މިހާރު މުޅި ދުނިޔެއިންވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން އެންމެންވެސް ގޭގައި ތިބުމަށް ދަނީ ނަސޭހަތްތެެރިވަމުންނެވެ. އަދި ގިނަ ގައުމުތައް މިހާރު ބަންދުކޮށްފައިވާއިރު، ވިޔަފާރިތަކަށްވެސް ބޮޑު ލޮޅުމެއް ވަނީ އައިސްފައެވެ.

މިއީ އެއްވެސް ބަޔަކު އުއްމީދު ކުރި ދުވަސްތަކެއް ކަަމަށް ނުވާއިރު، ކުރިން ރާވާފައި ހުރި މިހާރު ހާސިލްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ނަމަވެސް އާއިލާ ތެރޭގައި އުފާވެރިކަން ދެމެހެއްޓުމަށް، އާއިލާ ތެރޭގައި ކަންކަން ރާވާ ހިންގަމުންދެވިދާނެއެވެ. އެގޮތުން ފުރަބަންދުގައި ތިބެގެން އާއިލާ މީހުންގެ އުފަން ދުވަސްވެސް ފާހަގަކުރެވިދާނެއެވެ.

އެގޮތުން ފުރަބަންދުގައި އުފަން ދުވަސް ފާހަގަކުރަމުންދާ ކުދިންގެ ތެރޭގައި މައިރާ ބްލޫ ހިމެނެއެވެ. އޭނާއަކީ ވަރަށް ހާއްސަ ކުއްޖެކެވެ. ލޭގެ ކެންސަރާއި ހަނގުރާމަ ކުރަމުންދާ މައިއާގެ އުފަން ދުވަސް ފާހަގަކުރަން އޭނާގެ މަންމަ ބޭނުންވެގެން އޮންލައިން ޕާޓީއެއް މި ވަނީ ބާއްވާފައެވެ.

މާއިއާގެ އަށް ވަނަ އުފަން ދުވަސް ކުލަ ގަދަކޮށް ފާހަގަކުރީ ތަފާތު ގޮތަކަށެވެ.

ދަ އިންޑިޕެންޑެންޓުން ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ އަށް ކެންސަރު ޖެހުނު ކަން އެނގުނީ 2019 ވަނަ އަހަރު ޖެނުއަރީ މަސް ތެރޭގައެވެ. އެކަން އެނގުނީ، އިމިއުން ސިސްޓަމްގައި މައްސަލަތަކެއް ހުރިކަން އެނގިގެން ޑޮކްޓަރަށް ދެއްކުމުންނެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މައިއާ އޭނާގެ މަންމަ އާއި ދައްތަ ތިބީ މާރިޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެންގޭގައި އެކަހެރިވެގެންނެވެ. މައިއާ ކައިރީގައި ގެއިން ބޭރަށް ނުދިއުމަށް އެންގުމުން، އޭނާގެ މަންމަ ބޭނުންވީ އުފަން ދުވަސް ކުލަ ގަދަކޮށް އޮންލައިންކޮށް ކުރިއަށް ގެންދާށެވެ. އެ މަންމަ ބޭނުންވަނީ މައިއާވެސް ހަނދާނުން ފިލާ ނިދާނެ ވަރުގެ އުފަން ދުވަހުގެ ޕާޓީއެއް ބާއްވާށެވެ.

އެގޮތުން ވީޑިއޯ ކޮންފަރެންސް މެދިވެރިކޮށް ބޭއްވި އެ ޕާޓީގައި މެޖީޝަނަކުވެސް ބައިވެރިވިއެވެ. އަދި އޭނާގެ ރަހުމަތްތެރިންވެސް ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު