ޕުލާސްޓިކްގެ މައްސަލަ މިއަދު މިވަނީ ވަރަށް ބޮޑުވެފައެވެ. މަދު ބަޔަކު މިވާހަކަ ދެއްކިޔަސް، މިކަމަށް ސަމާލުކަންދޭ މީހަކު ނެތެވެ. ދުވާލެއްގެ މައްޗަށް އެތައް ހޮޅިއެއް ތަފާތު ބުއިންތައް ބުއިމަށް ބޭނުންކޮށްފައި އެއްލާލާއިރު، މިކަމުގެ ސަބަބުން ތިމާވެއްޓަށް ގިނަ ގެއްލުންތަކެއްދަނީ ލިބެމުންނެވެ.

ހޮޅިއަކީ އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ އެއްޗެއް ކަމަށްވަނީ ޤާބޫލުކުރެވިފައެވެ. އަބަދުވެސް އެކަން މިގޮތަށް ކުރާތީ އެގޮތަށް ޤަބޫލު ކުރެވުނީ ކަމަށްވެދާނެއެވެ. އެހެންނަމަވެސް ކެނެޑާގެ ކުންފުނިން މިކަން ބަދަލުކޮށްލުމަށް މިވަނީ އަމާޒުހިފާފައެވެ.

ދެވަނަ ފަހަރަށް ބޭނުން ކުރެވޭގޮތަށް އަދި މަޅާލެވޭގޮތަށް މިވަނީ ހޮޅިއެއްވަނީ އުފައްދާފައެވެ. މިހޮޅި ތައްޔާރު ކުރެވިފައިވަނީ ދަބަރު ނުޖަހާ ދަގަޑުންނެވެ. މި ހޮޅި 100 އަހަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް މިހޯޅި ތައްޔާރު ކުރި ކުންފުނިން މައުލުމާތުދެއެވެ.

މިހާރު މާރކެޓްގައި ބިއްލޫރި އަދި ބެންބޫ ހޮޅި ހުރި ނަމަވެސް އޭގެ ބޭނުން ނުކުރަނީ އެބޭނުން ކުރުމަކީ އުނދަގޫ ކަމަކަށްވީމައެވެ. އެހެންނަމަވެސް މިއުފެއްދި ހޮޅިއަކީ ބޭނުން ކުރަން ފަސޭހަ އަދި ހޫނު އަދި ފިނި ބުއިންތައްވެސް ބުއިމަށްވެސް ކަމުދާ ހޮޅިއެކެވެ.

މިހޮޅި ބޭނުންތާކަށް ފަސޭހަކަމާއެކު ގެންދެވޭއިރު މިހޮޅިވެގެންދާނީ، އެތައް ޕުލާސްޓިކް ހޮޅިއެއް ރިޕްލޭސްކޮށްލާނެ އެއްޗަކަށެވެ.

ކިޔުންތެރިންގެ ހިޔާލު