ކޮވިޑް-19 ގެ ސަބަބުން ސްކޫލެއްގައި ކަރަންޓީން ކޮށްފައިވާ އަންހެނަކު ތިން މީހުންގެ ގްރޫޕަކުން ރޭޕް ކޮށްފިއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާޖަސްތާން ސްޓޭޓް ގައި ކަމަށެވެ. އެ އަންހެން މީހާއަކީ އާމްދަނީ ހޯދުމުގެ ގޮތުން ދުވަހު ކުއްޔަށް މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އޭނާ ކަރަންޓީން ކޮށްފައިވަނީ މުޅި އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން ދެވޭނެ އިތުރު ތަނެއް ނެތުމުން ފުލުހުން ކަމަށް އެގައުމުގެ މީޑީއާތަކުން އަންނަނީ ބުނަމުންނެވެ. އޭނާ އަކީ އުމުރުން 40 އަހަރުގެ އަންހެނެއް ކަމަށްވެސް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ ރޭޕް ކުރި މައްސަލައިގައި މިހާރު ތިން މީހަކު ހައްޔަރު ކޮށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ އާއިލީ އެއްވެސް މީހަކު މިވަގުތެއް ނެތް ކަމަށާއި އޭނާގެ ފިރިހެން ދަރިފުޅުވީ މައްސަލައެއްގައި ޖަލަށް ލާފައި ކަމަށެވެ.

"ކަރަންޓީނުގައި ހުރި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށް ޖަލަށް ލާފައި" ސަވައި މަދޮރުޕޫރު އަވަށުގައި ހުންނަ ފުލުހުންގެ އިދާރާގެ ޑެޕިއުޓީ ސުޕްރިޑެންޓް ޕާތް ޝަރްމާ ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ކަރަންޓިން ގައި ތިބޭ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުން ފަހަކަށް އައިސް ގިނަވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. ދާދި ފަހުންވެސް ފުލުހެއް ކަމަށް ހެދިގެން ހުރެ ދެ އަންހެނަކު ރޭޕް ކުރި މައްސަލައެއް އޮސްޓްރޭލިއާގައި ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އިންޑިޔާގެ އަގުވެއްޓިފަ އެންމެ މައްޗަށް.

    18
  2. Anonymous

    ހައް ހައް މިކޯ ކޮވިޑާއި އެޑުވިގަތާ

    10
  3. ކުޑޭ

    އިންޑިޔާގައި ކޮންމެފަދަ ނުރައްކާތެރި ޙާލަތެއް މެދުވެރިިއަސް ހަމައެއް ލަމައެއް ނުހުންނާނެ އަންހެނަކު ފެނެއްޖިއްޔާ ހީވަނީ ކާލަފަނެހެން މީބޮޑުވަރެއް މޯދީގެ ކަންފަތެއްނުހުންނާނެ މިކަހަލަ ވާހަކަތައް އަޑުއަހާކަށް

    19
    1
  4. ދަރަނި ދަންތުރަ

    ސާބަސް ކަލޯމެނަން ވަހުސީ ވިޔަސްތީ ފުކެއްބޮޑުވަރު މަރަށްތެޅިތެޅި އޮންނަ އަންހެނާވެސް އިންޑިޔާގައި ރޭޕުކޮށްފާނެ ތީހަމަ ފައްކާ ޖަނަވާރުތަކެެއް ގެރި މޯދީ ގެރިތަށް ހިމާޔަތްކުރާނެ...

    19
  5. ކޮތަރު

    މަރުވެފަ އޮތަސް ދޫނުކުރާތި ޖަނަވާރުތަކާ. ފަގީރުކަމަށް ބިރުން ޅަފަތުގައި އަންހެންދަރިން މެރުމުގެ ނަތީޖާ. ބުނެވޭ ގޮތުގަ އިންޑިއާގެ އާބާދީގަ ކޮންމެ ހަތަރު ފިރިހެނަކަށް އަންހެނަކު ނިސްބަތުން ނުޖެހޭ. ނަސީބު ވެރިއަކަށްނޫނީ ހެޔޮގޮތުގަ އަންހެނަކު ނުލިބޭ.

  6. ?

    ޗީ ޗީ ބޭކާރު ކަންކަން ގާފިލް ކަމާއޭ. ގެރީގެ މިންވަރު ބުއްދިވެސް ފިލުވާލާނެ ޝައިތާނަށްވާންއޮތީ