ލޮނުމެދަކީ ޒަމާނުއްސުރެ އެކިއެކި ބަލިތަކުގެ ފަރުވާއަކަށް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އަދި އެއީ ސިއްޙަތަށް ފައިދާހުރި އެއްޗެއްކަންވެސް މީގެ މާކުރިންވަނީ ދެނެގަނެވިފައެވެ.

އެހެންނަމަވެސް މިފަހަރު ކެންސަރުން ލިއްބައިދޭ ވަރަށް ބޮޑު ފައިދާއެއް ސައިންވެރިންވަނީ ހޯދާފައެވެ. މިގޮތުން ލޮނުމެދު ކެޔުމަކީ ކެންސަރއިން ދުރުކޮށްދޭ ކަމެއްކަމަށް ދިރާސާއަކުންވަނީ ދައްކާފައެވެ.

ޔުނިވަރސިޓީ އޮފް ނޮޓިންގަމްގެ ސައިންވެރި ކުރި ދިރާސާއުން ދައްކާގޮތުގައި ލޮނުމެދު ކެޔުމަކީ ބައެއް ވައްތަރުގެ ކެންސަރއިން ދުރުކޮށްދޭ ކަމެކެވެ. އަދި މީގެ އިތުރުން ލޮނުމެދު ކެޔުމުގެ ސަބަބުން ހިތުގެ ބައެއް ބަލިތަކާއި ޓައިޕް 2 ޑައިބެޓިކްސްއިން ސަލާމަތްކޮށްދޭކަމެއްވެސް މިދިރާސާއިންވަނީ ދައްކާފައެވެ.

މިދިރާސާގައި ބުނެފައިވަނީ ލޮނުމެދަކީ އެކޮށުމުން ނުވަތަ ޗަސް ކުރުމުން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ބޭނުން ކުރުމުން "ސަލްފަރ" ކޮންޕައުންޑްސްއުންޑްސް ވަރަށް ގިނައިން އުފައްދާ އެއްޗެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގައި އަމިއްލަޔަށް އުފެދޭ ގޭސްތައް ކަމުގައިވާ "ނައިޓްރިކް އޮކްސައިޑް" އަދި "ހައިޑުރޮޖެން ސަލްފައިޑް" އާއި ގުޅޭ ކަމަށާއި އަދި މިދެގޭހުގެ ނިސްބަތް ހަށިގަނޑުގެ ތެރޭގައި ބަދަލުކޮށްލާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑު ގިނަ ބަލިތަކެއްގެ ކިބައިން ސަލާމަތްކޮށްދޭކަމަށެވެ.

މިދިރާސާ އިތުރަށް ބުނެފައިވަނީ ލޮނުމެދަކީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ އެއްޗެއް ކަމަށާއި ލޮނުމެދުން ލިބޭ އިތުރު ފައިދާތަށް ދެނެގަތުމަށް އިތުރު ތަޙްލީލްތަށް ހަދަންޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެހެންނަމަވެސް މިފަހަރު ކެންސަރުން ލިއްބައިދޭ ވަރަށް ބޮޑު ފައިދާއެއް ސައިންވެރިންވަނީ ހޯދާފައެވެ. މިގޮތުން ލޮނުމެދު ކެޔުމަކީ ކެންސަރއިން ދުރުކޮށްދޭ ކަމެއްކަމަށް ދިރާސާއަކުންވަނީ ދައްކާފައެވެ

  2. ލޮނުމެދު ގެ ފައިދާތައްގިނަގުނއެވެ. 70 އަށްވުރެ ގިނަ ބަލީގެ ފަރުވާ އެއްކަން ވަރަށް ކުރީއްސުރެ އެނގެއެވެ. އެކަމަކު އެއީ ނުބައިވަސް ހުންނަ އެއޗެކެވެ. ހަށިގަނޑުން ނުބައިވަސް ދުވައެވެ. އެހެންވެ ކެވޭވަރު ވަރަށް މަދެވެ.

  3. ކެވޭވަރަކުން ކާންވީ. ފިލާ