އިނގިރޭސި ވިލާތުގެ ޑްރޮންފީލްޑްގައި ދިރިއުޅެމުން އައި ސްޓެފެނީގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށީ އޭނާގެ އާއިލާއާ އެކީ ދިރިއުޅެމުން ދަނިކޮށެވެ.

ހަފްތާއެއް ވަންދެން އަލާމާތްތައް ފެންނަން ފެށި ފަހުން އެމީހާ ވަނީ އޭނާގެ ފިރިމީހާ ކައިރީގައި މަރުވާހެން އިހުސާސްކުރެވޭ ކަމަށާއި އެހީ ހޯދައި ދިނުމަށް އެދޭ ކަމަށް ބުނެފައެވެ.

އެހާ ހިސާބުން އޭނާ އެމަޖެންސީގައި ޗެސްޓަފީލްޑް ރޯޔަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު އޭނާގެ އޮކްސިޖަން ލެވެލް ހުރީ ނުރައްކާތެރި މިންވަރަކަށް ދަށްވެފައެވެ.

ސްޓްފެނީގެ ހުން ގަދަވެ ހާލު ބޮޑުވި އިރު، އޭނާ އަށް އެ ދުވަސްކޮޅު ނިދުންވެސްވީ އުނދަގޫ ކަމަކަށެވެ.

" އަހަންނަށް އެނގޭ މި ބަލީގައި ސިއްހަތު ރަނގަޅު، ޒުވާން މީހުން ވެސް މަރުވާކަން. އަހަރެން ހުރީ ދެން މަރުވާނީ އަހަރެން ކަމަށް ވިސްނައިގެން. އެހެން އަހަންނަށް އިހުސާސްވީ." އެމީހާ ކިޔައިދިނެވެ.

ދެ ކުދިންގެ މަންމައެއް ކަމަށްވާ ސްޓެފިނީ ވަނީ މާޗް މަހުގެ ފަހު ކޮޅުން ފެށިގެން އައިސޮލޭޓްކޮށްފައެވެ.

އެންމެ ފުރަތަމަ ބަލީގެ އަލާމާތް ފެންނަން ފެށި އިރު އަނގަ ހިކުމާއި ވަރުބަލިވުން އިހުސާސްކުރެވުނު ކަމަށް އޭނާ ބުނެއެވެ. އަދި ހަންގަނޑު ނާޒުކުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އެތައް ހަފްތާއެއް ވަންދެން އޭނާ އުޅުނީ އަންގި ފަދަ ތަކެތި ލައްވައިގެން ކަމުން އޭނާ އަށް ކޮވިޑް-19 ޖެހިދާނެ ކަމަށް ހީނުކުރާ ކަމަށާއި ވިޔަފާރިކުރުން ފަދަ ޒަރޫރީ ބޭނުމަށް ނޫނީ ގެއިން ނުނިކުންނަ ކަމަށް އޭނާ ބުންޏެވެ.

އޭނާއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުން ކަންކަން ކުރީ ވަރަށް ރަނގަޅަށް ކަން އޭނާ ފާހަގަކުރެއެވެ. އޭނާގެ ހުން މަޑު ކުރުމަށް އަންގިއަށް އައިސްކިއުބް އަޅައިގެން ގައިގައި އެޅީ ކަމަށާއޮ ކެރެވުނު ހުރިހާ މަސައްކަތެއް ސިއްހީ މަސައްކަތްތެރިން ކުރި ކަމަށް އޭނާ ބުންޏެވެ.
ހަ ދުވަހަށް ފަހު ސްޓެފެނީ ހޮސްޕިޓަލުން ދޫކޮށްލީ ހުުކުރު ދުވަހެވެ. އޭގެ ފަހުން އާދިއްތަ ދުވަހު އަނެއްކާވެސް ނޭވާލާން ދަތިވިއެވެ.
އަދި އަލުން ޗެކް ކުރުމުން އަދިވެސް ހުން ހުރިކަމާއި، ނޭވާލާ ނިޒާމްގެ މައްސަލަ ހުރިކަން އެނގުނެވެ. ސްޓެފެނީ އަކީ 2007 ވަނަ އަހަރު ކެންސަރު ޖެހުމަށް ފަހު ރަނގަޅުވެފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު