އަތާއި ކަރުގައި އުފެދިފައިވާ ޓިއުމަރެއްގެ ސަބަބުން ގެއިން ބޭރަށް ނިކުންނަށްވެސް މި މީހައަށް ވަނީ އުނދަގޫވެފައި އެވެ.

42 އަހަރުގެ ޕަލަސަމީ ނަމަކަށް ކިޔާ މި މީހާގެ ހަށިގަނޑުގައި ޓިއުމަރު އުފެދެމުންދާތާ މިހާރު 30 އަހަރުވެދާނެ ކަމަށް އޭނާ ބުންޏެވެ.

18.4 ކިލޯ ގެ ޓިއުމަރެއް އަތާއި ކަރުގައި އުފެދިގައިވަނީ ބަލި ހާލަތެއްގެ ސަބަބުން ކަމަށާއި މި ޓިއުމަރ އޮޕަރޭޝަން ކުރުމަށް އިންޑިޔާގެ ހޮސްޕިޓަލުތަކުންވެސް ވަނީ ފަސްޖެހިފައި ކަމަށް އިންޑިއާ އަށް ނިސްބަތްވާ އޭނާ ބުންޏެވެ. އެއީ ޓިއުމަރ ނެގުމުން ހާލުގޯސްވެ މަރުވުންވެސް އެކަށީގެންވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައި އެވެ.

އުމުރުން 12 އަހަރުގައި ޓިއުމަރ އުފެދެން ފެށިއިރު، މިހާރު 1 ޓިއުމަރ ކަރުގައި އަދި 4 ޓިއުމަރ އަތުގައި ވަނީ އުފެދިފައި އެވެ. އޭގެ އިތުރުން 5 ވަރަށް ކުޑަ ޓިއުމަރ އެއް ގައިގެ އެކި ތަންތަނުގައި ދަނީ އުފެދެމުންނެވެ.

އިންޑިޔާގެ ސަހަރެއް ކަމަށްވާ ޕޮޑަރަންކަޑުގައި އުޅެމުންދާ ޕަލަނިސަމީގެ ފަގީރުކަމުގެ ސަބަބުން ކުޑައިރުވަނީ މިކަމަށް ފަރުވާ ނުކުރެވިފައި އެވެ.

އެގޮތުން މިހާރު އެކަމުގެ ސަބަބުން ގެއިން ބޭރަން ދިޔުމަށް އުނދަގޫވެ އަބަދު އޮންނަން ޖެހިފައި ވަނީ ގޭގައި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާﷲ ޝިފާ ދެއްވަވާށި އަދި ދެ ދުނިޔެ ބާއްޖަވެރި ކޮށްދެއްވަވާށި އާމީން