މި އަހަރުގެ ރަމަޟާން މަސް މުސްލިމުންނާއި ބައްދަލު ކުރީ މީގެ ކުރިން ދުވަހަކުވެސް މުސްލިމުން ދެކެފައި ނުވާ ފަދަ ހާލަތެއްގައެވެ. ސިއްހީ ބޮޑު ކާރިސާއެއްގެ މެދުގައި ރަމަޟާން މަސް އައުމުން ކާނާގެ ތަދުކަމާއި، ހާސްކަން އިތުރުވެފައިވާ ދަނޑިވަޅަކަށް މި ދަނޑިވަޅު ވަނީ ވެފައެވެ. މިސްކިތައްތައް ބަންދުކޮށް، އިޖުތިމާޢީ ގައިދުރުކަން އިހްތިޔާރު ކުރަން އަންގާފައި ވާތީ ރަމަޟާން މަހާއި ގުޅޭ އާދަކާދަތައް ވަނީ ބަދަލުވެފައެވެ.
ދުޅަހެޔޮކަމުގައި ތިބި ހުރިހާ މުސްލިމުން ރޯދަ ހިފާ އިރު ރަމަޟާން މަހު ފުރިފައި އޮންނަ މިސްކިތްތައް މިފަހަރު ހުރީ ފަޅުވެފައެވެ. އެއީ މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރޭ ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ އެކަހެރިވުމާއި ގައިދުރުވުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ރޯދަ ހިފައިގެން ތިބޭ އިރު ގިނަ ވަގުތު ނުކައި ތިބުމާއި އެކު ކޮވިޑް 19 ޖައްސާ ކޮރޯނާ ވައިރަސް އާއި ހަނގުރާމަކުރަން ހަށިގަނޑު ތައްޔާރުވާ މިންވަރަށް ބަދަލެއް އައިސްދާނެތޯ މިއީ އުފެދިދާނެ ސުވާލެކެވެ.
ޑޮކްޓަރުންނާއި ސައިންސްވެރިންގެ ބަހުން ވެސް ސާބިތުވާ ގޮތުން ރޯދަ ހިފުމަކީ ދިފާއީ ނިޒާމް އިތުރަށް ވަރުގަދަކޮށްްދޭ ކަމެކެވެ.
ތާރީހީ ލިޔެކިޔުންތަކުން ގަދީމީ މިސްރުގައި ވެސް ބޮޑެތި ބަލިތައް ފެތުރެން ފެށުމުން ރޯދަ ހިފާކަން އެނގެއެވެ.
ފަހުގެ ދިރާސާތަކުން އެނގޭ ކަމަކީ ރޯދަ ހިފުމުން ހަށިގަނޑުގެ އިންފްލެމޭޝަން ދަށްވެ، ދިފާއީ ނިޒާމް ވަރުގަދަވެގެންދާކަމެވެ. ރޯދަ ހިފުމަކީ ހަށިގަނޑުގެ ހަކަތަ ސަލާމަތް ކޮށްދޭ ކަމެކެވެ. އަދި އާ ސެލްތައް އުފައްދައިދިނުމަށް އެހީވެދޭ ކަމެކެވެ.
އެހެނިހެން ޑައިޓްތަކާއި ރޯދަ ހިފުމާއި ތަފާތުވާ އެއްކަމަކީ އެއްގޮތަކަށް ވެސް ފެން ނުުބުއިމެވެ. މިއީ ވަރަށް ބޮޑު ތަފާތެކެވެ.
ދިރާސާތަކުން އެނގޭ ގޮތުގައި 12 ގަޑި އިރު ވަންދެން ފެން ނުބޮއި ހުރުމަކީ ދިފާއީ ނިޒާމަށް ވަރަށް ބޮޑު އަސަރެއް ކުރުވާނެ ކަމެކެވެ. އެކަމުގެ ސަބަބުން އިންފެކްޝަން ހަށިގަނޑަށް ވަންނަ މިންވަރު ކުޑަކޮށްދޭކަމަށް ދިރާސާތަކުގައިވެއެވެ.
އެހެންކަމުން ރޯދަ ހިފުމަކީ ދިފާއީ ނިޒާމް ވަރުގަދަވެ، ބަލިން ރައްކާތެރިވުމަށް ލިބޭ އިތުރު ފުރުސަތަކަށް ވެގެންދާނެއެވެ.
އެހެނާ؟
އަލްހަމްދު ލިﷲ. އެކަމް ރޯދަ ނޫން އެހެން މަސްތަކުގަ ހަށިގަނޑަށް ފެންބޭނުންވާ ވަރަށް އެވަގުތު ފެންބުއިން ރަނގަޅުވާނީ އެހެންނު
ﷲ ސޫބުހާނަހޫ ވަތައަލާގެ ކުޅަތުން ވަންތަކަން ، ކޮންމެކަމަކަށްވެސް އެކަލާނގެ ކުޅަދުނަވަންތަ.