އެތައް އަހަރެއް ވަންދެން ދަރިއަކު ރޭޕް ކުރަމުންދިޔަ ފިރިހެނަކަށް، 1503 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

ކެލެފޯނިއާގެ ކޯޓަކުން މި ޙުކުމްކޮށްފައި ވަނީ އެ ސްޓޭޓުގެ ފްރެންސޯ ސިޓީއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނަކަށެވެ. ނޫސްތަކުން ބުނާގޮތުގައި މިއީ މިހާތަނަށް ދުނިޔޭގައި މީހަކަށް އިއްވާފައިވާ ޖަލު ޙުކުމެއްގެ އެންމެ ދިގު މުއްދަތެވެ.

މި ފިރިހެން މީހާ އަށް މި ޙުކުމް އިއްވާފައި ވަނީ އެތައް އަހަރެއް ވަންދެން އޭނާގެ އަންހެން ދަރިފުޅު ރޭޕްކޮށް، އެކި ގޮތްގޮތުން އަނިޔާދިން މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ މި ފިރިހެން މީހާ އޭނާގެ އަންހެން ދަރިފުޅު ރޭޕްކޮށް ޖިންސީ އަނިޔާ ދީފައި ވަނީ 2009 ވަނަ އަހަރުގެ މޭއި މަހާއި 2013 ވަނަ އަހަރުގެ މޭއި މަހާއި ދެމެދުގައި ކަމަށެވެ. ހަތަރު އަހަރު ދުވަސްވަންދެން އޭނާ ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ފަހަރު ދަރިފުޅު ރޭޕްކޮށްފައިވާކަން ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލަ އާއި ގުޅިގެން އޭނާއަކީ މުޖުތަމަޢަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އޭނާއަށް ޙުކުމްކޮށްފައި ވަނީ ކުޑަކުދިންނަށް އަނިޔާކުރުމާއި ގުޅޭ ގިނަ ދަޢުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެފައި ވުމުންނެވެ. މި ޙުކުމް އިއްވަމުން ފެންސޯގެ ސުޕީރިއާ ކޯޓުގެ ގާޒީ ވިދާޅުވެފައި ވަނީ މިފަދަ އިންސާނިއްޔަތުކަމެއް ނެތް ރަހުމު ކުޑަ މީހަކަށް މުޖުތަމަޢުގައި އުޅެވޭނެ އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ.

މި ޙުކުމް އިއްވާފައިވާ މީހާގެ އިތުރުން، އޭނާގެ ރަހުމަތްތެރިއަކު ވެސް ކުއްޖާ ރޭޕްކޮށްފައިވާކަން މައްސަލައިގެ ތަހުޤީޤަށް ހާމަވެފައި ވެއެވެ. އެންމެ ފުރަތަމަ އެ ކުއްޖާ ރޭޕްގެ ޝިކާރައަކަށްވީ އޭނާގެ ފަރާތުންކަން ވެސް އެނގިފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި މައްސަލަ އާއި ގުޅިގެން ކުރިޔަށްގެންދިޔަ ޝަރީޢަތުގައި ދަރިފުޅު ރޭޕްކުރަމުންދިޔަ ކަމަށް އެ ފިރިހެންމީހާ ވަނީ އިއުތިރާފްވެސް ވެފައެވެ. އަދި އެކަން ކުރަމުން ދިޔައީ ދަރިފުޅު ވަރަށް ކުޑައިރުން ފެށިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. މި މައްސަލަ ފެންމަތިވިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާރު އޭނާގެ ދަރިފުޅަށް ވަނީ 23 އަހަރު ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެހެންތަ

  ހުކުމްކުރީ ދޮންމީހުންތަ! އެހެންވިއްޔާ ރަނގަޅުވާނެއޭ ބުނާނެ. މީނާގެ އުމުރަކީ މިއީބާ؟ ނޫނީ މީނާ ކަށްވަޅުގައި ބާއްވައިގެން މި ހުކުމް ތަންފީޒުކުރަނީ މިމީހުންތަ!

  3
  2
  • ހޫ

   ގައިމު ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ބުނާ ގައުމަށް ވުރެރަގަޅު. ރާއްޖެގައި ނަމަ ހައްޔަރު ކޮށްފަ ފަނަރަ ދުވަހުގެ ބަންދުގެ މުއްދަތެއް ދިނީމަ އެނިމުނީ.

   15
 2. ކީއްކުރާނީ...

  މުޖުތަމައު ހަލާކު.

 3. ފަނަރަ

  ނޫހުގެ ފާނުގެ އުމުރެއްކަަމަށް ބުނެވެނީ 900 އަހަރު. މި މީހާ 1500 އަހަރު ވަންދެން ދުނިޔޭގަ ހުރެދާނެބާ! މި އުއްމަތުގެ މީހުންގެ އެވްރެޖު އުމުރަކީ 65 އަހަރު.

  2
  2