މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށް ކޮވިޑް-19 ވަނީ ވެފައެވެ. އެ ބަލިން މީހުން ސަލާމަތްކޮށްދިނުމުގައި ސިއްހީ ހިދުމަތްތެރިން ދަނީ އެތައް ގޮތަކުން މަސައްކަތް ކުރަމުންނެވެ. އަދި އެ މީހުންގެ އަޒު ވަޒަން ކުރުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރަމުންދާ މަންޒަރުވެސް ފެންނަމުން ދެއެވެ.

މިއީވެސް ކޮވިޑް-19 އިން މީހުން ސަލާމަތް ކޮށްދިނުމުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކަށް ޝުކުރު އަދާ ކޮށްދިން ތަފާތު ގޮތެކެވެ. އެގޮތުން އާއްމުންގެ ބަޔަކު ވަނީ ޑޮކްޓަރުގެ ގޭ ދޮށަށް އެއްވެ އޭނާއަށް ހާއްސަ ޝުކުރު އަދާ ކުރުމަށް ކާރު ރެލީއެއް ބާއްވާފައެވެ.

މިހަރު މީސް މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ އެ ވީޑިއޯ އިން ފެންނަނީ އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ އުމާ މަދުސުދާން އޭނާ ދިރިއުޅެމުންދާ ގެ ކައިރީގައި މަޑު ކޮށްގެން ހުންނައިރު، އޭނާއަށް ޝުކުރު އަދާކޮށް އެ ގޭގެ ކުރިމަތީގައި ކާރު ދުއްވަމުންދާ މަންޒަރެވެ.

އެ ޑޮކްޓަރަށް ޝުކުރު އަދާ ކުރުމަށްޓަކައި ބައިވެރިވި މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިންވެސް ހިމެނެއެވެ. އަދި އެ މީހުން ވަނީ ފުލުހުންގެ ވެހިކަލާއި، ފަޔާ އެންޑް ރެސްކިއު ވެހިކަލްގައި އެ ރެލީގައި ބައިވެރިވެފައެވެ.

އެ ވީޑިއޯގައި ޑރ. މަދުސުދާންގެ މޫނު މަތިން އުފާވެރިކަމުގެ ކުލަ ވަރު ފެންނަމުންދާ މަންޒަރުވެސް ފެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޑރ. މަދުސުދާން ޑޮކްޓަރުކަން ކިޔަވާފައި ވަނީ ޖޭއެސްއެސް މެޑިކަލް ކޮލެޖުގައެވެ. އަދި އޭނާ މަސައްކަތް ކުރަމުން ދަނީ ސައުތް ވިންޑްސޯ ހޮސްޕިޓަލުގައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ސިއްހީ ހިދުމަތްތެރިން ކުރަމުންދާ މަސައްކަތް ބަލައިގަންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯދަ

    ވިޑިޔޯގެ ވާހަލިޔާއިރު ވީޑިޔޯ ފެއްނަ ވަރުކުރޭ