ކޮވިޑް-19 އާއި އެކު ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު އެންމެ ގިނަ ތަޖުރިބާކާރުން އެއްބަސްވާ އެއް ކަމަކީ ކޮވިޑް-19 އަށް ވެކްސިނެއް ނުއުފެއްދެނީސް ކުރީގެ އާއްމު ހާލަތައް އަލުން ރުޖޫއަ ވެވުން އެއީ ނާދިރު ކަމެކެވެ. އެހެންކަމުން މިހާރު ދުނިޔެ މިއޮތް ހާލަތުގައި އަދި އިތުރު އެތައް ދުވަހަކު އުޅެން ޖެހިދާނެއެވެ. އެހެންކަމުން މިހާލަތައް އިންސާނުން ހޭނި، ކޮވިޑް-19 އާއި އެކު ދިރިއުޅެން ދަސްކުރަން ޖެހޭނެއެވެ.

ސަބަބަކީ ފުރަބަންދު ވެގެން އަބަދު ތިބުން އެއީ އިތުރު އެތައް މައްސަލައެއް ކުރިމަތިވާނެ ކަމަކަށް ވާތީއެވެ.

ކޮވިޑް-19 އާއި އެކު އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށެވެ. ފަތުރުވެރިކަމަށެވެ. ހާއްސަކޮށް ފްލައިޓް ދަތުރުތަކަށެވެ. އެހެންކަމުން މިހާލަތުގައި ދުނިޔެ އޮއްވާ އަލުން ފްލައިޓް ދަތުރުތައް ފެށިދާނެ ގޮތަކާއި މެދު ވިސްނާ ފިކުރު ކުރާ ބަޔަކު ވެސް އެބައުޅެއެވެ. އޭގެތެރެއިން އެއްބަޔަކީ އިޓަލީވިލާތުގެ އޭވިއޯއިންޓިރިއާސް އެވެ.

އެކުންފުނިން ވަނީ ފްލައިޓްގެ ކޮންމެ ސީޓެއްގައި ބިއްލޫރި ޕާޓިޝަނެއް ޖަހައިގެން ފްލައިޓްތަކުގައި މީހުން ތިބޭނެ ގޮތުގެ ކުރެހުމެއް އާއްމު ކޮށްފައެވެ.

https://www.instagram.com/p/B_NEwNCI6SY/

ކޮންމެ ސަފެއްގައި ތިން ފަސެންޖަރުން މިހާރު ވެސް ތިބޭ ގޮތައް ނަމަވެސް ކޮންމެ ދެ ސީޓެއްގެ ދެމެދުން އެއް ސީޓް އަނބުރާލާފައިވާ މި ޑިޒައިންގައި އެންމެ ބޮޑު ރައްކާތެރިކަމުގެ ފިޔަވަޅަކީ ބިއްލޫރި ޕާޓިޝަނެވެ.

ފަހަރުގައި މިއީ ހަޤީޤަތަކަށް ނުވެދާނެ ކުރެހުމަކަށް ވެދާނެއެވެ. ނަމަވެސް ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމަ ދިގުދެމިގެން ދާނަމަ ދެން ކަންތައް ކުރަން ޖެހޭނެ ގޮތް ހޯދުން އިންސާނުންނަށް މަޖުބޫރު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚިލާ

    ބޯއަނބުރާ ހޮނޑުއަންނަ ގޮތް ވެދާނެ