ސްވިޓްޒަލޭންޑްއަކީ ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގައިވެސް ތަރައްގީއާއި ތަހުޒީބުގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެގޮތުން އެ ގައުމަކީ އެންމެ އުފާވެރި ހަޔާތެއް އެ ގައުމުގެ ރައްޔިތުން ދިރިއުޅޭކަމަށް ފާހަގަކުރެވިފައިވާ އެއް ގައުމެވެ. ސްވިޓްޒަލޭންޑްއަކީ އެގައުމުގެ ނިއުޓްރަލް ސްޓޭޓަސްގެ ސަބަބުންވެސް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގައުމެވެ. އެގައުމަކީ ޔޫރަޕްގެ އިތުރުން ދުނިޔޭގައިވެސް އެއްވެސް ހަނގުރާމައެއްގައި ވަކި ކޮޅަކަށް ނުޖެހިއޮތުމަށް ނިންމާފައިވާ ގައުމެކެވެ.

ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެނަމަ ދިޔުން އެންމެ ރައްކާތެރި ތަނަކީވެސް ސްވިޓްޒަލޭންޑްއެވެ. އެގޮތުން ސްވިޓްޒަލޭންޑްއަށް ވަދެވެން އޮންނަ މައި މަގުތަކަކީ ގޮވާތަކެތިން ފުރާލެވިފައިވާ ތަންތަނެވެ. ސްވިޓްޒަލޭންޑްއަށް ހަމަލާއެއް އައިސްފި ހިނދެއްގައި އެ މަގުތައް ވަގުތުން ގޮއްވާލެވޭނެއެވެ. ސްވިޓްޒަލޭންޑްއަކީ ދުނިޔޭގައި ހަތަރެސްކަން ބައްޓަމަށް ދިދަ ހުންނަ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ގައުމަކީ ވަޓިކަން ސިޓީއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކޮފީ ލިބެން ހުންނަނީވެސް ސްވިޓްޒަލޭންޑްއިންނެވެ. އެގޮތުން ސްވިޓްޒަލޭންޑްގެ ވެރިރަށް ޒިއުރިކްގައިގައި ކޮފީ ތަށްޓެއްގެ އަގު އުޅެނީ 3 ޑޮލަރަށްވުރެ މަތީގައެވެ. އޭގެ އިތުރުންވެސް ސްވިޓްޒަލޭންޑްގައި ކުއްތާއެއް އޮޅުކޮށްގެން ގެންގުޅޭނަމަ އެކަމަށްވެސް ޓެކްސްއެއް ނެގިގެންދެއެވެ.

އަދި ސްވިޓްޒަލޭންޑްއަކީ މުޅި ދުނިޔޭގައި ކުށުގެ އަދަދު އެންމެ ދަށް އެއް ގައުމެވެ. ސްވިޓްޒަލޭންޑްގައި އާންމުންގެ މުސާރަވެސް އެހާމެ މައްޗެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުގެ ގޮތުގައި ސްވިޓްޒަލޭންޑް ގިނަ ބަޔަކު ދެކެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެގައުމަކީ ފަރުބަދަތަކުން ފުރިފައިވާ ފަތުރުވެރިކަމަށްވެސް ނަން މަޝްހޫރު އާދަޔާޙިލާފް ރީތިކަމެއް ލިބިފައިވާ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު