އިނގިރޭސިވިލާތުގެ އަވަށެއް ކަމަށްވާ ކެމްބްރިޖްޝިއާގެ އުޑުމަތިން ގިނަ ބަޔަކަށް ގަދަފަދަ އަލިގަނޑެއް ފެނިއްޖެއެވެ.

މިދިޔަ ހަފްތާގައި މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާއިރު، ފޮޓޯތަކުން ފެންނަނީ އިރުއޮއްސެމުންދިޔަ ވަގުތު އުޑުމަތިން ރަތްކުލައިގެ ވަރުގަދަ އަލިގަނޑެއް ދަތުރުކޮށްފައި ދިޔަ މަންޒަރެވެ.

މަންޒަރުދުށް ފަރާތްތަކުން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، މި އަލިގަނޑު ދަތުރުކުރި ވަގުތު އެއާއި އެކު އަލިފާނުގެ އަސަރުވެސް ފެންނާން ހުއްޓެވެ. އަދި ގިނައިރުތަކެއް ވަންދެން މި މަންޒަރު އުޑުމަތިން އެތައް ބަޔަކަށް ފެނިފައިވާއިރު، އެއީ ގިނިހިލައެއް ނޫންކަން ޔަޤީންކުރެވެނީ، އެ އަލިގަނޑު ދަތުރުކޮށްފައި ދިޔައީ ގިނިހިލައެއް ދަތުރުކުރާ ހަލުވިމިނަށްވުރެ އެތައް ގުނައެއް މަޑުން ކަމަށްވާތީ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ގިނަ ބައެއްގެ ސަމާލުކަން މިހާރު މި މަންޒަރު ފެންނަ ފޮޓޯތަކަށް ލިބިގެން ގޮސްފައި ވާއިރު، މިކަމާއި ގުޅިގެން ރަސްމީ އިދާރާއަކުން އަދި އެއްޗެއް ބުނެފައި ނުވާކަމަށް ނޫސްތައް ބުނެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުގައި، މިއީ އިރުއޮއްސެމުންދިޔަ ވަގުތު ކަމަށްވެފައި، އެ ސަރަޙައްދުގެ މަތިން ދަތުރުކުރި ޖެޓަކުން ބޭރުވި ދުމަށް އިރުގެ ދޯދިތައް އެޅިފައި ހުރުމުން މިފަދަ މަންޒަރެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހާދިސާ އާއި ގުޅިގެން މަންޒަރުދުށް ފަރާތްތަކުން ބުނެފައިވަނީ، އަލިގަނޑު ގާތްގަނޑަކަށް 10 މިނެޓާއި 20 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކަށް އުޑުމަތިން ފެންނާން ހުރިކަމަށެވެ. ނަމަވެސް އޭގެ ފަހުން މަޑުމަޑުން އުޑުމަތިން ފޮހެވިދިޔައީ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

"މިއީ އަދި ދުވަހަކުވެސް އަހަރެން ދުށް ފަދަ މަންޒަރެއް ނޫން. ހަމަ ގައިމުވެސް އެއީ ގިނިހިލައެއް ނުވަތަ އުޅަނދެއް ދަތުރުކުރުކޮށްފައި ދާއިރު މަންޒަރު ސިފަވާނެ ގޮތް ކަމަކަށް ޤަބޫލެއް ނުކުރެވޭ. މިކަން ހިނގި ވަގުތު މުޅި އުޑުމަތި ދިއްލާލި. އެހައިވެސް ގަދަފަދަ ބޮޑު އަލިގަނޑެއް އެއީ،" މަންޒަރުދުށް ފަރާތަކުން ނޫސްތަކުގައި ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ބައެއް ސަރަޙައްދުތަކުގެ އުޑުމަތިން މިފަދަ އަލިގަނޑުތައް ފެނިފައި އެބަހުއްޓެވެ. ނަމަވެސް އާންމު ގޮތެއްގައި މިގޮތަށް ފެނިފައި ވަނީ ދުނިޔެ ކައިރިން ދަތުރުކޮށްފައިދާ ގިނިހިލަތަކެވެ. ގިނިހިލަތައް ދުނިޔޭގެ ވައިގެ ފަށަލަތައް ހުރަސްކުރާ ވަގުތު ހުންނަނީ އަނދަ އަނދައެވެ. އަދި އާންމު ގޮތެއްގައި އެފަދަ ގިނިހިލަތައް ދަތުރުކުރާ ބާރުމިނުގެ ސަބަބުން އެ މަންޒަރު ފެންނަނީ މަދު ސިކުންތުކޮޅަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކެލާކުރޮޅި

  ތިވާނީ ދުނިޔެއިން ކޮވިޑް19 ދިޔައީކަމަށް

  12
  77
  • މި

   މިފަދަ ޤަމާރު ޖާހިލުން ނަށް ﷲ ގެ ކޯފާ ސިފަވަނީ ޖޯކަކަށް

   118
   6
   • މޯލްޑިވިޔަން

    މމ މީ ކޯފާތަ؟؟؟ ޔަގީންތަ؟؟؟؟

 2. ތަފްލާ

  2ހަފްތާވަރު ކުރިން ހިނގިކަމެއް...އަނެއްކާ އެވިލާކޮޅު ރަތްކުލައަށް ނުވާއިރުގެ ފޮޓޯވެސް ހުރި..އިރުއޮއްސޭވަރަކަަށް ރަތްކުލަ ގަދަވީ..

 3. ޔާ ﷲ

  ތިކަމުން އިބްރަތެއް ނަގާބަލަ...ﷲގެ ކޯފާ ކޮވިޑް19 އަކީ ދެން ކުރިއަށް އޮތް ތާނގައި ފެންނަނީ ކޮންފަދަ ބިރުވެރި ކަމެއް އެނގެނީކީނޫން...

  14
  1
  • މޮޔައެނޮނިމަސް

   ކޮވިޑް އަކީ ކޯފާތަ

   2
   5
   • ކޮސް އެނޮނިމަސް

    ކަލެއަށް ޝައްކުތަ އެއީ ކޯފާއެއްކަމާމެދު؟؟ އަހަރުމެންނަށް ޔަގީން މީ މުޅިދުނިޔެއަށް ފޮނުއްވާފައޮތް ކޯފާއެއްކަން.

 4. އައްޔޫބު

  ވެދާނެ ގިޔާމަތުގެ އަލާމަތެއްކަމަށް ވެސް... الله أعلم

  11
  1
 5. މާވަށު

  ތިވާނީ އިގެރޭސިވިލާތުން ކޮވިޑު 19 ދިޔައީ ކަމަށް.

  1
  13
 6. އުދުހޭ ފޭކް އަސް

  ތިވާނީ އުދުހޭ އަަސް ކަމަށް

  3
  12