ފޮޓޯ އިން ތިޔަ ފެންނަނީ އާދައިގެ ޕްލާސްޓިކް މައުސްއެއް ނޫނެވެ. އެއީ ވަރަށް ހުނަރުވެރި ވަޑިއަކު ލަކުޑިން ހަދާފައިވާ ވަޔާލެސް ކޮމްޕިއުޓާ މައުސްއެކެވެ.

ޓިމްބާ ލަކުޑި ގަނޑެއްގައި ކޮމްޕިއުޓާ މައުސް އިންނަ ބައްޓަމަށް ކަޑައި ނަގައިގެން މި މައުސް ހަދާފައި ވަނީ އޭލެކްސް ހަރިސް ނަމަކަށް ކިޔާ ބޭރު ގައުމަކަށް ނިސްބަތްވާ ވަރަށް ޒުވާން ވަޑިއެއްކަން ފާހަގަ ކޮއްލެވެއެވެ.

މި މައުސް ހެދުމައްޓަކާ އޭލެކްސް އެތައް ގަޑިއިރެއް ވަންދެން މަސައްކަތް ކޮއްފައި ވާއިރު، އޭލެކްސް އަށް އެންމެ އުނދަގޫ ކަމަކަށް ވީ މައުސްގެ އެތެރެއަށް ލާން ޖެހޭ މެކޭނިކަލް އެއްޗެހި ލުން ކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭލެކްސް އަކީ މެކޭނިކަލް ދާއިރާއިން ނުވަތަ ކޮމްޕިއުޓާ ދާއިރާ އަކުން ޙާއްސަ ތަމްރީންތަކެއް ލިބިގަތްފައިވާ މީހެއް ނޫނެވެ.

ކޮންމެއަކަސް، ބުރަ މަސައްކަތާއި އެކު އޭލެކްސް ހެދި މި މައުސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވާއިރު، މި ސަމާލުކަމުން އެހެން ބައެއް މީހުންވެސް ވަނީ މިފަދަ މައުސްތައް ފުޅާ ދާއިރާ އެއްގައި ހަދަން ފަށާފައެވެ.

ޒަމާނީ ފެންވަރަށް ނުހަނު ރީތިކަމާއިއެކު ހަދާފައިވާ މި މައުސް މިހާރު ދުނިޔޭގެ އެކިކަންކޮޅު ތަކުގެ ބާޒާރުތަކުގައި ލިބެން އެބަ ހުއްޓެވެ. އޭގެ އިތުރުން އެމެޒޯން އާއި އީ-ބޭ ފަދަ މަޝްހޫރު އޮންލައިން ސްޓޯރު ތަކުންވެސް މި މައުސް ވަރަށް ރަނގަޅު އަގުތަކުގައި ލިބެން ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.