ފެޝަނަށް ލޯބިކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވެސް ވަރަށް ގިނަ ވާނެއެވެ. ވަކިން ހާއްސަކޮށް ފަހުގެ ފެޝަނާއި އެއްގޮތަށް ހެދުން އެޅުމުގެ ކަންތައްތައް ބަހައްޓަން ގިނަ ބަޔަކު މަސައްކަތް ކުރާނެ ކަން ގައިމެވެ. ނަމަވެސް ބޮލީވުޑްގެ މަޝްހޫރު ތަރިން ލައިއުޅޭ ފަދަ "ރަންއަގު"ގެ ހެދުން ގަންނާނީ ކިހިނެއްބާއޭ ހިތަށް އަރާ މީހުންވެސް މަދެއް ނުވާނެއެވެ. އެހެންނަމަވެސް ހުރިހާ ފަހަރަކު އެ ފަދަ މަޝްހޫރް ފަރާތްތަކުންވެސް ލައި އުޅެނީ އެންމެ އަގުހުރި ހެދުން ނޫންކަން ޤަބޫލުކުރާށެވެ. އެފަދަ ފަރާތްތަކުންވެސް "ފެޝަން" މާނަ ކުރަނީ އަގުބޮޑަސް އަގުހެވަސް އެއިރެއްގަ އެ ހެދުމެއް ލާ ހިތްވީމައި، އެ ހެނދުން ލާން ވީ ކަމުގައެވެ. އަދި ކޮންމެހެން ތިމާ ލާ ހެދުން އެހެން މީހުންނަށް ރީތިވާން ނުޖެހޭ ކަމަށާއި އެ މީހަކަށް އެ ހެދުމެއް ލުމުން ހިތްހަމަ ޖެހުން ލިބެންޏާ އެ ނިމުނީ ކަމަށްވެސް އެ ފަދަ ފަރާތްތަކުން ބުނެއެވެ. ތިރީގައި މިވަނީ އެފަދަ ދެތިން މިސާލެވެ.

އާލިއާ ބަޓް

 

 

އާލިއާގެ މި ހެދުމަކީ ޒާރާގެ ފަރާތުން އޭނާއަށް ފެނިގެންގޮސް، ގަންނަން ބޭނުންވި ހެދުމެކެވެ. އެހެންނަމަވެސް އެ ހެދުމަކީ އައު ބްރޭންޑެއްގެ ހެދުމެއް ނޫނެވެ. ހަމަ އާދައިގެ މީހުންވެސް ގަނެ އުޅޭ އާދައިގެ ބްރޭންޑެއްގެ ހެދުމެކެވެ. މި ހެދުމުގެ އަގަކީ 7300 އިންޑިއަން ރުޕީސްއެވެ.

ޖަންވީ ކަޕޫރް

janhvi

 

މިހާރު ބޮލީވުޑްއާއި ވަކިވެ، ދުނިޔެ ދޫކޮށް ގޮސްފައިވާ ކުޅަދާނަ އެކްޓަރު ސްރީ ދޭވީގެ އަންހެން ދަރިފުޅު ޖަންވީ ގެ މި ފިޔާތޮށި ޓީ-ޝާޓް ވަރަށް އާދައިގެ ގޮތަކަށް ފެނުނު ކަމުގައިވެސް އޭގެ އަގު އާލިއާގެ ހެދުމަށްވުރެވެސް މާ ބޮޑެވެ. އޭގެ އަގަކީ 51560 އިންޑިއަން ރުޕީސްއެވެ. އެކަމަކު ޖަންވީއަށް މި ފަހަރު ފެޝަނަކަށް ވެފައި މިއޮތީ މި ޓީ-ޝާޓް ވިއްޔާއެވެ.

ޕްރިޔަންކާ ޗޯޕްރާ

peecee

ޕްރިޔަންކާގެ މި ހޫނު މޫސުމަށް ހާއްސަ "ފްލޯރަލް" ހެދުމަކީ މަޝްހޫރް ހެދުން ޑިޒައިނާ ޕީސީގެ ހެދުން ކަލެކްޝަންގެ ތެރެއިން ހެދުމެކެވެ. ވަރަށް އާދައިގެ ގޮތަކަށް ފެންނަ މި ހެދުމުގެ އަގަކީ 86400 ރުޕީސްއެވެ. މި ހެދުމާއި ބަލާފައި ހާދަ އަގުބޮޑޭވެސް ހިތަށް އަރާފާނެއެވެ. އެހެންނަމަވެސް، މިފަހަރު ޕްރިޔަންކާގެ ފެޝަނަކަށް ވެފައި މިއޮތީ މި ރީނދޫ ކުލައިގެ ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    • ނުފެނެޔޭ

      ކަޅޭ ދެލޯ ބީރު ތަ؟

    • .ދެލޯދުންމާރި. މިކޮމެންޓުތަށް ފެނިފެނި މިހާރު ނަފްސާނީބަލި ޖެހެންކައިރި ވެއްޖެ. ?

    • ރަންރީނދޫ ކުއީން

      ކަލޭގެ ދުއްޕާން ހާދަ ބޮޑޭ ދޯ!

  2. ާުަިއެބޭ

    ތިޔައީ ރަނގަޅަށް އަބުއީ ވެސް ނިވާ ނުވާ....

  3. ސާބަސް

    ސްޓާރުންވިއަސް އަދި އެހެން ބަޔަކަށްވިއަސް ތިޔައީ އިސްރާފެވެ. އެއީ އަހަރުމެން މުސްލިމުންނަށް ހަރާމްކުރައްވާފައިވާ ކަމެކެވެ.

  4. ދިސްވޭ

    އަގުބޮޑު ބްރޭންޑެޑް ހެދުން ތިން ސެލެބްރިޓީން ލާފައި ހުރި އިރު ވެސް ރީތި ލުކް އެއް ނޫނޭ މާ ބޮޑަށް ވިދާ ބަބުޅަނީއޭ ލޮލަށް ވަރަށް އުނދަގުލޭ އިންޑިއަން ލޭޑީސް އިން ނަކީ އެއީ ސްޓައިލިޝް ޑްރެސް ވިއަރ ކުރަން ދަންނަ ބަޔެއް ނޫނޭ އެމެންގެ ތެރޭގައި އަދި ވެސް އެ ކަލްޗަރ އަށަ ނުގަނެއޭ. ސިންގަޕޯރގައި ވެސް އުޅޭ ސިންގަޕޯރ އިންޑިއަން ގާރލްސް ކުދިން ވެސް ލާ ހެދުން މާ ކުލަ މަޖާ ގަނޑު ބޮޑުވުމުން މަމެން ބުނަމޭ ބަޔެއް ފަހަރު ތަމެން ތަންކޮޅެއް ލައިޓް ސިލްކް ޑްރެސް ލާން އުޅޭށޭ ހާދަ ލޮލަަށް އުނދަގޫވެއޭ ތިޔާ ލާ ވިދާ ބަބުޅާ އަދި ބުޓިކް ޒާތަށް ހުންނަ ހެދުމުން.

  5. މަމެން

    ހޫ ކެއާސް

    • ށަފަރު

      ތަމެންނަޔި