ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަމިއްލަ ގައުމަށް ނުދެވިފައި ތިބި ދަރިވަރުންތަކެއް އެޓްލާންޓިކް ކަނޑު ހުރަސް ކުރުމަށްފަހު ގައުމަށް ގޮސްފިއެވެ.

ނެދެލޭންޑްސް އަށް ނިސްބަތްވާ މި ދަރިވަރުން އެޓްލާންޓިކް ކަނޑު ހުރަސްކޮށް ގައުމަށް ގޮސްފައިވަނީ ކޮވިޑް-19 ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް އެގައުމުން ހުއްޓާލާފައިވާތީއެވެ. ކިއުބާގައި ކިޔަވަމުން ދިޔަ 25 ދަރިވަރުން ގައުމަށް ދާން ދަތުރު ފައްޓާފައިވަނީ އެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ ތިން ޓީޗަރަކާއި އެކީ މީގެ 6 ހަފްތާ ކުރިންނެވެ.

ކިއުބާއިން ނެދެލޭންޑްސް އަށް ގޮސްފައިވާ 25 ދަރިވަރުންގެ ތެރޭގައި ހިމެނެނީ އުމުރުން 14 އަހަރާއި 17 އަހަރުގެ ކުދިން ކަމަށް މީޑިއާ ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

އެ ދަރިވަރުން ގައުމަށް ފޮނުވުމަށް ބޯޓު ހަމަޖައްސާފައިވާ ފަރާތްތަކުން ބުނެފައިވަނީ އެ ދަތުރަކީ އެއީ 7،000 ކިލޯ މީޓަރުގެ ދަތުރެއް ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި ޖެހޭނީ އެވަގުތަކު ލިބެން ހުރި އެއްޗަކުން ފުއްދަން. ބޯޓަށް އަރާ އެންމެ ފުރަތަމަވެސް ހިތަށް އެރީ ހަމަ އެކަނި ލައިގެން ހުރި ހެދުން ހުރެގެން މިކަން ވާނެތޯ. އެހެން ނަމަވެސް ޝުކުރު ކޮށްގެން ހުރީ ގައުމަށް ދެވޭނެތީ" ދަރިވަރަކު ބުނެފައިވެއެވެ.

މި ދަތުރުގައި ދެތަނަކަށް އެ ބޯޓުތައް މަޑުކޮށްފައިވާއިރު، ކަމާއި ބެހޭ ފަރާތްތަކުން ވަނީ އެ ދަރުވަރުން ބޯޓުން ފޭބުން މަނާކޮށްފައެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން އެތަންތަނުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ދަރިވަރުންގެ އެދިގު ދަތުރު ނިންމާލުމަށްފަހު އެންމެ ފަހުން ގައުމާއި ހަމައަށް ފޯރި އިރު، އާއިލާގެ ގިނަ ބަޔަކު ވަނީ އެކުދިން ބަލާ ގޮސްފައެވެ. އެހެން ނަމަވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެކުދިން އެންމެ ފުރަތަމަ ދާނީ ކަރަންޓީނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ފުރަތަމަ ދާންވާނީ ކަރަންޓީނަކަށްނޫން. ފުރަތަމަ ދާންވާނީ ދަންނަހާ ބަޔަކު ގޮވައިގެން މަސްދަތުރެއް. ޖެހިގެން އަންނަރޭ ޕާޓީއެއް ބާއްވާ ފަ ދެން ކުރާކަމެއް ކުރަންވާނީ.