ހުވަފެނުން ފެންނަ އެއްޗެއް ހަނދާން ނުހުރުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މިކަމަށް ހައްލެއް ބޭނުންވާނަމަ ދޮންކެޔޮ، ކަނޑުމަސް އަދި އެވަކާޑޯ ކެޔުމަށް ސައިންސްވެރިން އިލްތިމާސްކުރެއެވެ. މިއީ ވިޓަމިން ބީ6 ހިމެނޭ ކާނާގެ ބާވަތްތަކެވެ.

ޔުނިވަރސިޓީ އޮފް އެޑްލައިން ކޮށްފައިވާ އަދި ޖާނަލް ޕާސެޕުނަލް އެންޑް މޮޓޯ ސްކިލްސްގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައިވަނީ ވިޓަމިން ބީ6 ހިމެނޭ ކާނާގެ އަދަދު އިތުރު ކުރުމުން ސިއްޙަތަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމާބެހޭ ރިޕޯޓެއް ހިމަނާފައެވެ.

100 މީހުން ޓީމެއް ހިމަނައިގެން އޮސްޓްރޭލިޔާގައި ކުރިޔަށް ގެންދިޔަ މިދިރާސާގައިވަނީ ބައިވެރިންގެ ތެރެއިން ވިޓަމިން ބީ6 ގިނައިން ދީފައިވާ މީހުން ބުނެފައިވަނީ އެމީހުންނަސް ފެނުނު ހުވަފެނުގައި ހިގާފައިވާ ކަންކަން ބޮޑަށް ހަދާާން ހުރި ކަމަށެވެ. އަދި ނިދުމުގެ ސަބަބުން އަންނަ ވަރުބަލިކަންވެސް ކުޑަކަމަށްވެސް މިދިރާސާގައިވ ބައިވެރި ފަރާތްތަކުން ބުނެފައިވެއެވެ.

ވިޓަމިން ބީ6 އަކީ ގިނަ ތަރުކާރީއަދި މޭވާގައި ހިމެނޭ ބާވަތެކެވެ. މިގޮތުން އަލުވި، ދޮންކެޔޮ، ހިމެނެއެވެ. އަދި ކިރު އަދި ޗީސްއާއި ބިހުގައިވެސް ވިޓަމިން ބީ6 ގިނަ އަދަކަށް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު