"ވޯލްޑްސް ޑާންސިން ޑޭ" އާއި ގުޅިގެން، ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރިތިކް ރޯޝަން، އޭނާގެ ކުޑައިރު މައިކަލް ޖެކްސަންގެ ލަވައަކަށް ނަށާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާންމު ކޮށްފިއެވެ.

އުމުރުން 42 އަހަރުގެ ރިތިކް އާންމުންގެ ތެރޭގައި ބޮޑަށް މަޝްހޫރުވެފައިވަނީ އެކްޓުކުރުމަށް ވުރެ ކުޅަދާނަ ނެށުންތެރިއެއްގެ ގޮތުގައެވެ.

ޓުވިޓާ މެދުވެރިކޮށް ފޮޓޯއަކާއިއެކު ރިތިކް އާންމު ކުރި މި ޕޯސްޓުގައި އޭނާ ބުނެފައިވަނީ އޭރު އޭނާގެ އުމުރުން އަށް އަހަރުކަމަށާއި އެދުވަހު ނަށަމުންދިޔައިރު މަންމަ އާއި ބައްޕައަށް "ޖެކްސަން" އަކީ އޭނާ ކަމުގައެވެ. އަދި މަންމަ އާއި ބައްޕަގެ ހިތްވަރު އޭނާއަށް ލިބުނު ކަމަށްވެސް އެނާ ވަނީ ބުނެފައެވެ.

 

ހުދާއި ކަޅުގެ މި ފޮޓޯއިން ފެންނަ ގޮތުގައި ހުދު ގަމީހެއްގައި ހުރި ރިތިކް ނަށަމުން ދިޔައިރު، އޭނާގެ ވަށައިގެން ތިބި އެންމެންވެސް ވަރަށް އުފާވެފައި ތިބި މަންޒަރު އެމީހުންގެ މޫނުމަތިން ފެނެއެވެ. އަދި ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ މަންމަ ޕިންކީ ރޯޝަނާއި ބައްޕަ ރަކޭޝް ރޯޝަން އަތްތިލަ ބަޑި ޖަހާ މަންޒަރުވެސް ފެނެއެވެ.

ރިތިކް ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ ޑައިރެކްޓަރު ވިކަސްގެ ބޮލީވުޑް ފިލްމު "ސްޕާރ 30" އިންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ހިސާބު އިލްމުވެރިއެއްގެ ރޯލުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ ކްރޭޒީ ކަންގަނޭ ތަމެންނަށް ފެނޭތޭ ފެނެދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..