ފުރަބަންދުގައި ތިބި އެތައް ފަންނާނުންނެކޭ އެއްފަދައިން ހޮލީވުޑްގެ ރިއަލިޓީ ތަރި ކައިލީ ޖެނާވެސް މި ދުވަސްކޮޅު ފެންނަނީ އޭނާ އާއްމުކޮށް ފެން ގޮތާއި ވަރަށް ތަފާތުކޮށެވެ.

މި ފުރަބަންދުގައި އެންމެ ގިނަ އަދާހަމަތައް (އަޕްޑޭޓްތައް) ހިއްސާކޮށް، ފޭނުންނާއި އެންމެ ބޮޑު ގާތްކަމެއް ބާއްވާ އެއް ފަންނާނަކަށް ހަމަގައިމުވެސް ކައިލީ ވާނެއެވެ.

ކައިލީ ވަނީ ފުރަބަންދާއި ގުޅިގެން ޕާޓިތަކަށް ދިއުމާއި ތައްޔާރުވެ، ރީތިވުން މަތިން ވަރަށް ހަނދާންވާކަންވެސް މީގެ ކުރިން ހާމަކޮށްފައެވެ.

ކައިލީ އަކީ އާއްމުކޮށް ވަރަށް ބޮަޑަށް މޭކަޕަށް އިސްކަން ދޭ މީހަކަށްވީ ނަމަވެސް، އެނާގެ ޓީމު މިހާރު ފުރަބަންދުގައި އޭނާ ދިރިއުޅޭ ތަނުގައި ނެތުމުން އޭނާ ދަނީ ބޭރަށް ނުކުންނަ އިރު އޭނާގެ އަސްލު އިސްތަށިގަނޑާއި އެކު، މޭކަޕް ނުކޮށް ނުކުންނަމުންނެވެ.

އާއްމުކޮށް ވިގް އަޅަން ލޯބި ކުރާ ކައިލީއަކީ "ވިގް ކުއީން"ގެ ނަމުން މަޝްހޫރު ފަރާތެކެވެ. އެއީ އޭނާ އެ ވިގް އަޅައިގެން ހުންނަ އިރުވެސް ފެންނަ ގޮތް ޗާލުކަމުންނެވެ.

އެންމެ ފަހުން ގޭގެ ބައެއް ޒަރޫރީ އެއްޗެހި ގަންނަން ދިޔައިރު މޭކަޕް ނުކޮށް ކައިލީ ނުކުތުމުން އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އޭނާ އާއްމުކޮށް ކޮށްފައި ހުންނަ ގޮތުން އަލި މުށި ކުލައެއްގައި ހަންގަނޑު ފެނުނު ނަމަވެސް، މޭކަޕް ނުކޮށް ހުންނަ އިރު އޭނާ އާދަޔާ ޚިލާފަށް ދޮނެވެ.

އަދި އާއްމުކޮށް ކައިލީގެ ސިގްނޭޗަރ ސިފައެއްގެ ގޮތުގައި ފެންނަ ބޮޑު ތުންފަތް ވެސް މޭކަޕާއި ނުލާއި ވަރަށް ތަފާތެވެ. އޭނާ ވަނީ މޭކަޕާއި ނުލާއި ބޭރަށް ގޮސް އޭނާގެ ގުދުރަތީ ރީތި ކަމާއި މެދު އޭނާ އަށް އަދިވެސް އިތުބާރު އޮތްކަން ދައްކާލަ ދީފައެވެ.

ކައިލީ އަކީ ދަ ކާޑޭޝިއަންސް ރިއަލިޓީ ޝޯއިން މަޝްހޫރުވި ފަންނާނެކެވެ. އޭނާ އަކީ މުޅި އެ އާއިލާގެ އެންމެ މުއްސަނދި މީހާއެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރުން ތެރޭގައި ހިމެނޭ އެކަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒާ

    ?????????

    13
  2. ހުސޭނުބޭ

    އެބުނާހެން............ ތިޔަށް މިހާރު ހީވަނީ ބާ ގޯނިގަނޑެއްހެން!

    17
    1
  3. ފަރޫ

    ނެޕީއެއް ޖަހައިގެންތަ!

    17
  4. ކިމް

    ޕްލާސްޓިކް ސާޖަރީކޮށް މީހާގެ ސިފަބަދަލުކޮށްފަހުރި މީހެއްގެ 'ގުދުރަތީ' ރީތިކަން؟

    15
  5. ޒަހީރާ

    ޢަނެއްކަ ހުރީ ވެސް ހުސް ފަޔާ. ފައިވާނެއް ވެސް ގަންނާށާ އެކީ ދޯ ދިޔައީ

    14