އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ފިރިހެނަކު ވީޑިއޯ ކޯލް މެދުވެރިކޮށް ކައިވެނި ކުރަން ދެކޮޅު ހެދި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އަންހެން މިހާގެ އާއިލާއިންނެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ކައިވެނި ކުރަން އުޅުނު އެ ދެ މީހުންގެ ކައިވެންޏަކީ އަންހެން މިހާގެ އާއިލާއިން "ފިކްސްޑް" ކޮށްފައި އޮތް ކައިވެންޏެކެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި ފަރްޒާނާ ނަމަކަށް ކިޔާ އެ އަންހެން މީހާ އާއި ކައިވެނި ކުރަން އުޅުނު އިރްޝާދު ހަސަންއަކަށް އާދެވޭ ގޮތް ވަނީ ނުވެފައެވެ.

ކޮވިޑް-19 އާ ހެދި އެ ގައުނު ފުރަބަންދުކޮށްފައި ވާތީ އޭނާ ހުރީ ޕަންޖާބްގައި މަޑު ކުރަން ޖެހިފައެވެ. އެ މީހުންގެ ކައިވެނި ކުރަން އޮތީ އޭޕްރިލް 19 ވަނަ ދުވަހުއެވެ.

ނަމަވެސް ފަރްޒާނާގެ އާއިލާއިން، އެ ކައިވެނި ސީދާ އެ ތާރީހަށް ކުރަން ބޭނުންވާތީ ވީޑިއޯ ކޯލް މެދިވެރިކޮށް އެކަން ކުރުމަށް އަންހެން މިހާގެ އާއިލާއިން ނިންމިއެވެ. ނަމަވެސް އިރްޝާދު ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އެހެންވެ އެ މައްސަލަ އަންހެން މީހާގެ އާއިލާއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މައްސަލަ ބަލަން ދެކޮޅު ހަދާފައެވެ. އެއީ އެކަމުގެ ގާނޫނީ ކަންކަން ފުލުހުންނަށް ނޭގޭތީ ކަަމަށް ބުނެއެވެ.

މިހާރު އެ މައްސަލަ ދެ އާއިލާ ވާހަަކަދައްކައިގެން ވަނީ ހައްލު ކޮށްފައެވެ.

ކޮވިޑް-19 އާ ހެދި ބައެއް ގައުމުތަކުގައި ވީޑިއޯ ކޯލް މެދުވެރިކޮށް ކައިވެނީގެ ކަންކަން ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އާދަން ފުޅު ބެ

  މި ކާވެއްޏަށް އަހަރެން މިހިރީ ތައްޔާރު ވެގެން

  3
  2
 2. ސޯސިއަލް ޑިސްޓެންސް

  ޢޮންލަަަަ އިންކޮން ކަ އިވެނިކުރުމުގެ މާނަ އެ އްނެތް ފުރަބަންދުކޮ އްފަ އޮ އްވަ ކަ އިވެނިކޮ އްގެންވެސް ދެމީހުންތިބެންޖެހޭނީ ދެތާ އަނެ އްކޮޅުން ޑރ. އެބުނަނީ ގަ އިދުރުކޮށް ތިބޭށޭ ފުރާނަ އަތަ އް ލަ އިގެން ތިބެ ކަ އިވެނި ކުރުމުގެ މާނަ އެއ އްނެތް.

  13
  • ޙ

   ތިޔާ ބުނީ ފިސާރި ތެދެއް