އައިސް ބޮލީވުޑްގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ފައިހަމަކޮށްފައިވިޔަސް އެހިސާބަށް ދިޔުމަށްޓަކައި ނުހަނު ގިނަ މަސައްކަތް ކުރަންޖެހޭނެކަމާމެދު ޝައްކެއް ނެތެވެ. "މިހިސާބަށް އާދެވިފަ މިހުރީ ވަރަށް މަސައްކަތުން. އޭރު އަހަރެން ލަވަކިޔާއިރު އަހަރެންގެ އަމިއްލަ ވަންތަކަން ގެންނަން ބިރުގަނޭ. އެއީ އެ ފުރުސަތު އަހަރެންނަށް ގެއްލިދާނެތީ. އޭރު އަހަރެން ބަލަނީ މިއުޒިކް ޑައިރެކްޓަރ އަހަރެންކައިރީ ބުނާގޮތަށް ކިޔޭތޯ" އެވެ.