ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ކުޑަކުއްޖާ ތައިމޫރް އަލީ ހާން އާއި އޭނާގެ ކަޒިން އިނާޔާ ޔައުމީ ވަނީ ވަރަށް ފަހުން ބައްދަލުވެފައެވެ. މި ދެ ކުދިން އެކުގައި ބައްދަލުވެފައި ވަނީ ޕޫލެއް ކައިރިންނެވެ.

މި ދެ ކުދިން އެކުގައި ބައްދަލުކޮށް، ވަގުތު ހޭދަކޮށް، ވަނީ އެކުގައި ކުޅެފައެވެ. އިނާޔާ ތައިމޫރް އާއި ބައްދަލުކޮށްފައި ވަނީ މަންމަ އާއި ސޯހާ އަލީ ޚާން އާއި ކުނާލް ކެއްމުއާއެކުގައެވެ. ތައިމޫރް ހުރީ އޭނާ ބަލާ މީހާއެކުގައެވެ.

އިނާޔާ ވަނީ ޕޫލްގައިވެސް ވަގުތު ހޭދަކޮށްފައެވެ. ނަމަވެސް ތައިމޫރް ޕޫލަށް އެރިފައެއް ނުވެއެވެ.

ތައިމޫރް އާއި މަންމަ އަދި ބައްޕަައާއެކު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޕޫލުގައި ވަގުތު ހޭދަކޮށްފައެވެ. މި ދެ ކުދިން އެކުގައި ވަގުތު ހޭދަކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

https://www.instagram.com/p/BiFN-ugHG06/?utm_source=ig_embed

މި ދެކުދިން އެކުގައި ބައްދަލުވަނީ ވަރަށް މަދުންނެވެ. އެއީ ސައިފް އެގޮތް ބޭނުންނުވާތިއެވެ. ސައިފް ބިރު ގަންނަނީ މި ދެކުދިން މާބޮޑަށް އަރައިރުންވެދާނެތީއެވެ.

ތައިމޫރްއަކީ މުޅި ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ކުއްޖެކެވެ. އޭނާގެ މަޝްހޫރުކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، އޭނާއަށް އިޝްތިހާރު ކުޅުމަށާއި، ފިލްމް ކުޅުމަށްވެސް ދަނީ ފުރުސަތު ލިބެމުންނެވެ.