މީގެ އަށް ދުވަސް ކުރިން ރޭޕްކޮށް އިންޑިއާގެ ސްކޫލްގެ ކެމްޕަސް ތެރެއަށް އެއްލާލާފައި އޮތް ހަ އަހަރުގެ ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އަވައްޓެރިއެކެވެ. އެސްސީބީ މެޑިކަލް ކޮލެޖްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އެ ކުއްޖާ މަރުވީ ހިތް ހުއްޓިގެންނެވެ.

މިދިޔަ އަށް ދުވަސް ތެރޭގައި އެ ކުއްޖާއަށް ފަރުވާދެމުން ދިޔައީ އެ ހޮސްޕިޓަލްގައެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވާގޮތުގައި، އެ ކުއްޖާއަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސަކަރާތްވާން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެނައީ ސުރެ މަރުވަންދެން އޭނާއަށް 13 ޑޮކްޓަރަކު ވަނީ ފަރުވާދީފައެވެ.

އެ ކުއްޖާ އަކީ މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބިސްކޯދެއް ގަންނަން ބޭރަށް ދިޔަ ކުއްޖެކެވެ. އޮޑީޝާއަށް ނިސްބަތްތާ އެ ކުއްޖާ ރޭޕްކޮށްފައި އޮއްވާ ފެނުނީ އާއިލާ އާއި އަދި ބައެއް އަވައްޓެރިން ވެގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް ސްކޫލްގެ ކެމްޕަސް ތެރެއިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށްފައިވާ އޮއްވާ ފެނުނުއިރު، ބޮލުންނާއި، އަނގައިން ލޭ ވެސް ވަނީ އައިސްފައެެވެ.

އެ ކުއްޖާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވޭލްޝާރކް

    އަދިވެސް ހަޅޭއްލަވަމުން ދުވޭ ޝިލްޕާ މަހެއް ބޭނީމަ

  2. މި

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    ވަރަށް ދެރަ.. މާތްﷲ އެކުއްޖާއަށް ސުވަރުގެ ދެއްވަވާށި. އާމީން

  3. ޗާލީ

    އިންޑިޔާ ސަރުކާރުންވީ އެގައުމު ރައްޔިތުންނަށް އަރޓިފިސަލް ފަރުޖު ހޯދަދޭން.. އޭރުން ގޭގަ އޮވެދާނެއްނު އެއައް ޖަހަޖަހާ..