ކޮނީ ކްރިސްޓީ ނަމަކަށް ކިޔާ މި އަންހެން މީހާއަކީ ގައިން ވަރަށް ބޮޑަށް މަސް ވަސް ދުވާ އަންހެނެކެވެ. އޭނާއަށް އެހެންވާން ދިމާވީ ބައްޔެއްގެ ސަބަބުންނެވެ.

އުމުރުން 43 އަހަރުގެ މި އަންހެން މީހާގެ އަނގައިންނާއި ނޭވާލާއިރު، އަދި ކުޑަކަމުދާއިރުވެސް ވަަރަށް ނުަބައިވަސް ދުވާކަމަށް ވެއެވެ. އެކަން އޭނާއަކަށް ކުރިން ނޭނގެއެވެ. ނަމަވެސް ކްރިސްޓީގެ އުމުރުން 18 އަހަރުގައި އޭނާގެ މައިންބަފައިން ވަނީ އެކަން ކިޔާދީފައެވެ.

ކްރިސްޓީ ބުނީ ސްކޫލްގައި އުޅުނުއިރު، އޭނާއާ ދިމާލަށް "ޓޫނާ" މަހުގެ ނަމުން މުހާތަބު ކުރާ ކަމަށެވެ. އަދި އޭނާ ކާ ބާވަތެއްގެ ސަބަބުން ވަރަށް ބޮޑަށް އެ ވަސް ފަތުރޭ ކަމަށާއި، އެކަން އޭނާއަށްވެސް ނޭނގޭ ކަމަށެވެ. އޭގެ ތެރޭގައި ކަނޑުމަހާއި ބިސް ހިމެނެއެވެ.

ކްރިސްޓީީގެ ގައިން އެ ވަސް ދުވާ ކަން އަންގަން ޖެހޭނީ އޭނާގެ ފިރިމީހާ އާއި ދަރިފުޅެވެ. އޭނާ އެ ވަސް ކެނޑޭތޯ ފެންވަރާ، ދަތް އުނގުޅައި، ތަފާތު ސްޕްރޭ ބޭނުން ކުރެއެވެ. ނަމަވެސް އެކަމަށް ބަދަލެއް އައިސްފައެއް ނުވެއެވެ، އެންމެ ފަހުން މީގެ ތިން އަހަރު ކުރިން ފަށައިގެން އޭނާ އެކަމަށް ހާއްސަ ބޭސް ކާން ފެށިއެވެ.

ބޮޑަށް އޭނާގެ ގައިން އެ ވަސް ދުވަނީ ކާން ބޭނުންކުރާ ބައެއް ބާވަތުގެ ކެއުންތަކުގެ ސަބަބުންނެވެ.

ކްރިސްޓީ ވަނީ އޭނާގެ އެ ހުންނަ ބަލީގެ ސަބަބުން ކުރިމަތިވި ހިތްދަތި ދުވަސްތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން ގާތް އެކުވެރިންނާއި، މިހާރުގެ ފިރިމީހާ އެއިރުގެ ލޯބިވެރިޔާގެ ފަރާތުންވެސް އެކަމަކީ ކޮން ކަމެއްކަން ރަނގަޅަށް ނޭނގި އެއްޗެހި ކީ ދުވަސްތަކުގެ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބުނިބަތޫތާ

    ކޮންމެ ދިވެހި ފިރިހެނަކީ މަހެއްގެ ވެރިއެއް! ޕަކާސް!!

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.