މަންމަ އާއި ބައްޕަ އަދި އެންމެ ކުޑަ ކޮއްކޮ މަރުވި ކާރު އެކްސިޑެންޓަށް ފަހު ސަލާމަތްވި ދައްތަ އައި ކޮއްކޮ ބައްދަލުވެއްޖެއެވެ.

މި މަހުގެ ކުރީކޮޅު ޓެކްސަސްގައި ހިނގި އެކްސިޑެންޓެއްގައި ޒަކަރީ (5އ) އާއި އެންޖަލާ (8އ) އެ އެކްސިޑެންޓުން ސަލާމަތްވި ނަމަވެސް ދެ ކުދިންނަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ދެ ދެކުދިންނަށް ދެ ކުދިންނައި ބައްދަލު ކުރުމުގެ ފުރުސަތު ވަނީ ނުލިބިފައެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި އެހާ ދުވަސްފަހުން މި ދެ ކުދިން ބައްދަލުވެއްޖެއެވެ.

"އިއްޔެ ޒަކަރީއަށް ވަނީ އޭނާ ހޮސްޕިޓަލްގައި ބާއްވާފައި އޮތް އެނދުން ފޭބުމުގެ ފުރުސަތު ލިބިފައި. ފުރޮޅުލީ ގޮނޑިގައި ޒަކަރީ ގޮސް އެންޖީ އާއި ބައްދަލުކޮށްފައި. އެންގީއަށް ވަނީ ވަރަށް ބޮޑަށް ބޮލަށް ގެއްލުން ލިބިފައި އަދި އޭގެ ސަބަބުން ސިކުނޑިއަށްވެސް އެކަމުގެ އަސަރުތައްކޮށްފައި. ނަމަވެސް އިއްޔެ އޭނާވެސް ވަނީ އަހަރުމެންނާއި އެކު ފޮތް ކިޔާ ލަވަ ކިޔާ ހަދާފައި" މި ކުދިންގެ ބޮޑުދައިތަ ފޭސްބުކްގައި ލިޔުނެވެ.

މި ދެ ކުދިންގެ ބޮޑުދައިތަ ބުނީ، އެހާ ދުވަސް ފަހުން މި ދެކުދިން ބައްދަލުވުމުން ވަަރަށް އުފާވެފައި ތިބި ކަމަށެވެ.

މި އާއިލާ އެކްސިޑެންޓްވެފައި ވަނީ، އެންމެން އެކީ ބޭރުގައި އުޅުމަށްފަހު ކާރުގައި ގެއަށް ދިޔަ މަގުމަތީގައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރުބާރުބޮޑު މަގެއްގައިކަމަށް ވެއެވެ.

މި ހާދިސާގައި މި ދެމަފިރިންގެ ހަތަރު އަހަރުގެ ދަރިފުޅާއި ދެ އަހަރުގެ ދަރިފުޅުވެސް ސަލާމަތްވިއެވެ. މި ކުދިންގެ ތެރެއިން ދެ އަހަރުގެ ކުއްޖާ މިހާރު ހުރީ މާމާ ކައިރީގައިކަމަށް ވެއެވެ. އަދި އަނެއް ކުއްޖާއަށްވެސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ވެއެވެ.

އެކްސިޑެންޓުން ސަލާމަތްވި ހަތަރު ކުދިން ބެލުމާއި އެކުދިންގެ އާއިލާ އިން ހަވާލުވެފައިވާއިރު އެކުދިންނަށް ވަރަށް ގިނަ ފަރާތްތަކުގެ މާލީ އެހީ ވެސް މިހާރު ދަނީ ލިބެމުންނެވެ.

ޒަކަރީއަށް ލިބުނު އަނިޔާތަކަށް ބަލާއިރު، އޭނާގެ ބުރަކަށި ވަނީ ބިންދައިގެން ގޮސްފައެވެ. މި ކުދިންނަށް ފަރުވާދެމުން ދަނީ ފޯޓް ވޯތްގައި ހުންނަ ކޫކް ޗިލްޑްރެންސް މެޑިކަލް ސެންޓަރުގައެވެ.