ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ފިރިމީހާ ރާޖް ކުންޑްރާ އާއި ދަރިފުޅު ވިއާމްއާއެކު އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަމަށް އިންޑިއާގެ ނޫސްތަކުންވެސް ކަށަވަރުކޮށްދޭއިރު، އޭނާ ދަނީ މީސް މީޑިޔާގައި ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

އެ ފޮޓޯތަކުގެ ތެރެއިންވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޝިލްޕާް މަސް ބޭނުމުގައި އުޅުނު މަންޒަރު ފެންނަ ފޮޓޯއެވެ. ޝިލްޕާ މަސް ބޭނުމުގައި އުޅުނުއިރު، އޭނާއަށްވެސް އެއީ ފަސޭހަކަމެއް ނޫންކަން ވަނީ އެނގިގެން ގޮސްފައެވެ.

https://www.instagram.com/p/BiHt2txhL45/

ނަމަވެސް އޭނާ ވަނީ މަހެއް ބޭނުމުން އުފާވެފައި ސަކަރާތް ޖަހާ ވީޑިޔޯއެއް އިންސްޓަގްރާމްކޮށްފައެވެ. އޭނާ ވަނީ އޭނާ ބޭނި މަސް އެ ދޯނީގައި ތިބި އެހެން ބައެއްގެ އެހީގައި މޫދަށް ދޫކޮށްލާފައެވެ. އަދި ފިރިމީހާ އާއި ދަރިފުޅަށް މަސް ބޭނުނީތީ އެކަމާއި ވަރަށް ބޮޑަށް އުފާވެފައިވާކަމަށް ވަނީ ބުނެފައެވެ.

އުމުރުން 42 އަހަރުގެ ޝިލްޕާ ރާއްޖޭގައި ޗުއްޓީ ޙޭދަކުރަމުން ދަނީ ކަނުހުރާ ރިސޯޓްގައެވެ. މީގެ ކުރިންވެސް ޝިލްޕާ އެތައް ފަހަރު ވަނީ ރާއްޖެ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯ ހަލާކު

    ސިލުޕާ ސޭޓު އަތިރި އަށް ދިޔަސް .. އަހަރުމެންނަށް ކީއްތަ އަޅެ.

    • ހުސޭނުބޭ

      އެތަން ނުބަލައްޗޭ!

  2. އެންމެން

    ޝިލްޕާ ޝެޓީ އަށް ވަރަށް ހޫނު މަރޙަބާއެއް ކިޔަން. ރާއްޖެ އައީތީ ޝުކުރިއްޔާ.