މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެށުނު މަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މުސްލިމުންނަށް ފޮނުވައިފިއެވެ.

މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި މަހުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް އަރިސްކުރާ ހިނދު، ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ދުޢާކުރާ ކަމަށެވެ. އަދި މި ބަރަކާތްތެރި މަހަކީ މުޖުތަމަޢަށް ހިތްހެޔޮކަމާއި ހަމަހަމަކަމާއި ގެނެސްދޭނެ މަހަކަށް ވެގެންދާނެ ކަމަށް ޢުންމީދުކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީގެ ޓްވީޓުގައި މިހާރު ދުނިޔެ ދެކެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމަށް އިޝާރާތްކޮށް އިތުރަށް ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ކާމިޔާބު ލިބުމަށާއި، ދުނިޔެ ރައްކާތެރި ތަނަކަށް ވެގެން ދިއުމަށް އެދޭ ކަމަށެވެ.

މުސްލިމުންގެ އެންމެ މާތް މައްސަރު ކަމަށްވާ ރޯދަ މަހުގެ ތަހުނިޔާ މޯދީ މިއަދު ފޮނުވާފައިވާއިރު، އިންޑިއާއަކީ މުސްލިމުންނަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. މޯދީ އިސްވެ ހުންނަވައިގެން އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީން މުސްލިމުންނަށް ދުއްތުރާ ކުރުމުގެ އެތައް ކަންކަމެއް ހިންގަމުން ދާއިރު، މުސްލިމުން އެޤައުމުން ބޭރުކޮށްލުމަކީ ވެސް ޕާޓީގެ އެޖެންޑާ އެކެވެ.

އެގޮތުން ދާދިފަހުން ޓީވީއަކަށް ދިން އިންޓަވިއުއެއްގައި މި ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ ބުނެފައި ވަނީ، މުސްލިމުން ދިރިއުޅޭ ކޮންމެ ތަނެއްގައި ވެސް ހަމަނުޖެހުން ހިނގާނެ ކަމަށާއި، އެހެން ދީންތަކުގެ މީހުންނަށް ލިބޭ ހައްޤެއް މުސްލިމުންނަށް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ފާހަގަކުރެވިފައި ވަނީ، އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ހަރަކާތްތަކަށް ހިންގުމަށް ހިތްވަރުދޭ އެކްޓިވިސްޓުން ގިނަ އަދަދަކަށް އުޅޭ ޕާޓީއެއްގެ ގޮތުގައެވެ. އެ ޕާޓީން މީގެ ކުރިން ވަނީ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާ، ކައުބަތުﷲ ގެފުޅު ހިފަން ވެސް ގޮވާލާފައެވެ.

މުސްލިމުންނާއި ދެކޮޅަށް އިންޑިއާގައި ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރާލާފައެވެ. އެޤައުމުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް ވެރިކަމުގައި ތިބި ބީޖޭޕީގެ ވެރިންގެ އޯޑަރަށް އެޤައުމުގައި ދާދިފަހުން ވެސް ވަނީ އަނިޔާވެރި އަމަލުތައް ހިންގާފައެވެ.

އިންޑިއާގެ ސަރުކާރުން މީގެ ކުރިން ވަނީ އެޤައުމުގައި އުޅޭ މުސްލިމުން ޤައުމުން ބޭރުކޮށް ފައްސާލުމުގެ ގޮތުން، އެމީހުންގެ ރަށްވެހިކަން ގެއްލޭ ބިލެއްވެސް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މުސްލިމް

  ކަލޭގެ ތިޔަ ތަހުނިޔާ އަހަރެމެން ބަލައެއްނުގަންނަން.

  78
  2
 2. ސަރުދާރު

  މާތްﷲ ފިޔަވައި، ކޮންފަރާތަކަށް ތޯ ގެރި މޯދީ ދުޢާ ތިކުރަނީ؟ ކަލޭގެ ގެރިކަލާނގެ މަދަދެއް ބޭނުމެއްނޫން!

  78
  1
 3. އަންނި

  މޯޑީ އަކީ ރަނގަޅު ބޭފުޅެއް . ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަހަރެމެންނަށް ވެރިކަންވެސް ހޯދައި ދިނީ އެ ބޭފުޅާ ހަހަހަހަ

  3
  69
 4. ހުސޭނުބޭ

  ޖައްލާދުކަލޭގެ އެތަކެއް ބައަކު ޤަތުލުކުރުމަށްފަހު ގަތުލުކުރެވުނު އާއިލާތަކަށް ތަހްނިޔާކިޔާފި!

  13
  1
 5. ހަރުކަށި ފިކުރު މިނިވަން ފިކުރު

  މުސްލިމުންނަށް ކުރާ ބޭއިންސާފާއި އަނިޔާ ހުއްޓާލާ.

  24
  1
 6. Anonymous

  މީނާގެ ޓްވިޓުންވެސް އެނގެނީ ޙައްޤުދީން އެނގެކަމޭ. ނަމަވެސް ތެދުމަގު ލިބޭނީ އެކަމަށް މަސައްކަތްކުރާ އަދި ﷲ ތެދުމަގު ދެއްކެވި މީހަކަށެވެ.

  20
  3
 7. Anonymous

  ކަލޭ ބޮޑު ޔަހޫދީ! ދުވަހަކުވެސް ކަލޭ ދޭ ރޯދަ ކީއްކުރަންތަ އެއްވެސް ތަހުނިޔާ އެއް އަހަރެމެން ބޭނުމެއް ނޫން!! ތީ މުސްލިމުން މަރާ ހުސްކުރަން ވައުދު ވެގެންހުރި ބޮޑު ޑްރެކިއުލާއެއް!!!

  23
  1
 8. ާއައްޑޫ މީހާ

  ތިޔަމީހާ އެބައުޅޭތަ ކޮބާ މޯދީ ކަލެއައް މިހާރު ހުންނާނީ ބާރުގަދަ އީ ކޮންފަރާތެއްކަން ރަނގަޅައް އެގިފަ ތިޔަ ތަހުނިޔާ ތިތަނުގައި ތިބި ގެރިތަކައް ފޮނުވާ ކަލޭ<

  19
  1