މޮޑެލް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ހުނަރު ހުންނާނީވެސް މަދު ބައެއްގައެވެ. މިކަން ކޮށްގެން ވަރަށް ރަނގަޅު ނަފާ ލިބޭ މީހުންވެސް އެބަތިއްބެވެ.

އެގޮތުން މިއީވެސް މޮޑެލްްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ މީހެކެވެ. އޭނާގެ ނަމަކީ އަނޮކް ޔައިއެވެ. ސޫދާނަށް ނިސްބަތްވާ އަނޮކްއަކީ އޭނާއަށް ލިބިފައިވާ ކަޅުކަމުގެ ސަބަބުން އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ މޮޑެލްއެކެވެ. އޭނާއަކީ އެންމެ އަގުބޮޑު މޮޑެލްއަށްވުންވެސް އެކަށީގެންވެއެވެ.

އޭނާ މޮޑެލް ކުރުމުގެ މަސައްކަތް ފަށައި މުޅި ދިރިއުޅުން ބަދަލުކޮށްދިނީ ފޮޓޯގްރާފަރަކު އިންސްޓަގްރާމް ކުރި ފޮޓޯއަކުންނެވެ. އެ ފޮޓޯ ފެނި އެތައް ބަޔަކު އޭނާ މޮޑެލްގެ ދާއިރާއަށް ނެރެދިނުމަށް ކޮންޓްރެކްޓްތައް ހަދަން ބޭނުންވިއެވެ. އޭނާއަކީ "ބްލެކް ބިއުޓީ" އެއް ކަމަށް އެފަރާތްތަކުން ބުނަމުންދިޔައެވެ.

އެގޮތުން ދަ މޮޑެލް އޮފް ދަ މޮމެންޓްގައި އޭނާ ކޮންޓްރެކްޓް ހަދައި އެތަނުން ލި ކޮންމެ ފޮޓޯއަކުންވެސް އޭނާ ބަލައިގެންފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުންނެވެ. އޭނާގެ ފޮޓޯތައް ނަގަން ބޭނުންވެގެން އޭނާއަށް ގުޅަމުންދާއިރު، އޭނާގެ ޑިމާންޑް އިންތިހާއަށް މައްޗަށް ވަނީ އަރައިގެން ގޮސްފައެވެ.

މިހާރު އޭނާގެ ފޮޓޯއެއް ނަގަން ބޭނުންވާ މީހަކު 15000 ޑޮލަރު ދައްކަން ޖެހެއެވެ. އެއީ އެއްގަޑިއިރުގެ ފޮޓޯ ޝޫޓަކަށެވެ.