ޕޮޕް ސްތާ ޖޯ ޖޯނަސް ވެސް ދަނީ އެތައް ފަންނާނުން ފަދައިން ފުރަބަންދުގެ ވަގުތުތައް ގޭގައި ހޭދަކުރަމުންވެ.
ޖޯނަސް އާއިލާގެ އެންމެ މަޝްހޫރު ފަންނާނުކަމަށްވާ ޖޯ އަކީ މަގްބޫލް ބަތަލާ ސޮފީ ޓާނާ އާއި ކައިވެނިކޮށްގެން އުޅޭ ތަރިއެކެވެ.
އޭނާ ދަނީ މި ފުރަބަންދުގައި އޭނާގެ ކާއްސަ ކެއްކުމުގެ ކުޅަދާނަކަން ދައްކާލަމުންނެވެ.
އެގޮތުން އޭނާ ވަނީ އޭނާގެ އަނބި މީހާ ސޯފީއަށް، އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ ޗިކެން ޓިއްކާ މަސާލާ ތައްޔާރުކޮށްދީފައެވެ.
ޖޯ ޖޯނަސްގެ ކޮއްކޮ ނިކް ޖޯނަސް ކައިވެނިކޮށްގެން އުޅެނީ އިންޑިއާއަށް ނިސްބަތްވާ މަގްބޫލް ބަތަލާ ޕްރިއަންކާ ޗޯޕްރާ ޖޯނަސް އާއިއެވެ.
ސޮފީ ވަނީ ޖޯގެ ކެއްކުމުގެ ހުނަރު ފާހަގަކޮށް މިއީ އިޓަލީގެ ކުޅަދާނަ ފިރިހެނަކާއި ކައިވެނިކުރުމުން ލިބޭ ފައިދާކަމަސް ބުނެފައެވެ.
ޖޯ ވަނީ އިންސްޓަގްރާމްގައި އޭނާ ބަދިގޭގައި ހޭދަ ކުރި ވަގުތުތައް ހިއްސާކޮށްފައެވެ. އިންސްޓްރާމް ސްޓޯރީގައި އޭނާ ވަނީ އޭނާ ޗިކެން ޓީއްކާ މަސާލާ ތައްޔާރު ކުރާ މަންޒަރު ހިއްސާކޮށްފައެވެ.
ޚަބަރުތައް ބުނާ ގޮތުން ސޯފީ މިހާރު އިނީ އޭނާއި ޖޯގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ.
ސޮފީވަނީ ކަރަންޓީންގައި އޭނާ އާއި މެދު ޖޯ ކަންކަން ކުރާ ގޮތް ރަނގަޅުކަން ފާހަގަކޮށްފައެވެ.
އަދި އެނާ ގޭގައި ހުންނަ ވަގުތުތަކުގައި ހިތްހަމަޖައްސާ ދިނުމަށް ޖޯ ވަރަށް ބޮޑަށް މަސައްކަތްކުރާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ސޮފީ ބުނީ އެނާ އަކީ ގޭގައި ގިނަ ވަގުތު ހުންނަން ލޯބި ކުރާ މީހެއް ކަމަށާ، ޖޯ އެކަމަށް ދޭ އެއްބާރުލުން ފާހަކުރާކަމަށެވެ.
ނަސީބެ އްނު ކުރާކޮންމެ ކަމެ އް މީޑި އާއ އަށް ނުލާކަން
ޢެހެންނޫނީ ބަ އެ އް ކުދިން ......