ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ރާއްޖޭގައި ހުރެގެން ބޭނި މަހެއްގެ މައްސަލަ ބޮޑުވެ، އޭނާއަށް އިންޑިއާގެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވާން ފަށައިފިއެވެ.

މިހާރު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ އުމުރުން 42 އަހަރުގެ ޝިލްޕާއަށް ފާޑުކިއުން އަމާޒުވެފައިވަނީ، އޭނާ މަސް ދަތުރެއްގައި ގޮސް މަހެއް ބާނައި އެމަންޒަރު ފެންނަ ވީޑިއޯއެއް، މީސްމީޑިއާ މަންސަ، އިންސްޓަގްރާމުން ޢާންމު ކުރުމާއި ގުޅިގެންނެވެ.

މި ވީޑިއޯ އެއްމިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، ވީޑިއޯއަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ ޝިލްޕާއަކީ ރަހުމެއް ހަމްދަރުދީއެއްނެތް މީހެއް ކަމަށެވެ. އޭނާ މަސް ބޭނުމަށްފަހު އެއަށް އަނިޔާވެރި ވެފައިވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ޝިލްޕާ ޢާންމުކުރި ވީޑިއޯގައި އޭނާ ބުނެފައިވަނީ، މަސް ބޭނުމަކީ ފަސޭހަ ކަމެއް ނޫންކަން އެނގިއްޖެ ކަމަށާއި އެއީ އޭނާއަށް ވާވަރުގެ ކަމެއް ނޫންކަމަށެވެ. އަދި އެ ރީތި މަސް ބުޅީގައި އެޅިނަމަވެސް، އެއީ ކެވޭ ކަހަލަ މަހަކަށް ނުވުމުން އަނބުރާ ކަނޑަށް ދޫކޮށްލީ ކަމަށް އޭނާ ބުންޏެވެ. ޝިލްޕާ ބުނެފައިވަނީ އެމީހުންގެ މަސް ދަތުރުގައި އެންމެ ރަނގަޅު މަހެއް ބާނާފައިވަނީ އޭނާގެ ފިރިހެން ދަރިފުޅުކަމަށެވެ.

https://www.instagram.com/p/BiHt2txhL45/?taken-by=theshilpashetty

ޝިލްޕާ މަސް ބޭނުމުން ރުޅި ގަދަވެފައި ތިބި މީހުން ބުނީ، އޭނާ އެ މަސް އަނބުރާ މޫދަށް ދޫކޮށްލިނަމަވެސް އޭތި މަރުނުވެ ސަލާމަތްވާނެ ކަމެއް އޭނާއަށް ނޭނގޭނެ ކަމަށެވެ. އަދި އޭނާއަކީ މަހުގެ ބާވަތްތައް ނުކާ ވެޖިޓޭރިއަންއަކަށް ވާހިނދު އެފަދަ ކަމެއް ކުރުމަކީ އޭނާގެ ރަހުމެއްނެތް މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މި މައްސަލަ ހޫނުވެ ޝިލްޕާއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވާން ފެށުމުން، އޭނާ ފަހުން ބުނެފައިވަނީ އޭނާއަކީ ވެޖިޓޭރިއަންއެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ބޭނި މަސް ދޫކޮށްލީ އެއީ ކެވޭ ކަހަލަ މަހަކަށް ނުވުމުން ކަމަށާއި، އެ މަސް ދޫކޮށްލިއިރު މަރުނުވާ ކަމަށެވެ.

މަހެއް ބޭނުމާއި ގުޅިގެން ޝިލްޕާއަށް ގިނަބައެއްގެ ނުރުހުންވުން އަމާޒުވަމުންދާއިރު، އޭނާއަކީ ސާކަސްތަކުގައި ޖަނަވާރުން ގެންގުޅުމާއި ދެކޮޅަށް 2006 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެއްގައި އިސްކޮށް ޙަރަކާތްތެރިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގޯދީ

    މަހެއްބޭނުމުން ރަތަށް ކުޑަކުދިން ރޭޕްކޮށް މެރިޔަސް އޯކޭ

  2. ރާއްޖެ މީހާ

    އިންޑިއާ މީހުން އަބަދުވެސް ކެކޭނީ މިކަހަލަ ކަންތަކުގަ... ރޭޕް ކުރުން ހުއްޓުވަން އެންމެން ނިކުންނަންވީ.. ލަދު ކުޑަ ބަޔެއް އުޅޭ ތަނެއް މަންމަ އެއް ދައްތަ އެއް ކޮއްކޮ އެއް ދެންމެ ވިހޭ ކުއްޖެއް ވަކިނުވާ ބަޔެއް

  3. ޙަމީދު

    ޢިންޑިޔާ މީހުންރުޅިއަންނަންވީ މަސްބާނައިގެންޯ މުޅިގައުމުގަ ދުވާލަކުއެތައްކުޑަކުދިންނެއް ފަޅަމުންދާއިރު މަރަމުންދާއިރު ނުވޭމާބޮޑުކަމަކައް

  4. ހުސޭނުބޭ

    ނަސީބެއްނު ކަނޑުގެރިއެއް ނުބޭނިކަން. އޭތި ބޭނިނަމަ ހހާދަ ފޯރިއެއް ހުންނާނެތާ!

  5. ޝިޓްޕާ

    މަހެއް ބޭނީމަ ދޯ މައްސލަޔަކަށް ފެނުނީ!! މީހުން ރޭޕްކޮށް މެރިޔަސް އޯކޭ؟؟؟

  6. ހެޔޮބަސް

    މަހެއްބާނައިގެން ރަހުމްކުޑަކަމުން ރުޅިއައުމަށްވުރެމާބޮޑުކަމެއް ކުޑައެއް،ބޮޑެއް،މުސްކުޅިއެއްނުބަލާ ރޭޕްކޮށްމަރާލުމަކީ މިކަމާރުޅިއައިސް މިކަންހުއްޓުވަން
    އުޅުންމާމުހިއްމު

  7. ވޭލްޝާރކް

    މަހެއް ބޭނީމަ އިންޑިޔާ މީހުނަށް ބޮޑުކަމަކަށްވީ.. ޅަދަރިން ރޭޕްކޮށް ކަތިލާ މަރާއިރު އެނުވޭ އަނިޔާއަކަށް.. އެއީ ބޮޑުކަމެއްވެސް ނޫން..

  8. މީހުންގެ މަސްނުކަމާ

    އިންޑިޔާ އިންކުރެޑިބަލް އިޑިއެޓުސް!!!

  9. ނުރަބޯ

    ބަލަގަ ކަޑުގައި ލައްވާފައިވާ މަހާ، ގެރިބަކަރި ފަދަ ތަކެތި އެއީ އިންސާނުން ކައިބޮއި ހެދުމަށް މާތްﷲ ހައްދަވާފައިވާ ތަކެއްޗޭ. އެތަކެތި ހިފައިގެން ކެއުމަކީ މައްސަލަ އެއްނޫނޭ....!!! އެހެން ނޫނަސް އިންޑިއާ މީހުންނަކީ އެ މީހުންގެ ހިތުގައި ރާއްޖެއާއި މެދު ޙަސަދަވެރިކަމެއް އޮންނަ ބައެކޭ. ވަކިން ޚާއްސަކޮށް ޣައްދާރު ޚާއިނު ކެރަފާ ނަޝީދުގެ ވެރިކަން ވެއްޓުނު ފަހުން މިގޮތް މާބޮޑެވެ.

  10. ޖޮއްބެ

    އިންޑިއާގެ މުންޑުބޭ މެން ޖޭވަނީ.

    • ޢެމްޑީޕީ މީހެއް
  11. މަ މިއު މަ

    ކުޅިވަރަށް ޖަނަވާރު ތަކަށް އަނިޔާ ކޮށް ހެދުމާއި މަސް ބޭނުމަކީ ވަރަށް ތަފާތު ދެ ކަންތައް. ނުކެވޭކަހަލަ މަހެއް ދޫ ކޮށް ލުމަކީ ރަހުމު ހުރި ކަމުގެ މިސާލެއް. އެހެން ނޫނަސް މަހަކާ އެޅި ރަތަށް މި އަރަނީ އިންސާނުންނަށް އެއްވެސް ރަހުމެށް ނުހުންނަ ބައެއް

  12. ޖާން

    އިންސާނުންރޭޕުކުރުން އޯކޭ މަސްރޭޕުކުރިނަމަ ކިހިނެއްވާނީ!