ހުނަރުން ފުރިފައިވާ މަޝްހޫރު އެކްޓަރ ރިތިކް ރޯޝަން އަދި ޓައިގާ ޝްރޮފް ފެނިގެންދާ ފިލްމުގެ ތައްޔާރީއަށް 15 ދުވަހުގެ ޖިމްނާސްޓިކް ޓްރެއިނިން ތަކެއް ފެށުމަށް ހަމަޖައްސައިފިއެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި 15 ދުވަހުގެ މި ޓްރެއިނިންތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ސްޕޭންގެ ތަޖުރިބާކާރުންނެވެ. މިޓްރޭނިންގްގައި އުދަނގޫ ހާލަތްތަކުގައި ޖިމްނާސްޓިކް ބޭނުން ކުރާނެ އިތުރު ގޮތްތައް ކިޔައިދޭނެ ކަމަށެވެ.

ނަމަވެސް އަދި ރިތިކް މިހާރު މަސައްކަތް ކުރަމުންދާ ފިލްމް "ސްޕާ 30" ގެ ތައްޔާރީތަކުގައި ބަނާރަސްގައި ހުރުމުގެ ސަބަބުން ޓްރެއިނިންތައް ފަށާނެ ވަކި ތާރީހެއް ނޭނގޭކަމަށް ރިޕޯތްތައް ބުނެއެވެ.

ސިދާތް އަނަންދް ޕްރޮޑިއުސް ކުރާ މި ފިލްމުގައި ރިތިކް ފެނިގެންދާނީ ޓައިގާގެ ޓީޗަރެއްގެ ގޮތުގައެވެ. މިއަހަރުގެ އޮގަސްޓް މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ނަން އަދި ކަނޑައެއް ނާޅައެވެ. މި ފިލްމަކީ ގިނަ ބައެއް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު