ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލެއްގެ އެނދުމަތީގައި އޮތް އުމުރުން އެންމެ ހަ މަހުގެ ކުއްޖެއްގެ ފޮޓޯ އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. މިއަދު އެ ކުއްޖާ މި ވަނީ ކޮވިޑް-19 އިން ސަލާމަތްވެފައެވެ.

އުމުރުން އެންމެ ހަ މަހުގެ އެރިން ބޭޓްސް ހައި ޑިޕެންޑެންސީ ޔުނިޓްގައި އޮތްއިރު ނަގާފައިވާ އެ ފޮޓޯތަކުން ފެންނަނީ އޮކްސިޖެން މެޝިނަކާއި، ޓިއުބްސްތަކާއި، އަދި އިކިއުޕްމެންޓްސްތަކާއެކު އޮތް ތަނެވެ.

އެރިން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނުއިރު، އޭނާ ދިޔައީ ހިތުގެ މައްސަލައަކާއި އިތުރު ބައެއް ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުންނެވެ. އެއީ އޮޕަރޭޝަން ކުރުމުން ނޫނީ ފަރުވާ ނުލިބޭނެ މައްސަލަތަކެވެ.

ލިވާޕޫލްގެ އަލްޑާ ހޭ ޗިލްޑްރަން ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ އެރިން ބަލިން ރަނގަޅުވިކަން އާއިލާއަށް ހާމަ ކުރުމާއި ގުޅިގެން އާއިލާއިން އުފާ ފާޅުވެސް ކުރިއެވެ. އަދި އެކަން މީސް މީޑިއާގެ ސަމާލުކަމަށްވެސް ގެނައެެވެ.

ދުނިޔޭގެ މަޝްހޫރު މީޑިއާތަކަށް މައުލޫމާތުދެމުން އެރިންގެ ބައްޕަ ބުނީ، އެރިން ކޮވިޑް-19 އިން ސަލާމަތްވިއިރު، ބޮޑެތި ސިއްހީ މައްސަލަތަައް ހުންނަ މީހުންވެސް މި ބަލިން ރަނގަޅުވެދާނެ ކަމަށެވެ.

"ތުއްތު ތުއްތު އެރިން ހިނިތުންވާންވެސް ފަށައިފި، އަދި އަމިިއްލައަށް ވާހަކަވެސް ދައްކާ"

އެރިން ވިހެއި އިރު ހުރީ ދެ ކިލޯއެވެ. އެރިންއަށް ދިމާވެފައިވަ ސިއްހީ އެެހެން މައްސަލަތަކުގެ ސަބަބުން އަދިވެސް އެ ކުއްޖާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެރިންގެ ވާަހަކަ މީސް މީޑިއާގެ ސަމާލުކަމަށް ގެނައުމުން އޭނާގެ އާއިލާއަަށް ދަނީ ގިނަބައެއްގެ ސަޕޯޓް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ?

    މާޝާﷲ

    14
  2. ައަހުމަދު

    ﷲ އަކުބަރު ، ﷲ ސޫބުހާނަހޫ ވަތައަލާގެ ކުޅަތުން ވަންތަކަން ، ކޮންމެކަމަކަށްވެސް އެކަލާނގެ ކުޅަދުނަވަންތަ.