އެކި މީހުންނަށް އުފާވެރި ދުވަސްތައް އަންނާނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް އެއީ އެކި ތަންތަނަށް ދަތުރު ކުރުން ނުވަތަ އެންމެ ފަހުގެ އެއްޗެއްހި ގަތުންކަމުގައިވެސް ވެދާނެއެވެ. ނަމަވެސް މި ސައިވިއްކާ މީހާ އުފާވީ އޭނާއަށް ކުރި މަސައްކަތުން ދަރިންނަށް އުފާވެރިކަން ލިބޭނެ ފަދަ ފުުރުސަތެއް ގާއިމްވުމުންނެވެ.

ހިއުމަން ބޮމްބޭއިން ކޮށްފައިވާ ޕޯސްޓެއްގައި ވަނި ސައިވިއްކާ މީހާގެ އެންމެ އުފާވެރި ދުވަސް ހިއްސާކޮށްފައެވެ.

އެ މީހާއާ ހަވާލާދީ އެ ޕޯސްޓްގައި ލިޔެފައި ވަނީ "އެ ދުވަހު އަހަރެން ދަރިން އަހަންނާއި ދިމާލަށް ބަލާލީ އެ މީހުންގެ "ހީރޯ"އެއް ކަމަށް ހީކޮށް. އެއީ އަހަރެންެގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް".

އޭނާ ބުނީ، އޭނާ ސައިވިއްކައިގެން އެހެން ދުވަސް ދުވަހު މާބޮޑު ފައިދާ އެއް ނުވާކަމަށެވެ.ނަމަވެސް އެ ދުވަހު އޭނާ ސަައިވިއްކަން މަޑުކުރާ ސަރަހައްދުގައި ހުރި ހޮޓަލެއްގައި އޮތް ޕާޓީއަކަށްފަހު ގިނަ ބަޔަކު ސައިބޯން އައި ކަމަށެވެ. އަދި އެ ދުވަހު އެއް މަސް ދުވަހު އޭނާ މަސައްކަތްކޮށްގެން ލިބޭ ވަރަށް ފައިސާ ލިބުނުކަމަށް އޭނާ ބުންޏެވެ.

"އެ ދުވަހު އަހަރެން އަހަރެންގެ ދަރިންނާއި އަނބިމީހާ ގޮވައިގެން ދިޔައީ މެކްޑޮނަލްޑްއަށް. އެއީ ހަޔާތުގެ ފުރަތަމަ ފަހަރަށް. އެ މީހުންނަށް އެ ދުވަހު ދިނީ އެ މީހުން ބޭނުންވައްތަރު ބާގާއެއް. އޭގައި ކުޅޭ އެއްޗެއްވެސް އޮތް". އޭނާ ބުނެފައި ވެއެވެ.

އެ ޕޯސްޓް މީސް މީީޑިޔާގައި ދައުރުވާން ފެށުމުން އެތައް ބަޔަކު ވަނީ އެ ޝެއާކޮށްފައެވެ. އަދި އެތައް ބަޔަކު ވަނީ އެ މީހާއަކީ ހީރޯއެއްކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު