ކިޔެވުމަކީ އެކަމުގައި ހާސްކަމާއި ސްޓްރެސް އެކުލެވޭ އެއްޗެއްކަމަށް ދެބަސްވެވޭކަށް ނެތެވެ. ވަކީން ޚާއްޞަކޮށް މަތީ ތަޢުލީމަކީ، އެތަކެއް ހަރުފަތްތަކެއް ކަޑައްތުކޮށް، އެތަކެއް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަކަށްވުމުން، ސްޓްރެސްވުން އިތުރުވާނެއެވެ.

މިކަމަށް ރިއާޔަތްކޮށް، އެމެރިކާގެ ޔުނިވަރސިޓީ އަކުންވަނީ ޔުނިވަރސިޓީގެ ކެމްޕަސް ތެރޭގައި ކުދިން ސްޓްރެސް ވުމުން، ސްޓްރެސް ފިލުވާލުމަށް ރުއިމަށް ޚާއްޞަ ކޮޓަރިއެއް ތައްޔާރުކޮށްފައެވެ.

ޔުނިވަރސިޓީ އޮފް އުޓާ ގައި މިކަން ކޮށްފައިވާއިރު، ރުއިމަށް ޚާއްޞަ ކޮށްފައިވަނީ ކުޑަ ކުޑަ ކޮޓަރިއެއްކަމަށް "ނިއު ޔޯކް ޕޯސްޓް" އޮންލައިން ނޫހުން ބުނެފައިވެއެވެ. އަލަމާރިއެއް ވަރުގެ މި ކުޑަކުޑަ ކޮޓަރީގެ ބިމުގައި އެއްކޮށްވެސް ގޮދަނޑި ފަދަ މަޑު އެއްޗެއް ފަތުރާފައިވާއިރު އެތަނުގައި ގިނަ އަދަދަކަށް ޓެޑީ ބެއަރ ފަދަ ސްޓަފްޑް ކުޅޭ އެއްޗެހި ބަހައްޓާފައި ހުރެއެވެ.

މިކަމާ ގުޅިގެން އެޔުނިވަރސިޓީގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓުވެސް ބުނެފައިވަނީ މިއީ ދަރިވަރުންގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށް، ސްޓްރެސްތައް ފިލުވާލުމަށް ކޮށްފައިވާ ކަމެއް ކަމުގައެވެ.

މީސް މީޑިޔާގައި މި ކޮޓަރީގެ ފޮޓޯތައް އާއްމުވެފައިވާއިރު ބައެއް ފަރާތްތަކުން މިކަމަށް ފާޑުވެސް ކިޔާފައިވެއެވެ. އެގޮތުން، މިއީ ހަޤީޤީ ދިރިއުޅުމާ މީހުން ދުރަށް ގެންދާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީނޯ

    ސްޓްރެސް ފިލުވާލަން އެއްކަލަ ކަހަލައިގެ ބުދުކޮޅެއް ބަހައްޓާ، ދެން ފެންވެރޭނެ އިންތިޒާމުވެސް