މަންމަޔަކު އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ލައިގެން ހުރި ކޯޓުގެ ޖީބުންނެގި ތަކެތި ޓުވިޓަރގައި އާއްމުކުރުމުން މުޅި މީސްމީޑިޔާ ހައިރާންކޮށްލައިފިއެވެ.

ކާޑިފްގެ ލިޔުންތެރިއެއް ކަމަށްވާ ކޭޓީ މުނިކްއަށް އޭނާގެ ދަރިފުޅުގެ ކޯޓުގެ ޖީބުން މިތަކެތި ފެނިފައިވަނީ އެ ކުއްޖާ ލާ އެއްޗެހި ދޮންނަން އުޅެނިކޮށެވެ.

މިތަކެތި ފެނުމާއެކު ކޭޓީވަނީ މިތަކެތި ޓުވިޓަރގައި ޝެއަރކޮށްފައެވެ. މިހާތަނަށް މިޕޯސްޓަށް 14.5 ހާސް ހާޓް ރިއެކްޓް ލިބިފައިވާއިރު، ދެ ހާހަށްވުރެ ގިނަ ކޮންމެޓްވަނީ ލިބިފައެވެ.

ކޭޓީ މިޕޯސްޓް ޝެއަރ ކުރުމާއެކު ގިނަ ބަޔަކުދަނީ އެމީހުންގެ ދަރިންގެ ޖީބުން ފެނުނު ތަކެތި ޓުވިޓަރގައި އާއްމު ކުރަމުންނެވެ. އަދި މިކަން މިހާރު މަންމައިންގެ ތެރޭގައި ޓުރެންޑްއަކަށް ވެގެންވަނީ ގޮސްފައެެވެ.

https://twitter.com/beesknees90/status/989186230008074241

ދިވެހިންގެ ތެރޭގައި މިޓްރެންޑް އަދި އާއްމުވެފައި ނުވާއިރު، ލަފާކުރެވޭ ގޮތުގައި ވަރަށް އަވަހަށް ދިވެހިންގެ ތެރޭގައިވެސް މިޓްރެންޓް އާއްމުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު