ފުރަބަންދުގައި ތިބި ފަންނާނުން ދަނީ އެމީހުންގެ ދިރިއުޅުމުގެ އެކިއެކި ކަންކަން އާންމުންނާ ހަމައަށް ކިޔައިދެމުންނެެވ.

އެގޮތުން އާ ކަންކަން ދަސްކުރުމަށް ބައެއް ފަންނާނުން މަސައްކަތް ކުރަމުންދާ އިރު، ބައެއް ފަންނާނުން ދަނީ ކުރިން ނުފެންނަ އެކި ހުނަރުތައް ދައްކާލަމުންނެވެ.

ސަނީ ލިއޯނީއަކީ މި ފުރަބަންދުގައި ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ފޭނުންނާ ހަމައަށް އެންމެ ގިނަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ގެނެސްދޭ އެއް ފަންނާނަކަށް ވާނެއެވެ.

ނެށުމާއި އެކްޓް ކުރުމުގެ އިތުރުން އޭނާގެ ހުރި ހުނަރުތައް ދަނީ މި ފުރަބަންދުގައި ދައްކާލަމުންނެވެ. އެގޮތުން އޭނާގެ ކެއްކުމުގެ ހުނަރާއި ޔޯގާގެ ހުނަރުތައް މީގެ ކުރިން އޭނާ ވަނީ އާންމުންނަށް ދައްކާލައިފައެވެ.

މިފަހަރު އޭނާ ވަނީ ތަޅައިގެން ގޮސްފައިވާ ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ އާޓް ޕީސް އެއް އާންމުންނަށް ދައްކާލައިފައެވެ.

އޭނާ ވަނީ އެ އާޓް ޕީސް އުފައްދަން ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެ މަސައްކަތް ފުރިހަމަ ކުރަން 40 ދުވަސް ނެގިކަމަށް ބުނެފައެވެ. އެ އާޓް ޕީސްއަށް އޭނާ ނަން ދީފައި ވަނީ "ތެޅުނު ބިއްލޫރި"ގެ ނަމުންނެވެ.

ސަނީ ލިއޯނީ އާއި އޭނާގެ ތިން ދަރިން އަދި ފިރިމީހާ ފުރަބަންދުގައި ކުރާ މަޖާ ކަންތައް ވެސް އޭނާ ދަނީ އާންމުންނާއި ހިއްސާކުރަމުންނެވެ.

އެގޮތުން ދަރިންނާއެކު ހީ ސަމާސާކޮށް ކުޅެ ހަދާ ވީޑިއޯތަކާއި ފޮޓޯތައް އޭނާ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އިންޑިއާގައި ސްކޫލް، ތިއޭޓާ، އޮފީސް، މޯލްތައް، ޖިމް ފަދަ ތަންތަން ބަންދުކޮށް ގޭގައި ތިބުމަށް މީހުންނަށް އަމުރުކޮށްފައިވާ މި ދަނޑިވަޅުގައި އިންޑާގައިވެސް އެންމެ ބޮޑަށް ހިނގާ އެއްކަމަކީ ތަފާތު ޗެލެންޖްތަކުގެ ކުޅިވަރެވެ. އެކި ތަރިން ނެށުމާއި، ކަސްރަތާއި، ކެއްކުމާއި އަދި މި ނޫންވެސް ކަންކަމުގައި ޗެލެންޗް ކުރުމުގައި އަވަދި ނެތި މި ދުވަސްކޮޅު އުޅޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މިއޮއްފަދަ ރޯދަމަހު މި މީހާގެ ވާހަކަ ނޫހުގައި ތި ލިޔަނީ އަހަރެމެން ދުލުގައި ހިފައި ދަމަންތަ؟

    45
    6
  2. ދެވި

    އެތެރެންނާއި ބޭރުން ވެސް ހުނަރު ނޫން އެއްޗެއް އެމަންޖެގެ ހުންނަ ކަމަކަށް ނުވޭ

    37
    3
  3. ވަން.ޓޫ

    ސަނީ ގެ ހުނަރުތައް ވަރަށް ރަގަޅު ކަން ފާހަގަވޭ

    8
    6