މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންނަށް ބަލާއިރު މިހާތަނަށް އެނގުނީ، މި ބަލީގައި އަންހެނުންނަށް ވުރެ ގިނައިން މަރުވަނީ ފިރިހެނުން ކަމެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަން އިން ވަނީ މިކަމާއި ގުޅޭ ގޮތުން ދިރާސާއެއްކޮށްފައެވެ. ސާރާ ހޯކްސް އަކީ އެތަނުގެ އެއް ކޯ ޑައިރެކްޓަރކަމަށް ވާއިރު، އޭނާ ވަނީ 25 އަހަރު އާއްމު ސިއްހަތުގެ ދާއިރާގައި މަސައްކަތްކޮށްފައެވެ.

" ފެށުނީއްސުރެން އެބަ ފެނޭ ކްލިކް ރިޕޯޓްތަކުން މި ބަލީގެ އަސަރު ބޮޑަށް ކުރަނީ ފިރިހެނުންނަށް. ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު. ތެދަށް ބުނާނަމަ،ސާސް އާއި މާސް ފަދަ ބަލިތަކަށް ބަލާއިރުވެސް ހަމަ މިހެންވޭ. ބަލީގެ އަސަރުކުރަނީ ފިރިހެނުންނަށް." ސާރާ ވިދާޅުވިއެވެ.

މިހާތަނަށް ކުރި ދިރާސާތަކަށް ބަލާއިރު ކޮވިޑް-19 ޖައްސާ، ކޮރޯނާ ވައިރަސް އާއި ހަނގުރާމަ ކުރުމުގެ ގާބިލްކަން އަންހެނުންގެ ކިބައިގައި ބޮޑުކަމަށް ދައްކާކަމަށް އޭނާ ގަބޫލުކުރެއެެވެ.

އޭނާ ބުނާގޮތުން މިހާތަނަށް ދިރާސާތަކުން ފެންނަން ހުރި ނަމްބަރުން އެނގޭ ގޮތުގައި އަންހެނުންގެ ގައިގައި ދިފާއީ ބާރު ފިރިހެނުންނާއި އަޅާ ބަލާއިރު ވަރަށް ބޮޑުކަމެވެ.

މި ބަލި ޖެހޭ އަންހެނުންގެ ކިބައިން އަލާމާތްތައް ފެންނަ ގޮތް މަދު އިރު، އެ ބަލީގައި މަރުވުމުގެ ފުރުސަތުވެސް އަންހެނުންނަށް ކުޑަކަމަށް އެ ދިރާސާތަކުން ދައްކައެވެ.

މިކަމުގެ އެއް ސަބަބަކީ ދުނިޔޭގައި ގިނަ އަދަދަކަށް ސިނގިރެޓް ބޯ މީހުންނާއި، ރާ ބާ މީހުންނަކީ ފިރިހެނުންކަމަށްވުން ކަމަށް ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން އެފަދަ މީހުންގެ ހިތާއި، މައިދާ ބަލިކަށިވެގެންދެއެވެ.

ސާރާ ބުނާގޮތުން އޭނާގެ ޔުނިވަރސިޓީގެ ދިރާސާއިން ދައްކާގޮތުން ފިރިހެނުންނަކީ އަތް ދޮވުން ފަދަ ބަލިން ރައްކާތެރިކޮށްދޭ ކަންކަމާއި ދުރު މީހުންނެވެ.

އެބޯލާ ފަދަ ބަލިތަކަށް ބަލާއިރުވެސް ބަލީ ޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުންނަކީ ވެސް ގިނައިން ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ހިސާބަށްވުރެ ބޮޑަށް ހިފިނުހުންނާތީ.......... އެހެން ދެން ކޮން ކަމެއް!

    15
  2. Anonymous

    ގެއިން ބޭރުގައި ގިނައިން މަސައްކަތު އުޅެނީ ފިރިހެނުންކަމަށްވާނަމަ ބަލި ޖެހުމުގެ ފުރުޞަތު ބޮޑީ ފިރިހެނުންނަށް އަންހެނުން ގިނައިން އުޅެނީ އޮފީސް ތަކުގައި އަދި ބޭރަށް ނިކުމެއް މީހުންނާއި ކުރިމަތިލާނ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ޖެހެނީ މަދު އަންހެނަކަށް.

    21
  3. ސާގަރު

    ތި ދެ ކަނަތައް ހެން ހީވަނީ

    14
  4. ދަރަނި ދަންތުރަ

    ގިނަ ކަންތަކާ ލައްވާލާނީ ފިރިހެނުންނާދޯ އެހެންނޫނީ ފިރިހެނަކަށް ވެސް ނުވޭވިއްޔާދޯ މަންޖެ މެނޭ...