ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ލޮސް އެންޖަލަސް އިން 11 މިލިއަން ޑޮލަރުގެ ރީތި ބޮޑު ގެއެއް ގަންނަން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ދެ ބުރިއަށް ވަރަށް ރީއްޗަށް ހަދާފައިވާ ހަތް ކޮޓަރި ހިމެނޭ އެ ގެ ގަތުމުގެ މަސައްކަތް އޭނާ ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، އެގެ އޭނާގެ ލޮލުގައި އަޅައިގެންފައި ވަނީ އެގޭގެ ރީތި ކަމުގެ ސަބަބުން ކަން ޔަގީނެވެ.

އެ ގެ ގަތުމަށް ޖަސްޓިންއަށް މާބޮޑުކަމަކަށް ނުވާނެއެވެ. ބްރެންޓްވުޑްގައި ހުންނަ މި ގެއަކީ ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯން ޓްރެވޮލްޓާގެ ގޭގެ ކައިރީގައި ހުންނަ ގެއެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެގޭގެ އެތެރެއާއި އެ ނޫންވެސް ތަންތަން ބެލުމަށް ޖަސްޓިން ވަނީ މިދިޔަ އަންގާރަ ދުވަހު އެ ގެއަށް ގޮސްފައެވެ.

އެގެ ހުންނަނީ ބޭރު ވަރަށް ރީއްޗަށް ފެންނަހެންް ބިއްލޫރި ބޮޑެތި ދޮރުތައް ޖަހާފައެވެ. ވަރަށް ގަޔާވާ ކަހަލަ ބެލްކަންޏެއްވެސް އެ ގޭގައި އޮންނަ ކަމަށް ވެއެވެ.

އެގޭގެ އެންމެ މަތީގައި ޕޫލެއްވެސް އޮވެއެވެ. އެއީ ޕާޓީ ކުރުމަށްވެސް އެންމެ ފެންވަރު ރަނގަޅު އެއް ގެއެވެ.