ފޮޓޯއިން ތިޔަ ފެއްނަ ރީތި ފްލޭމިންގޯތައް ކައިރީ ހުރެލަން އެންމެންވެސް ބޭނުން ވާނެއެވެ. މިކަން ބޭނުންވާ މީހުންނަށް މިވަނީ ރަނުގެ ފުރުސަތެއް ތަނަވަސްވެފައެވެ.

ބަހާމަސް ގައި ހުންނަ ބަހަމަރް ރިސޯޓުގެ ބީޗުގައި ދިރިއުޅޭ މި ފްލެމިންގޯތަށް ކައިރީ ހުރެލައިގެން ފައިސާ ހޯދުމުގެ ފުރުސަތު ތަނަވަސް ވެފައި މިވަނީ އެ ރިސޯޓް އިން "ޗީފް ފްލެމިންގޯ އޮފިސާ" އެއް ހޯދުމަށް އިއުލާން ކުރުމާއި ގުޅިގެންނެވެ.

މި ވަޒީފާ އަށް ހޮވޭ ފަރާތްތަކުން ކުރަން ޖެހޭނޭ ހަމަ އެކަނި ކަމަކީ އެ ފްލެމިންގޯތަކަށް ރަނގަޅަށް ކާންދީ ބެލެހެއްޓުމެވެ.

އެހެންނަމަވެސް، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ޒޫލޮޖީ އިން ޑިގްރީ އޮތުން ނުވަތަ ދޫނިތަށް ގެންގުޅޭ ތަނަކު މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައި ހުރުން ލާޒިމެވެ.

3.5 ބިލިއަން ޑޮލަރު ހަދަރު ކޮށްގެން ހަދާފައިވާ ބަހާމަރު ރިސޯޓް

މިވަޒީފާ އަށް ހޮވުމަކީ ގިނަ ބައެއްގެ އުއްމީދަކަށް ވާނެއެވެ. އެހެނީ، އެ ފަރާތަކުން ބޭނުންނަމަ، އެ ރިސޯޓުގައި ހުރުމުގެ ފުރުސަތުވެސް މި ވަޒީފާ އަށް ހޮވޭ ފަރާތަކަށް ތަނަވަސްވެގެން ދާތީއެވެ. 5 ތަރީގެ މި ރިސޯޓުގެ އަމިއްލަ ބީޗުގައި އުޅޭ ފްލެމިންގޯ ތަކެއް ބަލަހައްޓައިގެން އެތައް ހާސް ޑޮލަރެއް ލިބުމަކީ އެންމެ ފަސޭހަ އެއް ވަޒީީފާ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު