ނޯޓް: މިއީ "ލިޔުންތެރިންގެ ގުޅުން" ވެބްސައިޓްގައި ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

މި އެޕްރީލް މަހުގެ 15 ވަނަ ދުވަހު އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރި ބޭފުޅަކު އަޅުގަނޑަށް ފޯނުކުރެއްވިއެވެ. އޭނާ ގުޅުއްވި ވަގުތު ކަންދިމާވިގޮތުން އަޅުގަނޑަށް ފޯނު ނެގޭގޮތެއް ނުވިއެވެ. އެ ބޭފުޅަކީ މެދުރާއްޖެރޭ ރަށެއްގެ ބޭފުޅެކެވެ. 1970ގެ އަހަރުތަކުން ފެށިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ މާލޭގައެވެ.

ތިން ހަތަރު ދުވަސްފަހުން އަޅުގަނޑު އޭނާއަށް ގުޅައިލީމެވެ. ވިދާޅުވިއެވެ. [ތިމަންނަ ފާރޫޤަށް ގުޅައިލެއްވީ ވަރަށް މުހިއްމު ވާހަކައެއް ފާރޫޤު ގާތުގައި ވިދާޅުވެލައްވަން ވެގެންނެވެ.]

އަޅުގަނޑު ދެންނެވީމެވެ. [ތިބާ ގުޅުއްވިހިނދު ފޯނު ނުނެގުނުކަމާމެދުގައި، އަދި ގުޅައިވެސްނުލެވި ތިން ހަތަރުދުވަސް ފާއިތުވިކަމަށްޓަކައި މާފުއެދެމެވެ.]

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވަރަށް ހިތްޕުޅުހެޔޮކަމާއެކު ވިދާޅުވިއެވެ. [މިކަހަލަ ދުވަސްވަރެއްގައި އެހެންވެސް ވެދާނެތާއެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ.] ވަރަށް ބޮޑަށް އުފާކޮށް ޝުކުރު ދަންނަވަމެވެ. ފަށްފަށުން ޝުކުރިއްޔާއެވެ!!

އަޅުގަނޑު ދެންނެވީމެވެ. [ތިބާ ވިދާޅުވަން ބޭނުންފުޅުވެގެން އުޅުއްވި ވާހަކައަކީ ކޮބައިތޯއެވެ؟]

ރަޙުމަތްތެރިޔާ ވިދާޅުވިއެވެ. [އެއީ ތަންކޮޅެއް ދިގު ވާހަކައެކެވެ. މިހާރު ވަގުތު ކިހިނެއްހެއްޔެވެ؟]

އަޅުގަނޑު ދެންނެވީމެވެ. [މިވަގުތު ރަނގަޅެވެ! ވިދާޅުވާށެވެ!]

ކޮންމެއަކަސް އޭނާ ވިދާޅުވެދެއްވި ވާހަކައަކީ، މިއަދު ދުނިޔެއަށް މެދުވެރިވެފައިމިވާ ޢާއްމު މުސީބާތެއްކަމަށްވެފައިވާ ކޮވިޑް 19ގެ ނުރައްކާތެރި ޙާލަތާމެދު ވިސްނައިލައި ފިކުރުކޮށްލައިފި ކޮންމެ މީހަކުވެސް ބިރުވެތިވެ ޖެހިލުންވާންޖެހޭފަދަ ވާހަކަތަކެކެވެ. ވިދާޅުވެލައްވާށެވެ!

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވިދާޅުވިއެވެ. [ކުރިންވެސް ގުޅައިލެއްވީ، ތިމަންގެ ކޮއްކޮއަކަށް ފެނުނު ވަރަށް އާދަޔާޚިލާފު ހުވަފެނެއްގެ ވާހަކަ ފާރޫޤު ގާތުގައި ވިދާޅުވެލައްވަން ވެގެންނެވެ.

ބައެއްމީހުން ހުވަފެނަކީ ބިލާހެކޭ ބުނެއުޅޭ ނޫންހެއްޔެވެ؟ އެކަމަކު ތިމަންނައަށް ކުރެވިފައިވާ އަމިއްލަ ތަޖުރިބާގައި ވެސް، ކޮންމެ ހުވަފެނަކީ ބިލާހެއްނޫނެވެ.]

އަޅުގަނޑު ދެންނެވީމެވެ. [ތެދުފުޅެކެވެ. ކޮންމެ ހުވަފެނަކީ ބިލާހެއް ނޫނެވެ. ބައެއް ހުވަފެނަކީ، އެ ފެނުނުގޮތަކަށް ޢާއްމު ދިރިއުޅުމުގައި ކަންތައް މެދުވެރިވާ ކަމެކެވެ.]

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވިދާޅުވިއެވެ.

[ޗައިނާގައި ފެށިގެން މިހާރު މުޅި ދުނިޔެއަށް ފެތުރިފައި މިވާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސްގެ ކަންތައްގަނޑު ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ތިމަންގެ ކޮއްކޮއަކަށް ފެނުނު ހުވަފެނެކެވެ. އޭރު ޗައިނާވެސް ފުރަބަންދެއް ނުކުރެއެވެ.

ކޮއްކޮ ބުނިގޮތުގައި އޭނާއަށް ފެންނަނީ، ތެލިތައްދޮންނަން ރަށުގެ އަތިރިމައްޗަށް ގޮސްގެން އުޅޭތީއެވެ. އޭނާ ބުނިގޮތުގައި ތެލިދޮންނަން އޮވެފައި ބަލައިލިއިރު، ރަށުގެ އިރުމަތީ ފަރާތުން އުޑުމަތީގައި ރީތިކޮށް ކިޔަންއެނގޭހެން ވަރަށްރީތި އަކުރަކުން ކީރިތި ޤުރްއާނުގެ އާޔަތްތަކެއް ލިޔެވިފައި ހުއްޓަތީ ފެނުނެވެ.

ކުޑަ އިރުކޮޅަކުން ފެންނަނީ، އެ ހުރިހާ ލިޔުންތައް އެކުވެ، އެއްވެފައިވާތީއެވެ.

އޭރު އެއްގަމުގައިތިބި ދެ ބަޔަކު އޭގެ އެއްބަޔަކު އަނެއްބަޔަކާ ވަރަށްގަދައަށް ޒުވާބުކުރަމުން ގެންދެއެވެ. އެއްބަޔަކު ބުނަނީ، ޤުރްއާނަކީ اللَّهُ ބާވައިލެއްވި ފޮތެއްކަމަށާއި، އެއީ މަތިވެރި އިލާހީ މުޢުޖިޒާއެއް ކަމަށެވެ. އަދި އެބައިމީހުން ޤުރްއާނާ އެއްކޮޅަށް ވާހަކަދައްކަމުން ގެންދެއެވެ.

އަނެއްބަޔަކު ޤުރްއާނާ އިދިކޮޅަށް ވާހަކަދައްކައި، ޒުވާބުކުރަމުން ގެންދާތީ ހުވަފެނުގައި ފެނުނުކަމަށް ތިމަންގެ ކޮއްކޮ ބުންޏެވެ.

އިރުކޮޅަކުން ފެންނަނީ، މުޅި ޖައްވު ބޮޑު ދުންގަނޑަކަށް ވެގެން ދިޔަތަނެވެ. އޭރުވެސް އެ ދެ ބައިމީހުން އަރާރުންވެ ޒުވާބުކުރުމުގައި ދެމިތިއްބެވެ.]

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވިދާޅުވިއެވެ. [ތިމަންގެ ކޮއްކޮ ބުނިގޮތުގައި، ދެން އަންނަނީ ވަރަށް ގަދަ އަޑެކެވެ. ބުނާއަޑުއިވުނީ، ތިޔަބައިމީހުންނަށް ތިމަން اللَّهُ ތިޔަކަން ދައްކަވާނަމެވެ!! ތިޔަބައިމީހުންނަށް ޢުޤޫބާތް ދެއްވާނަމެވެ!! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ޢަޛާބުދެއްވާނަމެވެ!!

ކޮއްކޮ ބުނިގޮތުގައި އެއަޑު އިވުނީ، ތިމަންނައަށް އެކަނި ނޫންކަމަށާއި، މުޅި ދުނިޔޭގެ އެންމެންނަށްވެސް އެ އަޑު އިވުނުކަމަށް ހުވަފެނުން ފެނުނެވެ.]

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވިދާޅުވިއެވެ. [ތިމަންގެ ކޮއްކޮ ބުންޏެވެ. ތިމަންނާއަށް ފެންނަނީ އެ ކަމާ ބިރުންހުރެ އަވަހަށް ގެޔަށް އައީތީއެވެ. ލޮނުން ތެމިފައިހުރީތީ، ގިފިއްޔަށްވަދެ ފެންވަރަށް ހުއްޓައި ފެންނަނީ، ވަރަށް ވަރުގަދަ ކޮޅިގަނޑެއް ނެގިގެން އައިސް މަތިން އަލިފާން ފައިބާތީއެވެ!! ދެން ބިރުންހުރެ އަވަހަށް ދުވެފައި އައިސް ގޭތެރެއަށްވަނީތީ ހުވަފެނުގައި ފެނުނެވެ.]

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވިދާޅުވިއެވެ. [ތިމަންގެ ކޮއްކު ބުނިގޮތުގައި ޖެހިގެން އައިރޭ ވެސް ހުވަފެނެއް ފެނުނެވެ. ފެންނަނީ، ރަށުގެ އިރުމަތީފަރާތުން ވަރުގަދަ ކޮޅިގަނޑެއް އުފުއްލިގެން އަންނާތީއެވެ!! ދެން ފެންނަނީ އެ ކޮޅިގަނޑުން ވަރުގަދަ ނަގޫރޯޅިތަކެއް ފައިބާތީއެވެ!!

ހުވަފެނުގައި ފެންނަނީ އެ ނަގޫރޯޅިތައް ފައިބަނީ ރާއްޖެއަށް އެކަނި ނޫންކަމަށެވެ. ދުނިޔޭގެ އެއް ޤައުމަށްފަހު އަނެއްޤައުމަށް އެ ނަގޫރޯޅިތައް ފައިބާ، ތަންތަން ސުންނާފަތިކުރަމުން ހަލާކުކުރަމުން ދާތީ ހުވަފެނުން ފެނުނުކަމަށް ބުންޏެވެ.

ޖެހިގެންއައި ތިންވަނަ ރޭވެސް ހަމަ ކުރީރޭ ފެނުނުގޮތަށް ރަށުގެ އިރުމަތީ ފަރާތުން ވަރުގަދަ ކޮޅިގަނޑެއް ނެގިގެން އައިސް ދުނިޔޭގެ ހުރިހާރަށަކަށް ނަގޫރޯޅިތައް ފައިބަމުން ޤައުމުތައް ސުންނާފަތިކުރަމުންދާތީ ފެނުނުކަމަށް ތިމަންގެ ގާތުގައި ކޮއްކޮ ބުނެފައިވެއެވެ!!]

އަޅުގަނޑު ދެންނެވީމެވެ. [ތިޔައީ އެއްވެސް ދޮގެއްނެތި، ތިޔައަޚާގެ ކޮއްކޮއަށް ފެނުނުފެނުމާ އެއްގޮތަށް ބުނެފައިވާ ވާހަކަތަކެއްނަމަ، ދެން އިތުރަށް ދަންނަވާނީވެސް ކީކޭތޯއެވެ. ތިޔަ ފެނުނު ހުވަފެނާ އެއްގޮތަށް މިއޮތީ ކަންތައްވެ ނިމިފައިތާއެވެ!! ތެދު ހުވަފެން މީހުންނަށް ފެންނަކަމަށް ދީނުގެ މަޞްދަރުތަކުން ޔަޤީންވެއެވެ.]

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވިދާޅުވިއެވެ. [އޭނާއަކީ ދޮގުހަދައިއުޅޭ މީހެއްނޫނެވެ. ތިމަންވެސް ހިމެނޭގޮތުން ތިމަންގެ ޢާއިލާގެ އެންމެންނަކީ ފަސްވަގުތު ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން، ދީނުގައި ނަހީކުރައްވާފައިވާ ކަންކަމުން އެއްކިބާވެގެން އުޅެވޭތޯ ގަދައަޅައި މަސައްކަތްކުރާ ބަޔަކީމުއެވެ. މި ބުނެވުނު ހުވަފެން ނޫނަސް ވަރަށް އާދަޔާޚިލާފު ދެތިން ހުވަފެނެއް ތިމަންނާއަށާއި، ތިމަންގެ ކޮއްކޮއަށް ފެނިފައިވެއެވެ.]

މިހެން ވިދާޅުވެ، އެ ދެ ހުވަފެނުގެ ވާހަކަވެސް ވިދާޅުވެދެއްވިއެވެ. އެއީވެސް މީހަކު ޙައިރާންވެ އަންތަރީސްވާފަދަ ދެ ކަމެއްގެ ވާހަކައެވެ. އޭގެތެރެއިން އެއް ވާހަކައަކީ 1979 ވަނައަހަރު އަޅުގަނޑުގެ ރަޙުމަތްތެރިޔާއަށް ފެނިވަޑައިގެން ހުވަފެނެއްގެ ވާހަކައެކެވެ. އެ ހުވަފެން ގުޅިފައިވަނީ ޙައްޖުގެ އަޅުކަމާއެވެ. ޢާއިލާގެ އެއްވެސް މީހެއްގެއަތުގައި ޙައްޖަށްދާނެހާ ފައިސާ ނެތީސް، 2.5 ހަންދަރުގެ މާވަހަރެއް ލިބިގެން އެ އަހަރު ޢާއިލާގެ 7 މީހުން ޙައްޖަށް ދިޔަކަމަށް ވިދާޅުވިއެވެ.

އަނެއް ހުވަފެނަކީ، 1999 ވަނައަހަރު އޭނާގެ ކޮއްކޮއަށް ފެނިވަޑައިގެން ހުވަފެނެކެވެ. ޙައިރާންވާފަދަ ގޮތަކަށް ފެނުނު ހުވަފެނަކާ ގުޅިގެން ކުރެވުނު އެޕެންޑިކްސް އޮޕަރޭޝަނެއްގެ ސަބަބުން، ކޮއްކޮގެ ފުރާނަ ސަލާމަތްވި ވާހަކަ ވިދާޅުވިއެވެ.

އެ ވާހަކަތައް އަޑުއެހުމަށްފަހު، اللَّهُ ގެ ކަށަކުޅަދުންވަންތަކަން ހިތަށްއަރައި، ގައިން ހީބިހިނަގައިގެންގޮސް، އަޅުގަނޑު ހަމަ ރަނގަޅަށްވެސް ޙައިރާންވެ އަންތަރީސްވިއެވެ.

ޝައްކެއްނެތެވެ. ހުވަފެނެއް ފެނުނުކަމަށްބުނެ ދޮގެއްހެދުމަކީ ވަރަށްބޮޑު ފާފައެކެވެ. މާތްނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅަކުން އެކަން އެނގެންއޮވެއެވެ.

އަލްއިމާމުލްބުޚާރީ (ރަޙިމަހު اللَّهُ) އެ ކަލޭގެފާނުގެ ޞަޙީޙުގައި ހުވަފެނުގެ ތަޢުބީރު ބަޔާންކުރައްވާ ފޮތުގައި، [އެ މީހެއްގެ ހުވަފެނުގައި ދޮގުހަދާ މީހާ] ، މި ބާބުގައި ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : {إِنَّ مِنْ أَفْرَى الفِرَى أَنْ يُرِيَ عَيْنَيْهِ مَا لَمْ تَرَ.} (1) މާނައީ: [ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އެ މީހެއްގެ ލޮލަށް ނުފެންނަ އެއްޗެއް ލޮލަށް ފެނުނުކަމަށް ބުނުމަކީ، (އެބަހީ: ނުފެންނަ ކަންތައްތަކެއް ހުވަފެނުގައި ފެނުނުކަމަށް ބުނާ ބުނުމަކީ) އެންމެ ބޮޑެތި ދޮގުގެތެރެއިންވާ ކަމެކެވެ.}

اللَّهُ ތަޢާލާ މީހަކަށް އެއްޗެއް ދެއްވަން އިރާދަކުރައްވައިފިނަމަ، އެ ކަން މަނާކުރެވޭނެ މީހަކު ނުވާނެއެވެ. އަދި އެކަލާނގެ އެއްވެސް މީހަކަށް ހުވަފެނެއް ދެއްކެވުމަށް އިރާދަކުރައްވައިފި ހިނދެއްގައި، އެ އެއްޗެއް ދައްކަވައެވެ. އަޅުގަނޑު އަމިއްލައަށް ވެސް އެ ތަޖުރިބާ ކުރެވިފައިވެއެވެ.

މި ލިޔުމުގެ ސުރުޚީގެ މަތީގައި އެވާ އާޔަތް އެކުލެވޭ ފޮޓޯއެއް އަޅުގަނޑު އިޚްތިޔާރުކޮށްފައި އެވަނީ، އެ އާޔަތުގެ މާނައާއި، މި ބޭފުޅަކަށް ފެނިވަޑައިގެންކަމަށް ވިދާޅުވެފައިވާ ހުވަފެނާއި، މިހާރު ހިނގަމުން މިދާ ކަންތައްތަކާ ދެމެދުގައިވާ ގުޅުން ބޮޑުކަމާ ހުރެއެވެ.

އެ އާޔަތާއި، އާޔަތުގެ މާނަ ތިރީގައި އެވަނީއެވެ. {سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ} (2) މާނައީ: {އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ ނަފުސުތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ ޙައްޤުތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟}

اللَّهُ ތަޢާލާ އަޅަމެންގެ ޢަމަލުތައް އިޞްލާޙުކުރުމުގެ ތައުފީޤުދެއްވާށިއެވެ. އަޅަމެންނީ، ބަހާއި ޢަމަލުގައި ތެދުވެރި ބަޔަކުކަމުގައި ލައްވާށިއެވެ. އަޅަމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރު ކުރައްވާށިއެވެ. މިހާރު މެދުވެރިވެފައިމިވާ ނުރައްކާތެރި ކާރިސާއިން އެންމެހައި މީސްތަކުން ސަލާމަތް ކުރައްވާށިއެވެ. اللَّهُ ގެ ދީން މަތިވެރިކުރައްވާށިއެވެ. އާމީން!!

_____________________

ޙަވާލާތައް

(1) الْبُخَارِيُّ، كِتَابُ التَّعْبِيرِ، بَابُ مَنْ كَذَبَ فِي حُلُمِهِ، رقم الحديث: 7043 (9/43)

(2) (سُورَةُ فُصِّلَت: 53)

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ތޫނުފިލި

    އެއްވެސް ބޭފުޅަކު ހަނދާން އެބަހުރިތޯ ޗައިނާ މީހުން ކީރިތި ގުރްއާނައް ބަދަލު ގެންނަން ނިންމި ނިންމުން؟ އެމީހުން އެހެން އިއުލާން ކުރިތާ މާގިނަދުހއްނުވެ ކޮރޯނާ ފެތުރެންފެށިއިރު الله أكبر ?

    254
    4
  2. ހުސޭނުބޭ

    ސުބުޙާނަﷲ! ދެންވެސް ކީރިތި ޤުރުއާނަށާއި އިސްލާމްދީނަށް ހަޖޫޖެހުން ހުއްޓާލަން ނުވޭތަ! އެެހންނޫނީ މި އާފާތުން ސަލާމަތެއްނުވާނެ!

    202
    4
  3. މާމިގިލީ މީހާ

    ހަމަ ހުސް ފޭކު ތީ. ހިންދީ ޑުރާމާބަލާތީ ފެންނަ އެއްޗެއްތީ. ހުވަފެނުން ޑުރާމާ ކުޅޭ މީހެއްތީ.

    9
    268
    • ފޭކު ފޭކު !

      މާމިގިލީ މީހާ ކަމަށް ބުނާ މީހާގެ 2 ލޯވެސް ފޭކު ދޯ!

      57
      1
      • މާލޭ މީހާ

        އޭނަ ބުނިއެއްޗަކަށް އޭނާގެ ލޮލަށް ތިގޮވީ ކަލޭގެ އަނގަވެސް ފޭކީ ދޯ؟

    • މާމިގިލީ މީހެއްވެސް މަވެސް މީ

      ދޮގު ހަދަނީ ކާކުތެ ފަހެ؟ ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލަ ހެޔޮ ވިސްނުން ދެއްވާށި

      82
      3
  4. އަލިބެއްޔާ

    ހުވަފެން މީހުނަށް ކިޔައި ނުދޭށެވެ.. ހުވަފެން ތަޢުބީރު ކުރާ ގޮތަކަށް އެކަން ނިމި ދިއުމަކީ ގާތް ކަމެކެވެ..

    92
    3
  5. ިކިޔާ

    އަހަރެން ޤަބޫލުކުރަން ތިފަދައިން ތެދު ހުވަފެން ފެންނަކަމަށް.އަމއްލައަށް ތަޖުރިބާކުރެވިފަ އެބަހުރި..

    165
    4
  6. ބުރޯ

    الله اكبر

    170
    5
  7. ސޮނިފުހޭ

    ޔާﷲ އަޅަމެންނަށް ފާފަ ފުއްސަވާޢަފޫކުރައްވާ ރަހުމަތް ލައްވާންދޭވެ

    199
    2
  8. ކޮވިޑް

    ސުބުހާނަﷲ

    149
    2
  9. އާދިލް

    އަޅުގަނޑަށް ވެސް ހުވަފެނުގަ ފެނުން ކޮވިޑް ވަބާ ރާއްޖެއާޢި ހަމަޔަށް އައުމުގެ ކުރިން މުސީބާތެއް ކުރިމަތިވެގެން އުޅޭތަން. އެއީ ކަނޑުގައި ވާމަސްތަކަށް ނުބައި ބައްޔެއް ޖެހިގެން އޭގެ ނުރައްކާ އެންމެންނަށް ފޯރާނެކަމުގެ އިންޒާރު. ހުވަފެނުގައި ފަހުން ހިނގި ކަންކަން ހަނދާނަށް ކަށަވަރު ކަމާއެކު ނާންނާތީ އިތުރުރަށް ކިޔާދެން ވަރަށް ބިރުގަނޭ. މިވާހަކަ އޮފީސް ބައެއް ކުދިންނާ ހަމަ މިވަރަށް ހިއްސާކުރިން. އަޅުގަނޑު ގެ ދުއާއަކީ ﷲގެ ތަނަވަސް ރަހުމަތުން މި މުސީބާތުން އަޅަމެން ނަޖާކުރައްވާ ސަލާމަތްތެރިކަން ދެއްވުން.

    75
    3
  10. މަ

    ލޮލުން ފެން އައިސް ހީބިހި ނަގައިގަނެއްޖެ އަސްލުވެސް.??
    ޔާﷲ މިހާރު ފެތުރެމުންމިދާ ކޮވިޑް ނަވާރައިން މުޅި ދުނިޔެ ސަލާމަތް ކުރައްވާށި.???

    203
    3
    • ބިރުކޮއި

      ކަލޭ ހީބިހި ނަގާނެ. މަދަންނަ މީހެކޭ ތިއީ

  11. ައާއްކޮ

    މަބްރޫކު ޕުރެސް ދޭތަން މަށައްފެނުނު މީގެ 10 އަހަރު ކުރިން ހުވަފެނުގަ، ހަމަ ކޮވިޑް19 ގެ

    5
    53
  12. މަޢާފް

    ޢިބުރަތްތެރިވާހަކައެއް ﷲއީ އެންމެހާކަމަކައް ކުޅަދުންވަންތަ ރަސްކަލާނގެ ވީމާއެފަދަ ހުވަފެނެއް ފެނުމަކީ ނުވާނެކަމެއްނޫން ﷲގެ އަޅުންގެތެރެއިން ސޯލިހު އަޅުންގެ ހުވަފެނަކީވެސް ތެދުހުވަފެންކަމައް ޢިލްމްވެރިން ވިދާޅުވޭ ހަމައެފަދައިން ޢިލްމްވެރިންވިދާޅުވޭ ވާހަކަތަކުގެތެރެއިން ﷲ ރުހިވޮޑިގެންނުވާކަމެއްކަމައް އޭނާބުނި މީނާބުނި މިހެންކިޔައިގެން ވާހަކަދެއްކުމަކީ ބައެއްޕްރޮގްރާމްތަކުގަ އަޅުގަނޑުވެސްއަޑުއަހަން

    27
    2
  13. އަބޫހަސަން

    ލޮބުވެރި އިއްޒަތްތެރި އަޚާއަށް ރަމަޟާންމަހުގެ ހެޔޮއެދުންތައް އަރިސްކުރަން. އަޚާއާ ބައްދަލުނުވާތާ ވަރަށް ދުވަސްވެއްޖެ. ހެޔޮ ހާލުގައި ހުންނެވީތީ ﷲ އަށް ޝުކުރު ދަންނަވަން. އަޚާއެވެ. ބައެއް ހުވަފެނަކީ ވަރަށް ތެދު ހުވަފެންތަކެއް. މިދެންނެވީ އަމިއްލަ ތަޖުރިބާއަށް. ފެނުނު ހުވަފެނުގެ ވާހަކަ ދަންނަވާކަށްނެތިން. ނަމަވެސް ދިވެހިރާއްޖެއަށް ބޮޑެތި ކަންކަން ކުރިމަތިވުމުގެ ކުރިން ހުވަފެން ފެނޭ. ގާތް މީހުންނަށް ކަންކަން މެދުވެރިވުމުގެ ކުރިންވެސް ފެނިފައި އެބަހުރި. ފެންނަތާ ދެތިން ދުވަހުގެ ތެރޭގައި އެކަމެއް މެދުވެރިވޭ. ސުބުހާނަﷲ އެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އީމާންތެރި ބަޔަކު ކަމުގައި ވަމާތޯއެވެ.

    140
    1
  14. ޙަގީގަތް

    ޜާޖޭގަ ލޮކުޑައުން ކުރުމުގެ 3 ދުވަސް ކުރިން އެކަމާ ގުޅޭ ހުވަފެނެއް ފެނުން އަދި އެވާހަކަ ދައްކާގަ ވަނިކޮއް އެފެނުންގޮތައް އެކަން ކުރަން ފުރަތަމަ ޖެހުނީވެސް އަހަރެންނަން......

    18
    1
  15. މވމ

    މިއީ ކޯފާއެއްކަމައް ބަޔެއް މީހުން އަދިވެސް ގަބޫލު ނުކޮއްފާނެއެވެ. މިއީ ހަމަ ކޯފާއެކެވެ.

    60
    1
  16. މވސމ

    އަޅުގަނޑައްވެސް އަޅުގަނޑައް ގަބޫލު ކުރެވޭގޮތުގައި މިކަމާއި ގުޅޭ ހުވަފެންތަކެއް މިކަން ފެށުމުގެ ޙަބަރުތަކުގެ ކުރީން ފެނުނު..

    14
    1
  17. މވމ

    މާތް ﷲ އަށް ބިރުވެތިވޭ.. އެއީ ހުރިހާބާރެއް ލިބިގެންވާފަރާތް.. ދީނައް ރުޖޫއަވޭ..

    44
    1
  18. ޝާނީ

    ހުވަފެން ކިޔާލި ވަގުތު ފިނިވެފަ މުޅި ގައިން ދިޔައީ ހީބިހިނަގައިގެން. ޗައިނާ އިން ޤުރުއާން އަށް ބަދަލުގެންނަން އުޅޭ ވާހަކަ އަޑުއިވިފަ މާކުރިންވެސް އަހަރެންގެ ހިތަށް އެރި ދޫ ލަނޑެއްނޫނީ ނުލިބޭނޭ ބަލަން ހުންނާނީޔޭ އެންމެ ފަހުން މިކަން މިފެތުރިގަތީ މުޅި ދުނިޔެއަށް. މިހާ ވަރުގެ ކަމެއް ޖެހޭނެކަމަށް ހީވެސް ނުކުރަން

    37
    1
  19. އަޅުގަނޑު

    މާލެއިން އެންމެފުރަތަމަ ލޮކްޑައުންކޮށްފަ އުވާލީނުދޯ މާލެއިން ކޮވިޑް ނުފެންނާތީ! އޭރުގަ އަޅުގަނޑަށް ހުވަފެނުގަ ފެނުނީ ކުއްލިޔަކަށް މާލެ ތެރެއިން ބަޔަކު ޕޮޒިޓިވް ވެއްޖެކަމަށް މި ވަގްތު ނިއުސްގަ ލިޔެފަ ވަނިކޮށް. ސުބްހާނަﷲ!

    26
    1
  20. ސައްލެ

    ﷲ ގަންދީ ބުނަން ކޮވިޑް މުޖުތަަމައުގަ ފެތުރުމުގެ ހަބަރު ލިބުމުގެ އެއްދުވަސް ކުރިން އަޅުގަނޑަށްވެސް ހުވަފެނެއްގަ ފެނުނީ އޭ 53 މަރުކާގެ ބޯޓަކުން މާލެ މަތީ ބުރުތަކެއް ޖެހުމަށްފަހު ބޮޑު ބޮމެއް ވައްޓާލިތަން. ބޮން ވެއްޓުނީ މާލެކައިރީ ކަނޑު އުރަފަށައް. އެމަންޒަރު ބަލަން އަޅުގަނޑާ އެކީހުރީ އުމުރުން ދުވަސްވީ މީހެއް. އަމން ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން މި ހުވަފެނާއި މެދު އަޅުގަނޑު ކަންބޮޑުވެގެން ހޭލެވުނު އިރު އިވުނީ މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނު ހަބަރު

    7
    2
  21. ދުންގަނޑު

    ހާދަ ކޯފާ ގަދައޭދޯ؟

    1
    5
  22. ހަރުކަށި

    ހަރުކަށީންނަކަށް ﷲ ގަން ނުދީއެއް އެއްޗެއް ނުބުނެވޭނެ. އެކަމަކު ﷲ އަހަށް ދުއާކޮށް މި މުސީބާތް ފިލާނެ ފަދަ ދުއާއެއް އެއްޗެއްވެސް ހޯދާކަށް ނޫޅޭނެ.

  23. ޖުހާ

    މަތީގައި އެއޮތީތަ ކޮވިޑާ ދެކޮޅަށް ކިޔަންވީ ދުއާ؟

    2
    1
  24. ކިޔާލާ

    މިފަދަ ހާލަތެއްގައި ސިޔާސީވަނީތަ ތިބުނާ ޗައިނާމީހުން ކީރިތި ޤުރްއާނަށް ބަދަލުގެން ނަވާހަކައިން ޚަބަރުގެ ސުރުހީއަކަށް ޖަހާފައި އިން ޗައިނާމީހުން ކީރިތި ޤުރްއާނަށް ބަދަލުގެން ނަން އުޅޭވާކަ ނަމަވެސް އެޚަބަރަކީ ކޮން ޤައުމަކާ ހަވާލާދީ ނެރުނު ނޫހެއްގައި އިން ޚަބަރެއްތޯ ބަލާލުން ވަރަށްމުހިތްމު ބަޔަކުމީހު ސިޔާސީ ވެގެން ޗައިނާއާއި މެދުގައި އޮންނަ ހަސަދަވެރިކަމެއްގެ ބޮޑުކަމުން ޗައިނާއާއި މެދުގައި ބައެއްގެ ހިތުގައި ނަފުރަތުއުފެއް ދުމަށް ކުރިކަމެއް ކަމަށް ބޮޑަށް ޤަބޫލު ކުރެވެނީ އަދިވެސް ގޮތްދޫނުކުރާމީހުން މިއަދުވެސްތިބީހަމައެގޮތުގައިކަން ފާހަގަކުރެވޭ ނޫހެއްގައި ޖަހާލާފަ އިންނަ ޚަބަރެއްގެ ހަމައެކަނި ސުރުހީ ކިޔާލިޔަކަސް އަދި ވާނުވާއެއް ނޭނގޭނެ އެބުނާ ޗައިނާމީހުން ކީރިތި ޤުރްއާނަށް ބަދަލުގެންނަން އުޅޭ ވާހަކައިގެ ސުރުހީ އަކަށް "ވަގުތު" ނޫހުންގެނެސް ދިން ޚަބަރު އަހަރެން ތިންފަހަރު ކިއިން ހަމަގައިމުވެސް އެޚަބަރަކު ވަކި ކީރިތި ޤުރްއާނަށް ބަދަލުގެން ނަވާހަކައެއް ނެތް އަހަރެން ވަރަށް ބޮޑަށް އެދެން "ވަގުތު" ނޫސްކިޔުން ތެރިޔެއްގެ ހައިސިއް ޔަތުން އެދެން ޗައީނާމީހުން ކީރިތި ޤުރްއާނަށް ބަދަލުގެން ނަވާހަކަ އެ ޝުރުޚީގެ ދަށުން "ވަގުތު"ނޫހުން ކުރިންވެސް ގެނެސްދި ޚަބަރު އަދިއެއްފަހަރު ގެނެސްދިނުން މުސީބަތަކީ ކޮންގޮތަކު ންކިހިނެއް އަންނައެއް ޗެއްކަން އެގޭއިރުވެސް އެކަން ޤަބޫލު ނުކުރާން ބަޔަކު އުޅޭ މަންޒަރު އަދިވެސް ފެންނަމުން މިދަނީ ޔާﷲ މުސީބާތް ތަކުން މުޅި އުއްމަތް ސަލާމަތް ކުރަށްވާށި އާމީން!